Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން ހަނގުރާމަ

އަފްޣާނިސްތާނުގެ ރައްޔިތުންގެ ތަރުހީބު ތާލިބާނަށް އޮއްސާލާފި!

18 ޖޫން 2018 | ހޯމަ 08:05

ތާލިބާނުގެ ހަނގުރާމަވެރިންނަށް ރައްޔިތުން ތިބީ އިސްތިގުބާލުގައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 18 ޖޫން 2018 | ހޯމަ 08:05
ތާލިބާންގެ ހަނގުރާމަވެރިއަކު އަފްޣާނިސްތާނުގެ ސިފައިންގެ މީހެއްގެ ގައިގައި ބައްދަނީ

ތާލިބާންގެ ހަނގުރާމަވެރިއަކު އަފްޣާނިސްތާނުގެ ސިފައިންގެ މީހެއްގެ ގައިގައި ބައްދަނީ

އަފްޣާނިސްތާނުގައި 19 އަހަރަށް ފަހު ސަރުކާރާއި ތާލިބާނުން ބަޑީގެ ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލައި، ރައްޔިތުންނާ އެކު ވަގުތުކޮޅު ހޭދަކޮށްލުމުން އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް ތަރުހީބު އޮތް މިންވަރު ފެނިއްޖެ ކަމަށް ތާލިބާނުން ބުނެފިއެވެ.

ސަރުކާރާ އެކު ކުރާ ހަނގުރާމަ އީދު ދުވަހުން ފެށިގެން ތިން ދުވަހަށް ވަގުތީ ގޮތުން ހުއްޓާލުމާ އެކު ރައްޔިތުންގެ ކިބައިން ފެނުނީ ތާލިބާނުގެ ހަނގުރާމަ ވެރިންނަށް މަރުހަބާ ކިޔައި، އަތް ހުޅުވާލާގެން އޮޅުލައިގަތް މަންޒަރު ކަމަށާއި އެ މީހުން ދިޔައީ އެ ޖަމާއަތުގެ މަސައްކަތްތަކަށް ހިތްވަރު ދެމުން ކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަމުން ދިޔައީ ތާލިބާނުންނާ އެކީގައި އެ ގައުމުގެ ރައްޔިތުން އުފާ ފާޅު ކުރަމުންދާތަނެވެ. މަގުތަކުން ދަތުރު ކުރަމުންދާ އުޅަނދު ފަހަރުތައް ވެސް މަޑުކޮށް ތާލިބާނުގެ ހަނގުރާމަވެރިންނާ އެކު ފޮޓޯ ނަގާ މަންޒަރެވެ. އޭގެ ސަބަބުން މުޅި މަގުތައް ވެސް ވަނީ ތޮއްޖެހިފައެވެ. އާންމު ރައްޔިތުން ދިޔައީ އެ ހަނގުރާމަވެރިންގެ ގައިގައި ބައްދާ ހިނިތުންވުމާ އެކީގައި ސަލާމް ކުރަމުންނެވެ. ހަމައެހެންމެ އަފްޣާނިސްތާނުގެ ސިފައިން ވެސް ދިޔައީ ލިބުނު ހަމަޖެހުމުގެ ވަގުތުކޮޅާ އެކު މި އުފަލުގައި ބައިވެރިވަމުންނެވެ

ތާލިބާނުން ބުނީ އެ މީހުންގެ ދުޝްމަނުން ދިޔައީ ވޭތުވެ ދިޔަ ދުވަސްތަކުގައި އެ ގައުމުގެ ރައްޔިތުން ކައިރީ ހަނގުރާމަވެރިން 20 ބަޔަށް ބައިބައި ވެފައިވާކަމުގެ ވާހަކަ ދައްކަމުން ކަމަށާއި އެހެން ނަމަވެސް މިއަދު އެއީ ދޮގެއްކަން އާންމުންނަށް އެނގިއްޖެ ކަމަށެވެ. އެ ދުޝްމަނުންގެ މަގްސަދަކީ ދޮގު ޕްރޮޕެގެންޑާ ފަތުރައިގެން މުސްލިމުން އެމީހުންނާ މެދު ނަފުރަތު ކުރުރުވުން ކަމަށް ވެސް ތާލިބާނުން ވަނީ ސިފަކޮށްފައެވެ.

ތާލިބާނުން ސަރުކާރާއި ހަނގުރާމަ ކުރުން ހުއްޓާލި ކަމުގައި ވީނަމަވެސް އެ މީހުން ދަނީ އަދިވެސް އެ ގައުމުގައި ތިބި ބޭރުގެ ހަނގުރާމަ ވެރިންނާ ހަނގުރާމަ ކުރަމުންނެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣާނި ވަނީ ތާލިބާނަށް ހަމަލާ ނުދިނުމުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށް، އެ ޖަމާއަތުން ވެސް މުއްދަތު އިތުރު ކުރުމަށް އެދިފައެވެ. އަފްޣާނިސްތާނުގެ ރައީސް ވިދާޅުވީ އެ ގައުމު އަމާންކަންމަތީ މިގޮތަށް އޮންނަ ތަން ދެކެން ރައްޔިތުން ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ މި އިސްނެގުމަށް ތާލިބާނުން ނުރުހޭކަން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ހަމަލާތައް ދިނުން މަޑުޖައްސައިލީ ސަރުކާރަށްޓަކައި ނޫން ކަމަށާއި އެކަން ކުރީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އީދުގެ އުފާ ފާޅުކުރުމަށް ފުރުސަތު ދިނުމަށް ކަމަށް އެ ޖަމާއަތުން ބުނެއެވެ. ތާލިބާނުން ބުނީ އެ މީހުން ބޭނުން ވަނީ އަފްޣާނިސްތާނު ހުޅަނގުގެ އަތްދަށުން ސަލާމަތްކުރަން ކަމަށާއި އެ ގައުމުގައި ތިބި އެ ގައުމުތަކުގެ މީހުން ބޭރު ކުރަން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2018

ކެންޔާގެ ރައްޔިތުންގެ ރައީސްގެ ނަމުގައި އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ހުވާކުރައްވަނީ

30 ޖެނުއަރީ 2018
ކެންޔާގެ ރައްޔިތުންގެ ރައީސްގެ ނަމުގައި އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ހުވާކުރައްވަނީ
21 ޖެނުއަރީ 2018

އަފްޣާނިސްތާނުގެ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ތާލިބާނުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 18 އަށް!

21 ޖެނުއަރީ 2018
އަފްޣާނިސްތާނުގެ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ތާލިބާނުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 18 އަށް!
21 އޮކްޓޯބަރު 2017

އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 60 މީހުން މަރާލައިފި

21 އޮކްޓޯބަރު 2017
އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 60 މީހުން މަރާލައިފި
02 އޮކްޓޯބަރު 2017

އޮޅިގެން ދެވުނު ހަމަލާއެއްގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ 10 މީހަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
އޮޅިގެން ދެވުނު ހަމަލާއެއްގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ 10 މީހަކު މަރުވެއްޖެ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީންގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

02 އޯގަސްޓު 2017
 އަފްޣާނިސްތާނުގެ ޝީއީންގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް