Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

އިންޑިއާއާ ގުޅިގެން އެމްއެންޑީއެފުން ޚާއްސަ ސަރވައިލެންސް އޮޕަރޭޝަނެއް ފަށައިފި

18 ޖޫން 2018 | ހޯމަ 08:20

މި ޕެޓްރޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޚާއްސަ އިގްތިސާދީ ސަރަހައްދެއްގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ޖޫން 2018 | ހޯމަ 08:20
އެމްއެންޑީއެފުން ކުރިއަށްގެންދާ ސަރވައިލެންސް ޕެޓްރޯލް

އެމްއެންޑީއެފުން ކުރިއަށްގެންދާ ސަރވައިލެންސް ޕެޓްރޯލް

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނެވީ ގުޅިގެން ޖޮއިންޓް ސަރވައިލެންސް ޕެޓްރޯލެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހޯމަ ދުވަހު ފެށި މި ޕެޓްރޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދެއްގައެވެ. މިކަމާ ބެހޭ ގޮތުން މާ ގިނަ ތަފްސީލްތަކެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ކަމުގައި ބައިވެރިވަނީ ކިތައް ސިފައިން ކަމެއް ކޮން އުޅަނދުފަހަރެއް ކަމެއް ވެސް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާންމުކޮށްފައިވާ ފޮޓީތަކުން އިންޑިއާގެ އަސްކަރިއްޔާގެ ދެ މަތިންދާބޯޓެއް އެއާޕޯޓުގައި ޖައްސާފައި ވަނިކޮށް ފެނެއެވެ.

Advertisement - newsAdvertisement

އިންޑިއާއާ ގުޅިގެން ހާއްސަ ސަރވައިލެންސް އޮޕްރޭޝަނެއް ދިވެހި ސިފައިން ފަށާފައި މި ވަނީ އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާފައި ވަނިކޮށެވެ. ރާއްޖެއިން ޗައިނާއާ ގުޅުން ބަދަހިކުރުމުން ދިއުމާ ގުޅިގެން އިންޑިއާގެ ފާޑުކިޔުންތައް އަމާޒުވުމުން ރާއްޖެ އިން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އިންޑިއާ ރައްޔިތުންނަށް ވޯކް ވިސާ ދޫކުރުމުގައި ދަތިތައް ކުރިމަތިކޮށްފައިވާ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. އަދި ދެ ފަރާތުގެ ބަހުގެ ހަމަލާތަކަށް ފަހު ރާއްޖެ އިން ވަނީ އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރު ގެންދިއުމަށް އިންޑިއާ އަށް އަންގާފައެވެ. އަނެއްކޮޅުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ޕީޖީ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު އިންޑިއާ އަށް އެރިޔަ ނުދީ ފޮނުވައިލި މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އަދި މި އޮޕަރޭޝަން ފަށާފައި މި ވަނީ އިންޑިއާގެ ސިޔާސީ އެކި ބޭފުޅުން ރާއްޖެއާ ބެހޭ ގޮތުން ވަރަށް ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް