Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައި ކޯޓް

ވަކި މީހަކު ބުނި ގޮތަށް ހުކުމް ކުރި ފަނޑިޔާރުގެ ނަޒާހަތްތެރިކަން ނުގެއްލޭ: ދައުލަތް

ދެން އޮންނާނީ އެންމެ ފަހު އަޑުއެހުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 27 މެއި 2018 | އާދީއްތަ 12:35
ސިވިލް ކޯޓުގެ ގާޒީ ހަލިީމް:- ވަކި ފަރާތަކުން އަންގައިގެން ހުކުމް ނެރުއްވި ކަމަށް އިއުތިރާފުވެ ބަޔާން ދެއްވި ގާޒީއެއް

ސިވިލް ކޯޓުގެ ގާޒީ ހަލިީމް:- ވަކި ފަރާތަކުން އަންގައިގެން ހުކުމް ނެރުއްވި ކަމަށް އިއުތިރާފުވެ ބަޔާން ދެއްވި ގާޒީއެއް

ވަކި ފަރާތަކުން އަންގައިގެން ހުކުމް ކުރެއްވި ކަމަށް ބުނެ ހެކިބަސްދިން ދަށު ކޯޓުގެ ގާޒީގެ ނަޒާހަތްތެރިކަން ނުގެއްލޭ ކަމަށް ދައުލަތުގެ ވަކީލުން ހައި ކޯޓުގައި ވިދާޅުވެއްޖެއެވެ.

ވަކި ބައެއްގެ ނުފޫޒުން ހުކުމް ކުރެއްވި ގާޒީންގެ ހެކިބަސް ވެސް ގަބޫލު ކުރެއްވޭނެ ކަމަށް ވިދާޅުވެ ދައުލަތުގެ ފަރާތުން، ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވާހަކަފުޅު ދެއްކެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުމުގައެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ކުރިއަށް ގެންދަނީ ވަކި ވަކިންނެވެ. ދަށު ކޯޓުގެ ހުކުމް ބާތިލު ކުރުމަށް އުއްތަމަ ފަނޑިޔާރާއީ އަލީ ހަމީދުގެ ފަރާތްޕުޅުން ވެސް ކޯޓަށް ހުށަހަޅާފައި ވަނީ އެއް ނުކުތާތަކެކެވެ. އެހެން ކަމުން ދައުލަތުން ފަރާތުން ދިން ރައްދުތައް ވެސް ހުރީ ހަމަ އެއް ރައްދުތަކެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ހުށަހެޅުއްވި ނުކުތާތަކުގެ ތެރޭގައި އެ މައްސަލައިގައި ހެކިބަސް ދީފައިވާ އެއް ފަނޑިޔާރަކު އޭނާ، ބައެއް ހުކުމްތައް ކުރީ ވަކި މީހަކު ބުނި ގޮތަށް ކަމަށް ހެކިބަސް ދީފައި ވާތީ އޭނާގެ ކިބައިގައި ހެކިބަސް ދޭ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ހެކިބަސް ދިން އެ ފަނޑިޔާރު ވަނީ ﷲ ގަންދީ ކޮށްގެން ހުރި ފަނޑިޔާރު ކަމުގެ ހުވައާ ހިލާފުވެފައި ކަމަށާއި އޭނާގެ ކިބައިން އަދުލުވެރިކަން ވެސް ގެއްލިފައިވާ ކަމަށް އަބްދުﷲ ސައީދާއި އަލީ ހަމީދު ވަކީލުން ވިދާޅުވި އެވެ. އެހެން ކަމުން އެ މީހުންގެ ހެކިބަސް ގަބޫލުކޮށް ކޮށްފައިވާ ހުކުމް ވެސް ބާތިލުވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ނަމަވެސް އެ ވާހަކަތަކުގެ ރައްދުގައި ދައުލަތުގެ ވަކީލު އަހްމަދު ތައުފީގު ވިދާޅުވީ ހެކިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭ އަސާސީ ޝަރުތު ކަމަށްވާ އަދުލުވެރިކަން އެ ގާޒީގެ ކިބައިން ގެއްލިފައިވާ ކަމަށް އެއްވެސް ކޯޓަކުން ނިންމާފައި ނުވާ ކަމަށެވެ. އަދި ވަކި މީހަކު އަންގައިގެން ބައެއް ހުކުމްތައް ނެރުއްވި ކަމަށް އަމިއްލަ އަށް ވިދާޅުވެ ހެކިބަސް ދިން ގާޒީގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކުރި ނަމަވެސް އެ ގާޒީ ވަކި މައްސަލަތަކެއްގައި ވަކި ގޮތަކަށް ހުކުމް ކޮށްފައި ވަނީ އަމިއްލަ އިހްތިޔާރުގައި ނޫން ކަމަށާއި އެކަން ކުރީ އަދުލު އިންސާފު ގާއިމު ކުރުމުގައި ނުފޫޒާއި ބާރު އޮތް ފަރާތްތަކުގެ ބާރާ ނުފޫޒުން ކަމަށް އެ ގާޒީ ވެސް ގަބޫލުކުރާތީ އޭނާ އަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ނުބެލެވޭނެ ކަމަށެވެ.

ވަކި މީހަކު އަންގައިގެން ވަކި ގޮތަކަށް ހުކުމް ނެރުއްވާފައިވާނެ ކަމަށް ވިދާޅުވީ ދަށު ކޯޓުގެ ފަނޑިޔާރު ވެސް ހިމެނޭ ގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ސިފަތަކުގެ ތެރޭގައި ހިމެނޭ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން އެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައި ނުވާ ކަމަށެވެ.

އަލީ ހަމީދާއި އަބްދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަކީ އެ ބޭފުޅުން ކުރި ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކެއް ނޫން ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ވިދާޅުވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލާގައި ހެކިބަސްދިން ދަށު ކޯޓުގެ ގާޒީނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ނެރުއްވި ކަން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ހުކުމްތަކުން އެނގޭނެ ކަމަށެވެ.

އެގޮތުން ސިއްރުން ހެކިބަސްދިން އެކަކުގެ ހެކި ބަހުގައި އެ ފަރާތުން ރާއްޖެއިން ބޭރުގައި ހުއްޓައި ފަނޑިޔާރު އަލީ ހަމީދު ސީދާ ފޯނުން ގުޅުމުން، ރާއްޖެ އައިސް އަލީ ހަމީދު ބުނި ގޮތައް ވަގުތީ އަމުރެއްގެ މަސައްކަތް ކޮށްފައިވާނެ ކަމަށް ބުނެފައިވާއިރު އެކަން އެގޮތަށް ހިނގާފައިވާކަން ދައުލަތުން ހުށަހެޅި ކިތާބީ ހެކިން ޝަރީއަތައް އެނގިގެންދާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ދެ ހެކިންގެ ވާހަކަތަކަކީ ތެދު ވާހަކަތަކެއްކަން ކަށަވަރު ކުރުމަށް އިތުރު ހެކިން ހުށަހަޅާފައި ނުވާތީ އެ ހެކިބަހުގެ ތެދުކަން ޔަގީން ނުކުރެވޭ ކަމަށް ފާހަގަ ކުރި ނުކުތާއާ އާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލުން ވިދާޅުވީ ހެކިންގެ ގޮތުގައި ހުށަހެޅި ދަށު ކޯޓުގެ ދެ ގާޒީންނާ ނުފޫޒުފޯރުވި ފަނޑިޔާރުން ވާހަކަ ދައްކާފައިވާކަން ހެކިބަހުން އެނގޭތީ އިތުރު ހެއްކެތް ބޭނުން ނުވާ ކަމަށެވެ.

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލު ހުކުމް ބާތިލް ކުރަން ހުށަހަޅާފައިވާ އެ މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑު އެހުމެވެ. މި މައްސަލަ އިސްތިއުނާފުކޮށް ދެ ފަނޑިޔާރުން މައިގަނޑު 15 ނުކުތާއެއް ފާހަގަކޮށްފައިވާއިރު އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ހުރިހާ ނުކުތާތައް ހުށަހަޅައި އަދި ދައުލަތުން ވަނީ ރައްދު ދީފައެވެ. ދެން އޮންނާނީ ދައުލަތުން ދިން ރައްދުތަކާ ގުޅޭ ގޮތުން ދައުވާ ހުށަހެޅުއްވި ފަރާތުން ރައްދު ދިނުމަށް ފުރުސަތު ދިނުމެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ވެސް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް އަދި ނުފަށައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް