Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޮޓް ޓުއާސް

އަލިދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު ދައްކަން ޔޮޓް ޓުއާސްއަށް ހުކުމްކޮށްފި

ކުލީގެ ގޮތުގައި 5.6 މިލިއަން ޑޮލަރު ދައްކަންޖެހޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 20 ޖޫން 2018 | ބުދަ 18:54
ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން

ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ހއ. އަލިދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަސް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އަލިދޫގެ ކުލީގެ ގޮތުގައި 5.6 މިލިއަން ޑޮލަރު (86.3 މިލިއަން ރުފިޔާ) ދައްކަންޖެހޭ ކަމަށާއި ޖޫރިމަނާގެ ގޮތުގައި 23.4 މިލިއަން ޑޮލަރު (360.8 މިލިއަން ރުފިޔާ) ޔޮޓް ޓުއަސްއިން ދައްކަން ޖެހޭނެ ކަމަށެވެ. އެ ކުންފުންޏަށް އަލިދޫ ދޫކޮށްފައި ވަނީ 2005 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ސަރުކާރާ އެކު ވެފައިވާ ލީސް އެގްރިމެންޓެއްގެ ދަށުން ކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ. އެ ގްރިމެންޓުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަންޖެހި ނުދައްކާ އޮތްކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުން ސާވިތުވާ ކަމަށް އެ ހުކުމްގައިވެއެވެ.

Advertisement - newsAdvertisement

އިނގިރޭސީވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވުމަށްފަހު، އަވަށްޓެރި ސްރީލަންކާގައި ދިރިއުޅުއްވާ ޖާބިރުގެ ޔޮޓް ޓުއާސުން ހިންގަމުންދިޔަ އަލިދޫ ރިސޯޓު ބަންދުކޮށްފައިވާތީ އެ ރިސޯޓުގެ ކުއްޔާއި ޖޫރިމަނާ އެ މުއްދަތުގައި ނުހިނގާނެ ކަމަށް ކަނޑައަޅަން ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ކަނޑައަޅާފައި ވަނީ ޔޮޓް ޓުއާސް އިން އެދުނު ގޮތަށް އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ދައުލަތުގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އުފުލި ދައުވާއާ ގުޅިގެން ޝަރީއަތް ހިންގުމަށްފަހު ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައި ބުނެފައި ވަނީ މީރާއަށް ދައްކަންޖެހޭ ފައިސާ ހޯމަ ދުވަހުން ފެށިގެން، އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.

އެ ފައިސާ ދައްކައި ހަލާސް ކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާ ވެސް ދެއްކުމަށް އެ ހުކުމްގައި ބުނެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން އަލިދޫ ރިސޯޓު ވަނީ ބަންދުކޮށްފައެވެ. އެލައިޑުން އިންޝުއަރެންސްކޮށްފައިވާ އެ ރިސޯޓަށް ލިބުނު ގެއްލުމުގެ ބަދަލު، އެލައިޑުން ނުދިނުމުން އެ ކުންފުންޏާ ދެކޮޅަށް ޔޮޓް ޓުއާސްއިން ވަނީ ދައުވާ އުފުލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު