Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ހާޒިރީ

މަޖިލީހުގެ މިދިޔަ ދައުރުގެ ހާޒިރީ ރިޕޯޓު އާންމެއް ނުކުރި

8 ޖޫން 2018 | ހުކުރު 09:30

އާންމު ނުކުރި ސަބަބެއް މަޖިލީހަކުން ނުބުނޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 ޖޫން 2018 | ހުކުރު 09:30
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މެމްބަރުންގެ ހާޒިރީ ރިޕޯޓު، މަޖިލީހުންގެ އިދާރާއިން އާންމެއް ނުކުރިއެއެވެ.

ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގެ ހާޒިރީ ރިޕޯޓެވެ. ކޮންމެ ދައުރެއް ނިމުމާއެކު، އެ ދައުރެއްގެ ހާޒިރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި އާންމު ކުރެއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ރިޕޯޓު އާންމު ނުކުރި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ނުބުނެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީންއާންމުގެ ނާއިބު ފާތުމަތު ނިއުޝާއަށް ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެކަން ހިނގާފައިވާ ގޮތް ބައްލަވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ހާޒިރުވެވަޑައިގެންނެވި ގޮތުގެ ތަފްސީލު ހިމެނޭ ހާޒިރީ ރިޕޯޓު މަޖިލީހުން އާންމުކޮށްފައި ނުވާއިރު، މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން، މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މަޖިލިސް މެމްބަރުން ބައިވެރިވެވަޑައި ނުގަންނަވައެވެ. ނަމަވެސް ބައެއް އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް ފަހު، ހާޒިރީގައި ސޮއި ކުރެއްވުމަށް ފަހު، ޖަލްސާ ކުރާ މާލަމަށް ވަޑައެއް ނުގަންނަވައެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ގެއްލުމާ އެކު، މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ވަރަށް މަދުންނެވެ. ޖަލްސާތައް ބާއްވަނީ ހަމައެކަނި ސަރުކާރުން ބޭނުންވާ ކަންކަން ހުށަހަޅައި، ފާސްކޮށްލުމަށެވެ. އެގޮތުން މިދިޔަ ދައުރުގައި 11 ޖަލްސާއެއް ބާއްވައި ސަރުކާރުން ހުށަހެޅި ދެ ބިލަކާއި ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވެވި ހަތަރު ނަމަކަށް މަޖިލީހުން ރުހުން ދީފައިވެއެވެ. އެ ޖަލްސާތަކަށް ހޭދަވެފައި ވަނީ މަދު ވަގުތުކޮޅެކެވެ.

މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު ފަށަން ޖެހޭ މުއްދަތު، ފަހަނައަޅައި ދިޔައިރު ވެސް، މަޖިލީހުގެ ޖަލްސާތައް ފަށާފައެއް ނުވެއެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބުނެފައި ވަނީ މަޖިލީހުގެ ޖަލްސާތައް ފަށާނީ ރޯދަމަހަށް ފަހުގައި ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް