Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯމާލިއާގެ ދާޚިލީ ހަނގުރާމަ

ހަނގުރާމަވެރިން ސޯމާލިއާގެ ފުޓުބޯޅަ ދަނޑުތައް ބަންދުކުރަނީ

މިހާތަނަށް 30 ވަރަކަށް ސްޓޭޑިއަމް ވަނީ ބަންދުކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 ޖޫން 2018 | ހުކުރު 03:56
ހަނގުރާމަވެރިންގެ އިންޒާރުގެ ސަބަބުން ބަންދުކޮށްފައިވާ އަހުމަދު ގުރޭ ސްޓޭޑިއަމް

ހަނގުރާމަވެރިންގެ އިންޒާރުގެ ސަބަބުން ބަންދުކޮށްފައިވާ އަހުމަދު ގުރޭ ސްޓޭޑިއަމް

ސޯމާލިއާގައި ހަރަކާތްތެރިިވާ އަލްޤައިދާއާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާޢަތް، އަލްޝަބާބުން ދެމުންދާ އިންޒާރުތަކުގެ ސަބަބުން އެޤައުމުގެ ވެރިރަށް މޮގަދިޝޫގައި ހުރި ފުޓުބޯޅަ ދަނޑުތައް ބަންދުކުރަމުން އެބަދެެއެވެ.

އަލްޖަޒީރާ އިން މަސްދަރުތަކާ ހަވާލާދީ ބުނާ ގޮތުގައި މޮގަދިޝޫގެ 30 އަށް ވުރެ ގިނަ ފުޓުބޯޅަ ދަނޑުތައް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި ކޮންމެ އަހަރެއްގެ ރޯދަ މަހު ފޯރިގަދަ ފުޓުބޯޅަ މުބާރާތްތައް ބާއްވާ ދަނޑުތައް ވެސް ހިމެނެއެވެ. ފުޓުބޯޅައިގެ ފޯރިގަދަ ސޯމާލިއާގެ ދާޚިލީ ހަނގުރާމަ އެންމެ ނުރައްކާތެރިވެގެން ދިޔަ ދުވަސްވަރު ވެސް މިދަނޑުތަކުގައި ފުޓުބޯޅަ ކުޅެއެވެ.

އަލްޝަބާބުގެ އިންޒާރުތަކާ އެކު ފުޓުބޯޅަ ދަނޑުތައް ބަންދުކުރަމުން ދިޔަ ނަމަވެސް އެޖަމާޢަތުގެ ހަނގުރާމަވެރިން މޮގަދިޝޫ އާއި އެހެނިހެން ބޮޑެތި ރަށްތަކުން ވަނީ ފައްސާލާފައެވެ. އެފްރިކާ އިއްތިޙާދުގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ބޮޑު ފައުޖެއް އދ. ގެ މަދަދާ އެކު ސޯމާލިއާއަށް އަރައި، 2011 ވަނަ އަހަރު މޮގަދިޝޫ އިން އަލްޝަބާބުގެ ހަނގުރާމަވެރިން ވަނީ ފައްސާލާފައެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން މޮގަދިޝޫއަށް ވަދެ، ހަމަލާތައް ދެމުންދެއެވެ. އަލްޝަބާބުން މަސައްކަތްކުރަނީ މޮގަދިޝޫގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ މުޖްތަމައު ބަލައިގެންފައިވާ ސަރުކާރު ވައްޓާލައި، ހައްދުފަހަނައަޅާފައިވާ ދީނީ ސިޔާސަތު ގެންގުޅޭ ސަރުކާރެއް ޤާއިމްކުރުމަށެވެ.

އަލްޝަބާބު ޖަމާޢަތުގެ އިންޒާރުތަކާ އެއްގޮތަށް ފުޓުބޯޅަ ދަނޑުތައް ބަންދުނުކުރާ މީހުންނަށް އެމީހުން ދަނީ ހަމަލާދީ، ބައެއް މީހުންނަށް އަދަބު ދެމުންނެވެ. އެގޮތުން މޮގަދިޝޫއިން ބޭރުގައި އެޖަމާޢަތުން ހިންގާ ޖަލުތަކުގައި މިފަދަ ބައެއް މީހުން ބަންދުކޮށްފައިވާ ކަމަށް ވެއެވެ.

ފުޓުބޯޅަ ދަނޑުތައް ބަންދުކުރަން އަންގަމުން ދިޔަ ނަމަވެސް އަލްޝަބާބުން ބުނަނީ އެމީހުން ފުޓުބޯޅަ ކުޅުމާ ދެކޮޅު ނޫން ކަމަށެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލްޝަބާބުގެ ބާރު ހިނގާ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ބަރާވޭއަށް 2014 ވަނަ އަހަރު އެޗެނަލުގެ ނޫސްވެރިން ދިޔައިރު އެރަށުގައި ވެސް ހަނގުރާމަވެރިން ފުޓުބޯޅަ ކުޅެން ތިއްބެވެ.

ދަނޑުތައް ބަންދުކުރުމުގެ އުޒުރެއްގެ ގޮތުގައި އަލްޝަބާބުން ބުނަނީ އެކަން ކުރަން ޖެހެނީ އާއްމުންގެ އެދުމުގެ މަތިން ކަމަށެވެ. ދަނޑުތަކުގައި ދުވާލާއި ރޭގަނޑުގެ ދަން ގަޑިތަކުގައި ފުޓުބޯޅަ ކުޅޭތީ ކުދިން ސްކޫލްތަކަށާއި ނަމާދަށް ނުގޮސް ކުޅެން ތިބޭ ކަމަށާއި، އެކަމުގެ ސަބަބުން ޝަކުވާތައް ލިބޭ ކަމަށް އެޖަމާޢަތުން ބުނެއެވެ. އަދި އަންހެނުންނާއި ފިރިހެނުން މަސްހުނިކޮށް ފުޓުބޯޅަ ކުޅޭ ކަަމަށާއި، އެއީ ޙަރާމް ކަމެއް ކަމަށް އަލްޝަބާބުގެ ހަނގުރާމަވެރިން ބުނެއެވެ. އެހެން ނަމަވެސް މޮގަދިޝޫގެ ބައެއް ހަރު މީހުން ބުނަނީ އެދަނޑުތައް ބަންދުކުރަން އަލްޝަބާބުން އަންގަނީ ކުޅިވަރުގެ ތެރޭގައި އުޅޭތީ ޒުވާނުން ހަނގުރާމަވެރި ޖަމާޢަތްތަކާ ނުގުޅޭތީ ކަމަށެވެ.

ހަނގުރާމަވެރިންގެ ބާރު މޮގަދިޝޫ އިން ކަނޑުވާލެވިއްޖެ ކަމަށް އެފްރިކާގެ ސުލްހަ ބަލަހައްޓާ ފައުޖުން ބުނި ނަމަވެސް، މިކަމުގެ ސަބަބުން ވެސް ހަނގުރާމަވެރިންގެ ބާރު އަދިވެސް ކެނޑިގެން ނުދާކަން އެނގޭ ކަމަށް މޮގަދިޝޫގެ ރައްޔިތުން ބުނެއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު