Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

މެސީއާއި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން ހެރީ ކޭން ބޭނުންވޭ

ކޭން ވަނީ މިދިޔަ 4 އަހަރު 135 ގޯލް ކާމިޔާބުކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 20 ޖޫން 2018 | ބުދަ 13:36
އިނގިރޭސި ޤައުމީ ފުޓުބޯޅަ ޓީމްގެ ކެޕްޓަން ހެރީ ކޭން

އިނގިރޭސި ޤައުމީ ފުޓުބޯޅަ ޓީމްގެ ކެޕްޓަން ހެރީ ކޭން

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވާން ބޭނުންވާކަން އިނގިރޭސި ކެޕްޓަން ހެރީ ކޭން ހާމަކޮށްފިއެވެ.

ޓިއުނީޝިއާ އަތުން 2 - 1 އިން މޮޅުވި މެޗަށްފަހު ކޭން ބުނީ ލިމިޓެއް ނެތި މަސައްކަތްކުރަން ޖެހޭކަމަށާއި، އެންމެ މޮޅު ކުޅުންތެރިޔާއަށްވާން ވަރަށް އުހަށް އަމާޒު ހިފަން ޖެހޭކަމަށެވެ. ކޭން ބުނީ ބޮޑު މުބާރާތެއްގައި އޭނާގެ ކުޅުން ދައްކާލައި، ހުނަރު ދައްކާލަން ބޭނުންވާކަމަށެވެ. އަދި އެންމެ މޮޅީ ރޮނާލްޑޯއާއި މެސީކަމަށާއި، ޗެލެންޖަކީ އެމީހުންނާއި އަރާ ހަމަކުރުންކަމަށް އޭނާ ބުންޏެވެ.

މިދިޔަ 10 އަހަރު ބެލެންޑޯ އެވޯޑް ކާމިޔާބުކޮށްފައިވަނީ ކޮންމެ އަހަރަކުވެސް މެސީ ނުވަތަ ރޮނާލްޑޯއެވެ. އެ 2 ކުޅުންތެރިންނާއި ވާދަކުރުމަށް މަސައްކަތްކުރާ ކޭން ވަނީ މިދިޔަ 4 އަހަރު 135 ގޯލް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަންގައި އޭނާ ކުޅޭ އިނގިރޭސި ޕްރިމިއަރލީގްގެ ޓޮޓެންހަމް ހޮޓްސްޕަރސްއަށް ޖަހައިދިން 41 ގޯލް ހިމެނެއެވެ. ޓޮޓެންހަމް ސީޒަން ނިންމާލީ ލީގުގެ 3 ވަނައިގައި އޮވެގެންނެވެ.

ކޭން ވަނީ އިނގިރޭސި ޤައުމީ ޓީމަށް ކުޅުނު 25 މެޗުގައި 15 ލަނޑު ޖަހާފައެވެ. އޭނާއަކީ 1990ވަނަ އަހަރުގެ ފަހުން އިނގިރޭސި ޤައުމީ ޓީމަށް ވޯލްޑްކަޕް މެޗެއްގައި 2 ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާއެވެ.

އަނެއްކޮޅުން ސްޕެއިންގެ ރެއާލްއަށް ކުޅެމުން އަންނަ ރޮނާލްޑޯ އެޓީމަށް ކުޅުނު 438 މެޗުގައި 450 ގޯލް ޖަހާފައިވާއިރު، ހަމަ އެ ލީގުގައި ކުޅޭ ބާސެލޯނާއަށް މެސީވަނީ 552 ގޯލް ޖަހައިދީފައެވެ.

މިހާރު ރަޝިޔާގައި ކުރިއަށްދާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި އަންނަ އާދިއްތަ ދުވަހު އިނގިރޭސިވިލާތް ނިކުންނާނީ ނިޒްނީ ނޮވްގޮރޮޑްގައި ޕެނަމާއާއި ދެކޮޅަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކެލިނިންގްރެޑްގައި ބެލްޖިއަމްއާއި ދެކޮޅަށް ނިކުންނާނެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު