Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހޯމަ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވަނީ!

23 ޖޫން 2018 | ހޮނިހިރު 07:16

އަހަރު ދެބައިވިއިރު މިހާތަނަށް ބޭއްވީ އެންމެ 13 ޖަލްސާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ޖޫން 2018 | ހޮނިހިރު 07:16
މަޖިލިސް މެމަބަރުންތަކެއް މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް މަސައްކަތްކުރާއިރު، ސިފައިން ސަފަކަށް އެތުރި

މަޖިލިސް މެމަބަރުންތަކެއް މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް މަސައްކަތްކުރާއިރު، ސިފައިން ސަފަކަށް އެތުރި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ އެތައް ދުވަހެއްފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާއެއް މި ހަފްތާގެ ހޯމަ ދުވަހު ބޭއްވަން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ މަސައްކަތް ކުރަމުން ނެވެ. އެއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ގެއްލިފައިވާ ކަމަށް ބުނެ، އެ މަގާމުތަކަށް ފަނޑިޔާރުން އައްޔަން ކުރަން ކަމަށްވެ އެވެ.

Advertisement - newsAdvertisement

މިފަހުން މަޖިލީހުގެ ޖަލްސާތައް ބާއްވަނީވެސް ސަރުކާރުން ބޭނުންވާ ކަމެއް ކުރުމަށް އެކަންޏެވެ. އަދި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާއިރު، ބާއްވާ ޖަލްސާތައް ވެސް ވަރަށް ކުޑަ ވަގުތު ކޮޅަކަށް ބޭއްވުމަށް ފަހު، މާބޮޑު ބަހުސަކާ ނުލާ، ސަރުކާރު ބޭނުންވާހާކަމެއް މަޖިލީހުގެ ތެރެއިން ކޮށް ނިންމާލަ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިއެއް ނުވެއެވެ. އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ޖަލްސާތައް ކުރިއަށް ގެންދާތީ ކަމަށް ބުނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މަޖިލީހުުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާއިރު، އެމައްސަލަތައް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓުން 12 މެމްބަރުންގެ މައްސަލާގައި އެކިފަހަރު އެކިގޮތަށް ހުކުމްތައް ނެރެފައިވާތީ އެ މައްސަލަވެސް އޮތީ ހައްލު ނުވެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީީ ހަމީދު ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް މިމަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. އެމައްސަލަ ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތުމަށް ނިންމީ އެކޯޓުގެ ރެޖިސްޓްރާ އެވެ.

އެނިންމުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތަކުން ބުނަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ގާނޫނީ ވަކީލުންނާއި ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމުން މުރާޖައާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ ނިހާއީ ހުކުމަކަށް ނުވާތީ އެ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ނުގެއްލޭ ކަމަށެވެ. އަދި އިސްތިއުނާފް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖާކުރުމަށް އަލުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވެއެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން ދަނީ އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލިފައިވާ ކަމަށް ނިންމާ، މަޖިލިސް މެދުވެރިކޮށް ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ބާއްވާ، އެމަސައްކަތް ކުރުމަށް ތައްޔާރު ވަމުންދާކަމުގެ އަޑުތައް ވެސް ފަނީ ފެތުރިފަ އެވެ.

މިއަހަރު ދެބައިވިއިރު، މިހާތަނަށް މަޖިލީހުން ބާއްވާފައި ވަނީ ހާއްސަ ދެޖަލްސާއަކާއެކު އެންމެ 13 ޖަލްސާ އެވެ. އެ ޖަލްސާތަކަށް ހޭދަކޮށްފައިވަނީ ވެސް ވަރަށް ކުޑަ ވަގުތު ކޮޅެކެވެ.

މަޖިލީހުގެ ކަންކަން ބޮއްސުންލާފައިވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާއި ގުޅިގެންނެވެ. މިދިއަހަރުގެ ޖުލައި މަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް އެކަށީގެންވާ ގޮތެއްގައި ބޭއްވިފައި ނުވަނީ ގަދަކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހެޅިފަހުންނެވެ. އޭގެ ފަހުން ސިފައިންނާއި ފުލުހުން މެދުވެރިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖިލީހުގެ އިދާރާއިން ބޭރަށް ނެރެ، މަޖިލީހުގެ އިދާރާ ވަނީ "ހިސޯރު" ކޮށްފަ އެވެ.

އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ އޭޕްރީމް މަހުގެ 29 ވަނަ ދުވަހު އެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން މަސް ދުވަހު އެންމެ 13 ޖަލްސާ ބޭއްވުމަށް ފަހު، މެއި މަހު މަޖިލިސް ޗުއްޓީއަށް ދިޔަ އެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިނގާއިރު، މިހާތަނަށް ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.

މަޖިލިސް އެކަށީގެންވާ ގޮތެއްގައި ނުހިންގާތީ، ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް މަޖިލީހުގެ އިދާރާއަށާއި މަޖިލިސް މެމްބަރުންނަށް ވަނީ އަމާޒުވެފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް