Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްކަރީނާ ކަޕޫރު

ކަރީނާ ދެން ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމަކުން؟

29 މެއި 2018 | އަންގާރަ 10:09

މި ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރުގައި ފަށާނެކަމަށް ޚަބަރުތައް ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 މެއި 2018 | އަންގާރަ 10:09
ކަރީނާ ކަޕޫރު

ކަރީނާ ކަޕޫރު

ކަރީނާ ވިހެއުމަށް ފަހު ފެނިގެންދާ ފުރަތަމަ ފިލްމު ވީރޭ ދި ވެޑިން ސިނަމާތަކަށް އަންނަން އޮތީ ދެތިން ދުވަހެވެ. އެ ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތުގައި ކަރީނާއާއި އެ ފިލްމުގެ ޓީމުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގެ މަސައްކަތަށް ފަހު ކަރީނާ އަދި ކުޅޭނެ ފިލްމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ޚަބަރުތައް ބުނާގޮތުގައި ކަރީނާ އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމަކުންނެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރަނީ ރާޖް މެހެތާ ކަމަށާއި ކަރީނާ ފެނިގެންދަނީ މި ފިލްމުގައި މަންމައެއްގެ ރޯލުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ކަރަން، ކަރީނާ ލައްވާ ފިލްމު ކުޅެން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ދަރްމާ ޕްރޮޑަކްޝަންއިން 2016 ވަނަ އަހަރު ނިކުތް ކީ އެންޑް ކާ އަށް ފަހު އާ ފިލްމެއްގެ މަސައްކަތް ކުރުމަށް އޭނާއާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެދޭތެރެއިން ކަރީނާ ބަލިވެއިނުމުގެ ސަބަބުން އެކަންތައް ނުވެ އޮތީ ކަމަށާއި މި ފިލްމުގައި ކަރީނާ މަންމައެއްގެ ރޯލަށް ފިޓްވާނެ ކަމަށް ކަރަން ވެސް ބުނެފައިވާ ކަމަށެވެ. އަދި މި ފިލްމުގެ ސްކްރިޕްޓު ކަރީނާ ކިޔާފައިވާ ކަމަށާއި އޭނާ މި ފިލްމަށް އާނ އެކޭ ބުނެފި ކަމަށެވެ.

ޚަބަރުތައް ބުނާގޮތުގައި ކަރީނާގެ އިތުރުން މި ފިލްމުގައި އިތުރު ތިން ތަރިން ފެނިގެން ދާނެއެވެ. މި ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރ މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އެހެން ނަމަވެސް މިކަމާއި ގުޅިގެން ކަރީނާ ވެސް އަދި ކަރަންޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

03 ޖޫން 2018

ކަރީނާ ދެން ކުޅޭ ފިލްމެއް އަކްޝޭ އާއެކު

03 ޖޫން 2018
ކަރީނާ ދެން ކުޅޭ ފިލްމެއް އަކްޝޭ އާއެކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް