Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ޕެރަޑައިސް ރިސޯޓްގައި ބާއްވާ ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ: ޖޭޕީ

16 ޖޫން 2018 | ހޮނިހިރު 08:42

ކޮންގްރެސްގައި 30 މަގާމަށް މީހުން އިންތިހާބު ކުރުން އޮންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ޖޫން 2018 | ހޮނިހިރު 08:42
ޖުމްހޫރީ ޕާޓީގެ އިސްވެރިން

ޖުމްހޫރީ ޕާޓީގެ އިސްވެރިން

އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މާލޭގައި ކޮންގްރެސް ބޭއްވުމަށް ތަނެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ޕެރަޑައިސް ރިސޯޓްގައި ބާއްވާ ކޮންގްރެސްގައި 400 އެއްހާ މެމްބަރުން ބައިވެރިވި ނަމަވެސް ޖާގައިގެ ދަތިކަމާ ހުރެ އެ އަށް ވުރެ އިތުރުކުރެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

ސަމީރު ވިދާޅުވީ ކޮންގްރެސްގެ ބައިވެރިން ޕެރަޑައިސް ރިސޯޓަށް ދިއުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން ކޮންގްރެސްގެ މަސައްކަތް ފެށި، ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ނަމަވެސް ސަމީރު ވިދާޅުވީ ކޮންރެސްގެ މައިގަނޑު މަސައްކަތްތައް ދާނީ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުންނާއި ގޮފިތަކުގެ ރައީސުންނާއި ހިންގާ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރުން އޮންނާނެ ކަމަށާއި އެގޮތުން ސިއްރު ވޯޓަކުން 30 މަގާމަކަށް މީހުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީއަކުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާ ގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ދާދިފަހުން ވަނީ ނިންމާފައެވެ.

އެގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ތިން ވަނަ ކޮންގްރެސްއަށް ހުށައެޅުމަށްޓަކައި އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ 115 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ. އަދި އައު އަސާސީ ގަވާއިދުގެ ދަށުން މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ނައިފަރުު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ޖޭޕީގެ އަސާސީ ގަވާއިދު އިސްލާހުކުރަނީ މި ޒަމާނަށް ފެތޭ ގޮތަށެވެ. އަދި އިސްލާހުކުރެވުނު އަސާސީ ގަވާއިދަކީ އެހެން ޕާޓީތަކުގެ އަސާސީ ގަވާއިދަށް ވުރެ ވެސް ފުރިހަމަ ގަވާއިދަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވި ގޮތުގައި މީގެ ކުރިން ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރިޔާސީ ޓިކެޓް ލިބެނީ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ކަމަށެވެ. ނަމަވެސް ގެނެވުނު އިސްލާހާ އެކު ޕާޓީގެ ޕްރައިމަރީއަކުން ނޫން ގޮތަށް ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށް އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައި ވަނީ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުގެ މައިގަނޑު ބޭނުމަކީ ގިނަ ބަޔަކަށް ފުރުސަތު ދިނުން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް