Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދެ އެކުވެރިންގެ މަރު

ދެ އެކުވެރިންގެ މަރާއެކު މުޅި ހޮޅުދޫއަށް މޮޅިވެރިކަން!

ހުސްނާ އަކީ ފަސް އަހަރުގެ ކުއްޖެއްގެ މަންމަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 27 މެއި 2018 | އާދީއްތަ 07:19
ހުސްނާ މުހައްމަދާއި އަހުމަދު އަދީލް

ހުސްނާ މުހައްމަދާއި އަހުމަދު އަދީލް

ދެ އެކުވެރިން ދަންވަރު ސައިކަލް ދުއްވާލަން ދިޔަ މަންޒަރު ނ. ހޮޅުދޫ މީހުންނަށް ފެނުނެވެ. މަންޒަރު ދުއް ބައެއް މީހުން ބުނި ގޮތުގައި ސައިކަލް ދުއްވަން އިނީ އެ ރަށު ގުލްދަސްތާގެ އުމުރުން 26 އަހަރުގެ ހުސްނާ މުހައްމަދެވެ. އޭނާގެ ފަހަތުގައި އިނީ އެ ރަށު ދޯންޏެއްގައި މަސައްކަތް ކުރާ ހޮޅުދޫ ވިނަރެސް އުމުރުން 26 އަހަރުގެ އަހުމަދު އަދީލެވެ.

މީހަކާ ވެސް އިނދިގެން އުޅޭ، އަދި ފަސް ވަރަކަށް އަހަރުގެ ދަރިއެއް ވެސް ހުންނަ ހުސްނާއާއެކު އަދީލު ދުއްވާލަން ނުކުމެ އުޅެނިކޮށް މެންދަމު 1:30 ހާއިރު ބަނދަރު ސަރަހައްދުގައި ނުރައްކާތެރި އެ އެކްސިޑެންޓު ހިނގި މަންޒަރު ވެސް އެ ރަށު ބައެއް މީހުންނަށް ފެނުނެވެ.

ހޮޅުދޫގައި ހިނގި އެކްސިޑެންޓް

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ އެ ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ވާޓަރާ ޖެހިގެން ގާ އަތުރައިގެން ހަދާފައި އޮންނަ ތަނުގައި ދުއްވާފައި ދަނިކޮށް ކަހާލައިގެން، ދެ މީހުން އެކުގައި މޫދަށް ވެއްޓިގެން ކަމަށެވެ. ސައިކަލަށް ލިބިފައިވާ ގެއްލުންތަކުން އެނގޭ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.

ހޮޅުދޫގައި ހިނގި އެކްސިޑެންޓް

ތޮށިގަނޑު މަތިން ސައިކަލު ކައްސާލައިގެން ގޮސްފައިވާއިރު، ދެ ޒުވާނުން ސައިކަލާއެކި މޫދަށް ވެއްޓިފައި ވަނީ ވާޓަރުގެ ހުރަސް ތޮށީގައި ސައިކަލް ޖެހިފައިކަން ފެންނަން ހުރި ނިޝާންތަކުން އެނގޭ ކަމަށް ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާދިސާ ހިނގި މަންޒަރު ބައެއް މީހުންނަށް ފެނިގެން ފުލުހުންނާއެކު ގޮސް ދެ މީހުންގެ ހަށިގަނޑު މޫދުން ނެގިއިރު ދެ މީހުންގެ ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. ހުސްނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށާއި އަދީލްގެ ހަށިގަނޑުގައިވެސް ކޮންމެވެސް ވަރަކަށް ޒަހަމްތައް ހުރި ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

ހުސްނާ މުހައްމަދު

އެ ދެ ޒުވާނުންގެ މަރާ ގުޅިގެން އާބާދީގައި 2000 މީހުން ދިރިއުޅެމުންދާ ހޮޅުދޫގެ ރައްޔިތުންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. މުޅި ރަށަށް ވަނީ މޮޅިވެރިކަން ވެރިވެފަ އެވެ.

ހުސްނާ މުހައްމަދު

ރަށު މީހުން ބުނާ ގޮތުގައި އެ ދެ ޒުވާނުންނަކީ ދެ ރަހުމަތްތެރިން ކަމަށާއި ސްކޫލު ދުވަސްވަރުން ފެށިގެންވެސް އެ ދެ ޒުވާނުން އުޅެނީ އެކުގައި ކަމަށެވެ. ރަށުގެ ރައްޔިތުން ހުސްނާ ފާހަގަ ކުރަނީ ރަށުގައި ކުޅޭ ކުޅިވަރުތަކަށް މޮޅު ޒުވާނެއްގެ ގޮތުގަ އެވެ. އެގޮތުން ނެޓްބޯޅަ އާއި ބެޑްމިންޓަނާއި ފުޓްބޯޅަ އާއި ބަށި ފަދަ ކުޅިވަރުތަކުގައި ހުސްނާއަކީ ފާހަގަކޮށްލެވޭ ޒުވާނެކެވެ. އާންމުކޮށް ރަށުގައި ބާއްވާ އެފަދަ ކުޅިވަރު ތަކުގައި ވަރަށް ޖޯޝާ އެކު ބައިވެރިވާ ޒުވާނެވެ. އުރުމުން ފަސް އަހަރުގެ ފިރިހެން ކުއްޖެއްގެ މަންމައެއް ކަމަށްވާ ހުސްނާ ވަނީ ކުޅިވަރުތަކުގައި ކާމިޔާބު ވަނަތަކެއްވެސް ހޯދާފަ އެވެ. އޭނާ އަކީ ރަށުގައި އަބަދުވެސް ކަންކަމުގައި ވަރަށް ހަރަކާތްތެރި ޒުވާނެކެވެ.

އަދީލަކީ އެރަށު އަބްދުލް ލަތީފާއި ޖަމީލާ މޫސާ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އޭނާއަކީ އެއާއިލާގެ ފަސް ވަނަ ކުއްޖާ އެވެ. އިރުފުށި ރިސޯޓްގެ ދޯންޏެއްގެ ކްރޫއަކަށް އުޅޭ އަދީލް އަކީ ވެސް ރަށުގެ ފުޓްބޯޅަ މުބާރާތްތަކުގައި އުޅޭ ޒުވާނެކެވެ. އެހެންވެ، މި ދެ ޒުވާނުންގެ ކުއްލި މަރާއެކު މުޅި ރަށުގައި ވަނީ މޮޅިވެރިކަމުގެ ސާލެއް ލެވިފަ އެވެ.

"މިއީ ރަށުގެ އެންމެންނަން ލިބުނު ހިތާމައެއް. ވަރަށް ބޮޑު ހިތްދަތިކަމެއް މުޅި ރަށުގެ އެންމެންނަށް ވަނީ ކޮށްފައި،" ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަފްރާހް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު