Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓު ކެނޑުން

މަޑަވެލިން ކަރަންޓު ކެނޑުމަކީ މިދުވަސްކޮޅު އާންމުކޮށް ދިމާވާ މައްސަލައެއް: ކައުންސިލް

2 ޖޫން 2018 | ހޮނިހިރު 09:31

ރޭ މެންދަރު 1:15 އިން ފަތިހު 5:30 އަށް ކަރަންޓު ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2018 | ހޮނިހިރު 09:31
ގދ. މަޑަވެލި--

ގދ. މަޑަވެލި--

ގދ މަޑަވެލިން ކަރަންޓު ކެނޑުމަކީ މިދުވަސްކޮޅު އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މަޑަވެލީގެ ކައުންސިލްގެ ރައީސް އަހުމަދު ހަމީޒު ވިދާޅުވީ އެރަށުގެ ކަރަންޓުގެ މައްސަލައަކީ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭކަން ފާހަގަކުރައްވައި ހަމީޒު ވިދާޅުވީ މިދުވަސްކޮޅު ކަރަންޓު ކެނޑޭ މިންވަރު އިތުރު ކަމަށެވެ. އެގޮތުން ރޭ މެންދަރު 1:15 އިން ފަތިހު 5:30 އަށް ކަރަންޓު ނެތް ކަމަށް އޭނަ ވިދާޅުވިއެވެ.

ހަމީޒު ވިދާޅުވި ރައްޔިތުންގެ އެތައް ޝަކުވާއަކާ އެކު އެކި ފަހަރުމަތިން މި މައްސަލަ ފެނަކައަށް ހުށައެޅި ނަމަވެސް، މިއަދާ ހަމައަށް ދާއިމީ ހައްލެއް ލިބިފައި ނުވާ ކަމަށެވެ. ހަމީޒު އިތުރަށް ވިދާޅުވީ މަޑަވެލިން ކަރަންޓު ކެނޑޭ ވަކި ސަބަބެއް ނޭނގޭ ކަމަށާއި، ދިމާވެގެން އުޅޭ މައްސަލަ ފެނަކައިން ސާފުކޮށް ނުދޭ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މަޑަވެލީގެ ބްރާޗުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިއަހަރުގެ ރަމަޟާންމަހާ ދިމާކޮށް މަޑަވެލިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ އަހަރުގެ ވެސް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ކަރަންޓު ކެނޑޭ ކަމަށް ބުނެ އެރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

މަޑަވެއްޔަކީ އާބާދީގައި 1900 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދާ ރަށެކެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

ފިޔޯރީއަށް ކަރަންޓު ދީފި

11 ޖޫން 2017
ފިޔޯރީއަށް ކަރަންޓު ދީފި
07 ޖޫން 2017

ރޯގާ އިތުރު ވެދާނެތީ ދޭ ވެކްސިން އާންމުކޮށް ލިބޭނެ ގޮތް ހަމަޖައްސައިފި

07 ޖޫން 2017
ރޯގާ އިތުރު ވެދާނެތީ ދޭ ވެކްސިން އާންމުކޮށް ލިބޭނެ ގޮތް ހަމަޖައްސައިފި
28 މެއި 2017

ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި

28 މެއި 2017
ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
18 އެޕްރީލު 2017

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

18 އެޕްރީލު 2017
ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ
06 އެޕްރީލު 2017

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް