Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް އޯޕަން

ފްރެންޗް އޯޕަން: ޖޮކޮވިޗް އަދި ނަޑާލް ދެވަނަ ބުރަށް

29 މެއި 2018 | އަންގާރަ 18:32

ނަޑާލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ސީދާ ތިން ސެޓުން އިޓަލީގެ ސައިމޮން ބޮލޭލީ ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 މެއި 2018 | އަންގާރަ 18:32
ރަފައޭލް ނަޑާލް

ރަފައޭލް ނަޑާލް

ކްލޭ ކޯޓުގައި ކުޅޭ ހަމައެކަނި ގްރޭންޑް ސްލޭމް ކަމަށްވާ ފްރެންޗް އޯޕަންގެ ދެވަނަ ބުރުން ސާބިއާގެ ނޮވާކް ޖޮކޮވިޗް އަދި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް ޖާގަ ހޯދައިފިއެވެ.

ނަޑާލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ސީދާ ތިން ސެޓުން އިޓަލީގެ ސައިމޮން ބޮލޭލީ ބަލިކޮށްގެންނެވެ. މި މުބާރާތް ރެކޯޑް 10 ފަހަރު ކާމިޔާބުކޮށްފައިވާ ނަޑާލް މި މުބާރާތުގެ ސެޓުތައް ގެންދިޔައީ 6-4، 6-3 އަދި 7-6 އިންނެވެ.

ދެވަނަ ބުރުން ޖޮކޮވިޗް ޖާގަ ހޯދީ ފުރަތަމަ ބުރުގައި ބްރެޒިލްގެ ރޮޖޭރިއޯ ޑުޓްރާ ސިލްވާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް 20 ވަނައަށް ސީޑު ކުރެވިފައިވާ ޖޮކޮވިޗް ގެންދިޔައީ 6-3، 6-4 އަދި 6-4 އިންނެވެ. މި މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކުރި ފަހުން ޖޮކޮވިޗްއަށް ގްރޭންޑް ސްލޭމްއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ޒްވަރޭވް ދެވަނަ ބުރުގެ ޖާގައެއް ހޯދީ ލިތުއޭނިއާގެ ރިކާޑަށް ބެރަންކިސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް ޒްވަރޭވް ގެންދިޔައީ 6-1، 6-1 އަދި 6-2 އިންނެވެ.

ހަމައެހެންމެ އަށް ވަނައަށް ސީޑުކުރެވިފައިވާ ބެލްޖިއަމްގެ ޑޭވިޑް ގޮފިން ވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ، އޭނާ ދެވަނަ ބުރަށް ދަތުރުކުރީ ފަހަތުން އަރައި ތިން ސެޓު ދެ ސެޓުން ރޮބިން ހާސް ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 6-4 އަދި 6-4 އިން ހާސް ގެންދިޔަ ނަމަވެސް ގޮފިން ވަނީ ފަހުން ކުޅުނު ތިން ސެޓު 6-4، 6-1 އަދި 6-0 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

އެހެން ނަމަވެސް މި މުބާރާތް 2015 ވަނަ އަހަރު ކާމިޔާބުކުރި ސްވިޓްޒަލޭންޑުގެ ސްޓަން ވަވަރިންކާ ވަނީ ފުރަތަމަ ބުރުން ކަޓާފައެވެ. އޭނާ މުބާރާތުން ކެޓީ ސްޕެއިންގެ ގާސިއާ ލޮޕޭޒް އަތުން ތިން ސެޓު ދެ ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-2 އިން ލޮޕޭޒް ގެންދިޔައިރު ވަވަރިންކާ ވަނީ ފަހުން ކުޅުނު ދެ ސެޓު 6-3 އަދި 6-4 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ލޮޕޭޒް ވަނީ ހަތަރު ވަނަ ސެޓާއި ފަސްވަނަ ސެޓު 7-6 އަދި 6-3 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

މި ކުޅުންތެރިންގެ އިތުރުން ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އަދި ޖަޕާންގެ ކެއި ނިޝިކޯރީ ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް