Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އުޅުނު ފުލުހަކަށް ހަތަރު ދައުވާއެއް އުފުލައިފި

6 ޖޫން 2018 | ބުދަ 10:38

ފުލުހުންނާ ކުރިމަތިލި ކަމުގެ ތުހުމަތު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 ޖޫން 2018 | ބުދަ 10:38
ފުލުހުންގެ ކުރީގެ ސާޖަންޓް އަހުމަދު އާސިމް ކްރިމިނަލް ކޯޓުން ނެރެނީ--

ފުލުހުންގެ ކުރީގެ ސާޖަންޓް އަހުމަދު އާސިމް ކްރިމިނަލް ކޯޓުން ނެރެނީ--

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އުޅުނު އެސްއޯ ފުލުހެއްގެ މައްޗަށް ޖިނާއީ ހަތަރު ދައުވާއެއް އުފުލައި، އިބްތިދާއީ އަޑުއެހުންތައް ބުދަ ދުވަހު ފަށައިފިއެވެ.

އަޑުއެހުންތައް ފަށާފައި ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ މަސައްކަތުގައި އުޅެނިކޮށް ހައްޔަރު ކުރި، ލ. މާމެންދޫ، ލޫނާ އަހުމަދު އާސިމްގެ މައްޗަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ބޭއްވި އަޑުއެހުމަށް އާސިމް ފަހަތަށް ބިޑި އަޅުވައިގެން ކޯޓު ރޫމަށް ވެއްދުމުން، މައްސަލަ ބައްދަލަވާ ގާޒީ ހުސައިން ޝަހީދު ވަނީ އޭނާގެ ބިޑި ނެއްޓުވުމަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އަންގާފައެވެ. އިބްތިދާއީ އަޑުއެހުން ގާޒީ ކުރިއަށް ގެންދަވަން ފެއްޓެވީ އޭނާގެ ބިޑި ނެއްޓުވުމުންނެވެ.

އާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ އެ ހަތަރު ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އަހުމަދު އަރީފު ހުންނެވިއިރު، ފެބްރުއަރީ އެއް ވަނަ ދުވަހު އެސްއޯގެ މަސައްކަތަށް ނެރުމަށް އޭނާ ތައްޔާރު ކުރި ލިސްޓެއްގައި އާސިމްގެ ނަން ހިމެނޭ ކަމަށެވެ. އެގޮތުން ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގައިގެން ފުލުހުންގެ "ޓެކްނިކަލް ޔުނީފޯމު" ލައިގެން، ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި ސަރަހައްދަށް އޭނާ ދިޔަ ކަމަށެވެ.

ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މުޒާހަރާގެ ބައިވެރިން ޗައިނާ އެމްބަސީއާ ދިމާލުން، ބޮޑުތަކުރުފާނު މަގުން ދެކުނަށްވާ ގޮތަށް، ފަހަތަށް ޖައްސާފައި ވަނިކޮށް، އާސިމް އެތަނަށް ގޮސް، މުޒާހަރާގެ ބައިވެރިންނާ އެކު ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށް އޭނާގެ މައްޗަށް އުފުލި ދައުވާތަކުގައި ވެއެވެ. އެގޮތުން ފުލުހެއްގެ ހައިސިއްޔަތުން އާސިމަށް މަތިކޮށްފައިވާ މަސައްކަތުގެ ދާއިރާއިން ބޭރުން، އަމަލުތައް ބެހެއްޓި ކަމަށާއި ބެރިކޭޑުތަކުގައި އަތް އަޅައި ކޮއްޕައި ހަދާފައިވާ ކަމަށް ވެސް ދައުވާތަކުގައި ވެއެވެ.

އޭގެ އިތުރުން ފުލުހުންގެ ޔުނީފޯމުގައި ހުރެ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، މަޖުތަމައުގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ހަޑިހުތުރު ބަހުން އޭނާ މުހާތަބުކޮށް، ގާނޫނު ހިންގުމަށް ހުސް އަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހަތަރު ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 13 ސިއްރު ހެއްކެއް ހުށަހަޅާފައެވެ. އެ ހެކިތައް ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

އާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުން ބުދަ ދުވަހު ނިންމާލީ ދައުވާއާ ގުޅިގެން، ލިބެންޖެހޭ ބައެއް ލިޔެކިޔުންތައް ލިބިފައި ނުވާތީއެވެ. މައްސަލަ ބައްލަވާ ގާޒީ ޝަހީދު ދައުލަތަށް އަންގާފައި ވަނީ، އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާސިމަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔުންތައް ފޯރުކޮށްދިނުމުން ކަމަށެވެ.

ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒު ކުރަން އުޅުނު މައްސަލާގައި އަށް ފުލުހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ދައުވާ ލިބޭ ފުލުހުންނަކީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިނާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް