Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ޖަލަށް ދާން ނުޖެހުނު ނަމަވެސް ރޮނާލްޑޯ 21 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އެއްބަސްވުމާއެކު އޭނާ އެއްވެސް ވަރަކަށް ޖަލުގައި ވަގުތު ހޭދަކުރަން ނުޖެހޭނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ޖޫން 2018 | ހުކުރު 21:42
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ

ޓެކްސްއަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ރޮނާލްޑޯގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އެއްބަސްވުމާއެކު އޭނާ އެއްވެސް ވަރަކަށް ޖަލުގައި ވަގުތު ހޭދަކުރަން ނުޖެހޭނެއެވެ. އެހެން ނަމަވެސް މިކަމުގެ އަދަބެއްގެ ގޮތުން އޭނާ 21.7 މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. ރޮނާލްޑޯ ޖަލުގައި ވަގުތު ހޭދަކުރަން ނުޖެހުނު މައިގަނޑު އަނެއް ސަބަބަކީ މީގެކުރިން އެއްވެސް މައްސަލައެއްގައި އޭނާގެ މައްޗަށް ސްޕެއިންގައި ހުކުމެއް އިއްވާފައިނުވާތީއެވެ.

ރޮނާލްޑޯއާ ދެކޮޅަށް ޓެކްސްއަށް މަކަރު ހެދުމުގެ މައްސަލައެއް ފެންމަތިވެ ދައުވާކުރަން ފޮނުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން އޭނާގެ އިމޭޖް ރައިޓްސްގެ އާމްދަނީގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ލިބުނު 17.7 މިލިއަން ޑޮލަރު އޭނާ މަކަރު ހަދާފައިވާ ކަމަށް ސްޕެއިންގެ ޓެކްސް އިދާރާއިން ކުރި ދައުވާގައިވެއެވެ. ހަމައެހެންމެ މިކަމަށް މަގުފަހިކޮށް އިމޭޖް ރައިޓްސްއަށް ލިބޭ އާމްދަނީ ފޮރުވުމުގެ ގޮތުން 2010 ވަނަ އަހަރު އޭނާ އަމިއްލަ ކުންފުންޏެއް އުފައްދާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރޮނާލްޑޯ ވަނީ ކޯޓަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީ ވެސް ވެފައެވެ. އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާނެ ކަމަށާއި އަދި އޭނާ ކަންކަން ކުރަނީ އަބަދުވެސް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ކޯޓުން ހުކުމް އިއްވާފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ގޮތަށެވެ. މިކަމުގައި ރޮނާލްޑޯގެ މައްޗަށް ހަތަރު ދައުވާއެއް ވެސް އުފުލިއެވެ.

މި ކުށް ސާބިތުވުމާއި ގުޅިގެން މިހާތަނަށް ރޮނާލްޑޯގެ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.

ރޮނާލްޑޯގެ މައްޗަށް މިފަދަ ހުކުމެއް އިއްވާފައިވާއިރު ސްޕެއިންގެ ޓެކްސް އިދާރާތަކުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން ރެއާލް މެޑްރިޑް ދޫކޮށްލާނެ ފަދަ އިޝާރާތެއް އޭނާ ވަނީ ދީފައެވެ. މިކަމުގެ ސަބަބުން އޭނާ ހޯދުމަށް ދުނިޔޭގެ އެންމެ ބޮޑެތި ޓީމުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރޮނާލްޑޯގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ބާސެލޯނާއަށް ކުޅެމުން އަންނަ އޭނާގެ ވާދަވެރި ލިއޮނެލް މެސީގެ މައްޗަށް ވެސް ޓެކްސްއަށް މަކަރު ހެދުމުގެ ކުށް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ. އެހެން ނަމަވެސް ސްޕެއިންގެ ގާނޫނުތަކުގެ ދަށުން އޭނާ ވެސް ދައްކަން ޖެހުނީ ޖޫރިމަނާއެކެވެ. ހަމައެހެންމެ ރޮނާލްޑޯއާއެކު ރެއާލްއަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު މާސެލޯގެ މައްޗަށް ވެސް މި ކުށް ސާބިތުވެފައިވެއެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު