Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދަޅަކް

އިޝާން އާއި ޖާންވީގެ ދަޅަކް ޓްރެއިލާ އަންނަ ހޯމަ ދުވަހު

ދަޅަކް ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 20 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 ޖޫން 2018 | ހޮނިހިރު 12:20
އިޝާން އާއި ޖާންވީ

އިޝާން އާއި ޖާންވީ

ކުރިއަރަމުން އަންނަ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އިޝާން ޓައްކަރު އަދި ޖާންވީ ކަޕޫރުގެ ފިލްމު ދަޅަކް ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 20 އެވެ.

މި ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިންމާލާފައިވާއިރު ފިލްމުގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ރިލީޒްކުރާނެ ކަމަށް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވަނީ ހާމަކޮށްފައެވެ.

ޝަޝާންކް ޚައިތަން ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. މަރާތީ ފިލްމެއް ކަމަށްވާ "ސައިރާތު" އަސްލަކަށް ބަލައިގެން އުފައްދާ "ދަޅަކް"އަކީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅަކާއި ސިޔާސީ މީހެއްގެ އަންހެން ދަރިއަކާ މެދު އުފެދޭ ލޯބީގެ ފިލްމެކެވެ. "ސައިރާތު" ސިނަމާތަކަށް އައިސްފައި ވަނީ 2016 ވަނަ އަހަރުގައެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ދެ ފިލްމުގައި މައިގަނޑު އެއްގޮތް ވިނަމަވެސް "ސައިރާތު" އާ ޚިލާފަށް "ދަޅަކް" ގައި ފެނިގެންދާ ލޯބީގެ ވާހަކަ ނިސްބަތްވަނީ އިންޑިއާގެ ރާޖަސްތާނަށެވެ. "ސައިރާތު"ގެ ވާހަކައަކީ އިންޑިއާގެ މަހަރާޝްތްރަގައި ހިނގައިދާ ލޯބީގެ ފިލްމެކެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފުވާ މިފިލްމުގެ 25 މިނިޓް އޭނާގެ މަންމަ ސްރީދޭވީ މަރުވުމުގެ ކުރިން ބެލި ކަމަށް ބުނެ ދާދި ފަހުން ޖާންވީ ދީފައިވާ އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. ޖާންވީ ބުނީ އޭނާގެ މަންމަ މަރުވުމުގެ ކުރިން ފިލްމުގެ އިންޓަވަލް ކުރީގެ ފުރަތަމަ 25 މިނިޓް ބެލި ކަމަށާއި ފިލްމާއި ދޭތެރޭ ވަރަށް އުފަލުން ހުރިކަމަށެވެ. އަދި ރަނގަޅު ކުރަންވީ ކަންތައްތައް އޭނާއަށް ސްރީދޭވީ ކިޔައިދިންކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީގެ މަންމަ އަދި މަޝްހޫރު އެކްޓްރެސް ސްރީދޭވީ މަރުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ގައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު