ޤުރުއާނުގެ ތަފްސީރު ފޮތެއް ދިވެހި ބަހުން ނެރެނީ
29 މެއި 2018 | އަންގާރަ 07:33ޤުރުއާނުގެ ތަފްސީރު ފޮތް ދިވެހި ބަހުން ނެރުމުގެ މަސައްކަތް ކުރަނީ ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމެޓީ އަކުން


އިސްލާމިކް މިނިސްޓަރު ޒިޔާދު...
ކީރިތި ޤުރުއާނުގެ ތަފްސީރު ފޮތެއް ދިވެހި ބަހުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްތަކާބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ، ޤުރުއާނުގެ ތަފްސީރު ފޮތް ދިވެހި ބަހުން ނެރުމުގެ މަސައްކަތް ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމެޓީއަކުން މިހާރު ވެސް ކުރަންމުން އަންނަ ކަމަށެވެ.
އެ ކޮމެޓީގައި އުރުދޫ ބަސް ފަރިތަ ބޭރުގެ ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ޒިޔާދު ވިދާޅުވި އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ ޤުރުއާން ތަފްސީރު ފޮތް ކުރިއަށް އޮތް ތިން މަސް ދުވަހުން ޗާޕުކޮށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފޮތް ހަދާނީ ރައީސް އޮފީހުން ނެރެފައިވާ ޤުރުއާންގެ ރަސްމީ ދިވެހި ތަރުޖަމާ ނަމޫނާއަށް ބަލައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ތަފްސީރަކީ ކީރިތި ޤުރުއާން ވިސްނައިދީ އޭގެ މާނަ ބަޔާންކޮށް، އެއިން ހިކްމަތްތަކާއި ހުކުމްތައް ނެރެދޭ އިލްމަށް ކިޔާ ނަމެކެވެ.







