Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕްރައިމަރީ 2018

އެމްޑީޕީގެ ޕްރައިިމަރީ ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތް ކާމިޔާބެއް ނުވި!

ވޯޓުލުން ހުއްޓުވުމަށްޓަކައި ކޯޓު އަމުރެެއް ހޯދައިގެން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 30 މެއި 2018 | ބުދަ 18:50
އެމްޑީޕީ ޕްރައިމަރީގެ ވޯޓުުލުން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަނީ

އެމްޑީޕީ ޕްރައިމަރީގެ ވޯޓުުލުން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފިއެވެ.

މުޅި ރާއްޖޭގައިި ކުރިއަށްގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމަށްޓަކައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ ސިޔާސީ ޕާޓީއަކަށް ރައްދުވާ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުން ކޯޓު އަމުރެއް ހޯދުމަށް ފަހު، އެ ކޯޓު އަމުރުގެ ދަށުން ކަމަށް ބުނެ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ މަސައްކަތް ބުދަ ދުވަހުގެ 14:50 އިން ފެށިގެން ފުލުހުން ކުރިއަށްގެންދިޔައެވެ. އެގޮތުން ގަދަކަމުން އެމްޑީޕީގެ ހަރުގެތަކާއި، ވޯޓުލާ މަރުކަޒުތަކަށް ފުލުހުން ވަދެ، ވޯޓުލުމަށް ބޭނުންކުރި ފޮށިތަކާއި ކަރުދާސްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ބައެއް ރަށްރަށުގައި ބޭނުންކުރި ވޯޓު ކަރުދާސްތައް ފުލުހުން ވަނީ ކުދިކުދިކޮށް އިރާލައިފައެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުުމަށް ފުލުހުން މަސައްކަތްކުރަނީ -- ފޮޓޯ: ރާއްޖެެ.އެމްވީ

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވާލުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުކޮށްލާފައި ވަނީ އެމްޑީޕީގެ އާންމު މެމްބަރުންނެވެ. އެގޮތުން ފުލުހުން ވޯޓުލުން ހުއްޓުވަން ފެށުމާއެކު އެހެން ގޮތްގޮޮތުން ވަނީ ވޯޓުލުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށައިފައެވެ.

ބައެއް ރަށްރަށުގައި ދޮރުން ދޮރަށް ހިނގައި، ވޯޓުލުން ކުރިއަށްގެންދިޔައިރު، އަނެއް ބައި ރަށްރަށުގައި ވޯޓު ފޮށިތަކުގެ ގޮތުގައި ނުއުފުލޭ އެއްޗެހި ބޭނުންކޮށްފައިވެއެވެ. އަދި ވެރިރަށް މާލޭގައި އެމްޑީޕީގެ ހަރުގެ އާއި އެމްޑީޕީ އޮފީހުން ފުލުހުން ނިކުތުމާ އެކު ވޯޓުލުން ފަށައިގެން ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި އާންމުންގެ ގޭގޭގައި ވޯޓުލާ މަރުކަޒުތައް ޤާއިމްކޮށް، އެމްޑީޕީގެ ޓީމްތައް ރުކުރުވާލުމަށް ފަހު ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދަނީ -- ފޮޓޯ: ޓުވިޓަރ

އެމްޑީޕީ ޕްރައިމަރީ ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި ހުރިހާ މުއައްސަސާތައް ގުޅިގެން ފަށާފައި ވަނީ އެއީ ޤާނޫނާ ހިލާފަށް ބާއްވާ ޕްރައިމަރީއެއް ކަމަށް ބުނެއެވެ. އެގޮތުން އެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެއްވޭނެ ކަމަށް ބުނެ ސިވިލް ކޯޓުގެ އަމުރެއް ބަންޑާރަ ނައިބުގެ އޮފީހުން ހޯދާފައިވެއެވެ.

ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ކޯޓު އަމުރު ރައްދުވާ ފަރާތުގެ ގޮތުގައި އޮތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއެވެ. ނަމަވެސް އެ ނަމުގައި އެއްވެސް ޕާޓީއެއް ރަޖިިސްޓްރީކޮށްފައިނުވާއިރު، ކޯޓު އަމުރުގެ ކޮޕީއެއް އެމްޑީޕީއަށް ލިބިފައިނުވާ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ ވިދާޅުުވެފައެވެ. އަދި އެޕާޓީގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ވެސް އަދި ރާއްޖޭގެ އެހެން ކޯޓަކުން ވެސް މިހާތަނާ ޖެހެންދެން އަމުރެއް ނެރެފައި ނުވާ ކަމަށާއި ވުޖޫދުގައި ވެސް ނެތް ޕާޓީއެއްގެ ޕްރައިމަރީ ހުއްޓުވުމަށް ކޯޓަކުން ނެރެފައިވާ އަމުރެއް ހިފައިގެން އެމްޑީޕީގެ ވޯޓުލާ މަރުކަޒުތަކަށް ވަދެ ފުލުހުން ހިންގީ ގައިރުގާނޫނީ އަމަލުތަކެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު