Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބް

ވިލާގެ ސެޓްލްމަންޓް އެގްރިމެންޓްތަކުގެ މައްސަލައިގައި އޭސީސީން އަދީބާ ސުވާލުކޮށްފި

7 ޖޫން 2018 | ބުރާސްފަތި 11:50

ސުޕްރީމް ކޯޓުން ވަނީ ސެޓްލްމަންޓް އެގްރިމެންޓް ހަދާފައި ވަނީ ރަނގަޅަށް ކަމަށް ޙުކުމް ކޮށްފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 7 ޖޫން 2018 | ބުރާސްފަތި 11:50
ފައިލް ފޮޓޯ: އަދީބު މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދަނީ

ފައިލް ފޮޓޯ: އަދީބު މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންދަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކެއްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރީގެ ނައިބުރައީސް އަޙުމަދު އަދީބާ ސުވާލުކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލައިގައި އަދީބާ ސުވާލުކޮށްފައިވާއިރު، މި މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެއްބަސްވުންތަކަކީ ރަނގަޅަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ނިންމައި، 2015 ވަނަ އަހަރުގެ ކުރީކޮޅު، ސަރުކާރުން އެ އެއްބަސްވުންތައް އުވާލި އުވާލުން، ސުޕްރީމް ކޯޓުން ވަނީ މި އަހަރުގެ އޭޕްރީލް މަހު ބާޠިލްކޮށްފައެވެ.

Advertisement - newsAdvertisement

އަދީބުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖް ވިދާޅުވީ، އޭސީސީ އިން އަދީބާއި ސުވާލުކުރީ ބުރާސްފަތި ދުވަހު ދޫނިދޫގައި ކަމަށެވެ.

ސިރާޖް ވިދާޅުވީ، މި މައްސަލައިގައި އަދީބާއި ސުވާލު ކުރުމުން، ދޫނިދޫގައި އެމަނިކުފާނު ހައްޔަރުކޮށްފައި ހުންނަ ހުރުމަކީ ޤާނޫނާ ޚިލާފު ބަންދެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް، އޭސީސީއަށް އެމަނިކުފާނު ހާޒިރުކޮށް، ސުވާލު ކުރުމުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ.

ހަމަ މިއާ އެކު، ވިލާގެ ސެޓްލްމަންޓް އެއްބަސްވުންތަކަކީ މީގެ ހަތަރު އަހަރު ކުރިން ވެފައިވާ އެއްބަސްވުންތަކެއް ކަމުން، އެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ޖަވާބުދާރީ ވެވޭނީ ވަކީލުންނާއި މަޝްވަރާ ކުރުމަށް، ވަކީލުންނާ އެކު އެކަށޭނަ ވަގުތު ލިބިގެންކަން ވެސް އަދީބު ފާހަގަކުރެއްވި ކަމަށް ސިރާޖް ވިދާޅުވިއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހު އަދީބާއި އޭސީސީގެ ތަހުޤީޤު ޓީމާއި ދެމެދު ސީދާ ސެޓްލްމަންޓް އެއްބަސްވުންތަކާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން އަދީބު ދެކިލައްވާ ގޮތް ހާމަކުރައްވައި ސިރާޖް ވިދާޅުވީ، މި ކަމަކީ ޤާސިމް އިބްރާހިމަށް އިތުރު ގޯނާތަކެއް ކުރުމުގެ ނިޔަތުގައި ދައުލަތުން ހިންގާ ޖަރީމާތަކެއް ކަމަށް އަދީބު ޤަބޫލުކުރައްވާ ކަމަވެ. އަދި މި މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ވެފައިވާ ސައްޚަ އެއްބަސްވުންތަކެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ.

އިތުރު މައްސަލައެއްގައި އަދީބާއި ސުވާލުކުރަން އޭސީސީން މަސައްކަތްކުރާ އިރު އަދީބު މިހާރު ވެސް ގެންދަވަނީ ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް