Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ މަޝްރަހު

ރަޝިއާގެ މީހުންނަށް ޕެންޝަން ލިބޭ އުމުރު މަތި ކުރުމުން ރުޅިގަދަ ވެއްޖެ

21 ޖޫން 2018 | ބުރާސްފަތި 09:58

މިވީ ގޮތުން މުސްކުޅިވާއިރު، ދުނިޔޭގައި ނުތިބޭނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 21 ޖޫން 2018 | ބުރާސްފަތި 09:58
ރަޝިއާގެ ޕާކެއްގައި އިށީދެގެން އިން މުސްކުޅި މީހެއް

ރަޝިއާގެ ޕާކެއްގައި އިށީދެގެން އިން މުސްކުޅި މީހެއް

ވޯލްޑްކަޕް ފޯރީގައި ރަޝިއާ އޮއްވާ، އެ ގައުމުގެ ރައްޔިތުންނަށް ޕެޝަން ލިބޭ އުމުރު މަތިކުރުމުން، ގިނަ އާންމުން އެކަމުގެ ކަންބޮޑުވުންފާޅުކޮށް އަޑުއުފުލަން ފަށައިފިއެވެ.

ދުނިޔޭގެ އެންމެ ބިން ބޮޑު ގައުމު، ރަޝިއާގެ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފައިވާ ގަރާރުގައި ބުނެފައިވާ ގޮތުން ޕެންޝަން ލިބޭ އުމުރަކީ އެ ގައުމުގެ މީހުން ދުނިޔޭގައި ތިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އުމުރަށް ވުރެން މަތީ އުމުރެކެވެ. އެކަމާ މެދު އާންމުން ތެރޭގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، އެ މީހުން ވަނީ އެކަމުގެ ސަބަބުން ޕެންޝަނަށް ވާނެ ގޮތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ.

އާންމުން ބުނީ އެ ގަރާރު ފާސް ވެއްޖެނަމަ ޕެންޝަން ލިބޭ އުމުރު އަންނަން ވާއިރަށް ގިނަ ބަޔަކު ދުނިޔޭގައި ނުތިބޭނެ ކަމަށާއި އެހެން ކަމުން ޕެންޝަން ލިބިދިނުމުގެ ނިޒާމެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

"ޑާޓާފާމް ވޯލްޑް ބޭންކުން" އަންދާޒާ ކުރާ ގޮތުގައި ރަޝިއާގެ ފިރިހެނުންގެ ތެރެއިން 65 އަހަރު ފުރުމުގެ ނަސީބު ލިބޭނީ އެންމެ 57 ޕަސެންޓް މީހުނަށެވެ. އެ އަދަދު ފާއިތުވި 50 އަހަރުގައި ވެސް ބަދަލުވެފައެއް ނުވެއެވެ. އެއާ ޚިލާފަށް ރަޝިއާގެ އަންހެންގެ އުމުރު އާންމު ގޮތެއްގައި އުޅެނީ 75 އަހަރުން މަތީގައެވެ.

ރަޝިއާގެ ބޮޑުވަޒީރު މިދްވީދިވް ހުށަހެޅި ގަރާރު ވަނީ ޕެންޝަން ލިބޭނެ އުމުރު ފިރިހެނުންނަށް 60 އިން 65، އަންހެނުންނަށް 55 އިން 63 އަށް ބަދަލު ކުރަން ހުށަހަޅާފައެވެ.

ހަމަ އެއާއެކު އާންމު ރައްޔިތުން ވަނީ ސަރުކާރުން ހުށައެޅި އެ ގަރާރުގެ އެހެން ނުކުތާއެއްވެސް، ފާހަގަކޮށް އެ ނުކުތާއާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައްޔިތުން ދެވަނަ އަށް ކަންބޮޑުވުން ފާޅު ކުރި ނުކުތާގައި ވަނީ، 20 ޕަސަންޓުގެ ވެލިއު އެޑެޑް ޓެކްސްއެއް ރައްޔިތުންގެ އަތުން ނެގުމެވެ.

އާންމުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުގެ އެ ގަރާރު އާންމުނަށް އިއުލާން ކޮށްފައިވާ ވަގުތަކީ ވަރަށް ބޮޑު ރޭވިގެން، ރަނގަޅު ވަގުތެއް ހޯދުމަށްފަހު އިއުލާން ކޮށްފައިވާ ގަރާރެކެވެ. ރައްޔިތުން އެހެން ތުހުމަތު ކޮށްފައިވަނީ ސަރުކާރުން މި ޕްރޮޕޯސަލް ނެރުނު ވަގުތާއި ރަޝިއާއިން ފަސް ގޯލާއެކު ފީފާ ވޯލްޑް ކަޕްގެ 2018 ވަނަ އަހަރުގެ ފުރަތަމަ މެޗް ކާމިޔާބު ކުރި ވަގުތާއި ދިމާވުމުގެ ސަބަބުންނެވެ. އެކަން އެހެން ކުރީ ރައްޔިތުންގެ ރުޅި ކޮންޓްރޯލް ކުރުމަށް ކަމަށް ވެސް ރައްޔިތުން ތުހުމަތު ކުރެއެވެ.

"އެންމެންވެސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބެލުމުގެ ފޯރީގައި ތިއްބާ، މިދްވީދިވް ހަމަ ހުރެފައި އިއުލާން ކުރީ ރަޝިއާގައި ޕެންޝަން ލިބޭ އުމުރު މަތި ކުރަން ހުށަހަޅާނެ ކަމަށް" ޔޮޝްކިން މޯލް ޓުވިޓާގައި ބުންޏެވެ.

"އަހަރެން ބުނާ ވާހަކަ އަޑުއަހާ: މި ހުށަހެޅުން ތަސްދީގު ވެއްޖިއްޔާމުން ރަޝިއާގައި 43 ޕަސެންޠް ފިރިހެނުން އެ މީހުން މުސްކުޅިވާ އުމުރު ދެކޭ ކަށެއް ދުނިޔެއަކު ނުހުންނާނެ"

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ބުރާސްފަތި ދުވަހު އެ ގަރާރަށް ބަހުސް ކުރަން ފަށާފައިވާއިރު، ސޯޝަލް މީޑިއާގައި ބުނަމުންދަނީ ރަޝިއާގައި ޕެންޝަން ލިބެނީ، މަރުވާ އުމުރު ހަމަވާ ފަހުން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް