Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް-ކިމް ސަމިޓް

އުތުރު ކޮރެއާގެ މަންދޫބު ޕޮމްޕެއޯއާ ބައްދަލުކުރައްވައިފި

31 މެއި 2018 | ބުރާސްފަތި 05:59

ޓްރަމްޕް ވަނީ މަޝްވަރާތައް ކެންސަލްކުރެއްވުމަށް ފަހު އަނެއްކާ ވެސް އޮންނާނެ ކަމަށް ވިދާޅުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 31 މެއި 2018 | ބުރާސްފަތި 05:59
ޕޮމްޕެއޯ(ކ) އަދި ޔޮންގ ޗޮލް ނިއުޔޯކުގައި ބައްދަލުކުރައްވަނީ

ޕޮމްޕެއޯ(ކ) އަދި ޔޮންގ ޗޮލް ނިއުޔޯކުގައި ބައްދަލުކުރައްވަނީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބައްދަލުވުމަށް ތައްޔާރުވުމަށް މަޝްވަރާކުރުމަށް އުތުރު ކޮރެއާގެ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިޔާ ކިމް ޔޮންގ ޗޮލް އެމެރިކާއަށް ވަޑައިގެން ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާ ބައްދަލުކުރައްވައިފިއެވެ.

ޗައިނާއިން ފުރާ ވަޑައިގެން އެމެރިކާއަށް ވަޑައިގެންނެވި ޖެނެރަލް ކިމް ޔޮންގ-ޗޮލް ވަނީ ޕޮމްޕެއޯއާ އެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

މިއީ ވޭތުވެދިޔަ 20 އަކަށް އަހަރުގެ ތެރޭގައި އެމެރިކާއަށް ޒިޔާރަތްކުރައްވާ އުތުރު ކޮރެއާގެ އެންމެ އިސް ފަރާތެވެ.

ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާ އެކު ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުން ކެންސަލް ކުރެއްވި ކަމަށް އުތުރު ކޮރެއާއަށް ސިޓީ ފޮނުއްވާފައެވެ. ނަމަވެސް ދެ ގައުމުން ވެސް ފަހުން ވަނީ އާ ރޫހަކާ އެކު ބައްދަލުވުން ބޭއްވޭތޯ މަސައްކަތް ފަށައިފައެވެ.

ބައްދަލުވުން ކެންސަލްވިކަން އިއުލާންކުރައްވައި ކިމް އަށް ޓްރަމްޕް ފޮނުއްވި ސިޓީ ވެސް ވައިޓް ހައުސްއިން އާއްމުކޮށްފައި ވަނިކޮށް ޖެހިގެން އައި ދުވަހު މި ބައްދަލުވުން އޮންނާނެކަމުގެ އިޝާރާތެއް އަނެއްކާ ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ބޭއްވުމަށް މަސައްކަތްކުރާ މަޝްވަރާތަކުގެ ކަންތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދަނިކޮށް ކުއްލިއަކަށް ދެޤައުމުގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރުމުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިންގެ އިސް ދައުރެއް އޮތެވެ. މޫން ވަނީ ހޮނިހިރު ދުވަހު ސަރަހައްދީ ރޮނގު ހުރަސްކުރައްވައި، އުތުރު ކޮރެއާއަށް ވަޑައިގެން، ޑީއެމްޒީގެ އުތުރު ފަޅީގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށް ފަހު މޫން ވިދާޅުވީ ސުލްހައިގެ ވާހަކަތަކަށް ދާން އުތުރު ކޮރެއާ ބޭނުންވާ ކަމަށާއި، ކޮރެއާ ޕެނިންސިއުލަރއަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހަދަން އުތުރު ކޮރެއާ އިން ވެސް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ދެގައުމުގެ ބައްދަލުވުމުގެ ތައްޔާރީތަކަށް ދެގައުމުގެ އޮފިޝަލުންތަކެއް ވަނީ ސިންގަޕޫރަށް ވެސް ވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް