Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އުތުރުު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލައިފި

24 މެއި 2018 | ބުރާސްފަތި 13:56

ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރާ ސައިޓު ނައްތާލުމަށް ހިންގި އޮޕަރޭޝަނުގައި މިނިވަން އިންސްޕެކްޓަރުން އުތުރު ކޮރެއާ އިން ބައިވެރިކޮށްފައެއް ނުވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 މެއި 2018 | ބުރާސްފަތި 13:56
އުތުރު ކޮރެއާ އިން އެގައުމުގެ އަސްކަރީ ބާރުދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން

އުތުރު ކޮރެއާ އިން އެގައުމުގެ އަސްކަރީ ބާރުދައްކާލުމުގެ ހަރަކާތެއްގެ ތެރެއިން

އުތުރުު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަދި މި ޓަނަލްތައް ގޮއްވާލީ ސަރަހައްދީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި ޓަނަލްތައް ގޮއްވާލި ސަރަހައްދުގައި ތިބި ބޭރުގެ ނޫސްވެރިން ވަނީ ބޮޑެތި ގޮވުންތަކެއް ނިއުކްލިއާ ޓެސްޓް ކުރާ ސައިޓުގައި ގޮވިތަން ފެނުނު ކަމަށް ބުނެފައެވެ.

އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓުގެ ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލިއިރު އެގައުމުން މިއަހަރު ބުނެފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާ އާ ދެމެދު ވެވުނު ޑިޕްލޮމެޓިކް އެއްބަސްވުމެއްގެ ދަށުން, އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓު ކުރާ ސައިޓު ނައްތާލާނެ ކަަމަށެވެ. އެހެންނަމަވެސް ސައިންސްވެރިން ބުނާގޮތުން 2017 ގެ ސެޕްޓެމްބަރުގައި އުތުރު ކޮރެއާ އިން ކުރި ނިއުކްލިއަރ ޓެސްޓާ ގުޅިގެން އެ ސައިޓުގެ އެއްބައި ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީބީސީ އިން ބުނާގޮތުން އުތުުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓު ނައްތާލުމަށް ހިންގި އޮޕަރޭޝަނުގައި މިނިވަން އިންސްޕެކްޓަރުން އުތުރު ކޮރެއާ އިން ބައިވެރިކޮށްފައެއް ނުވެއެވެ. އަދި ބައެއް މީހުން ބުނާގޮތުން ސައިޓު ހަލާކުކުރިއަސް ކުރިން ހުރި ހާލަތަށް ސައިޓު ރުޖޫއަ ކުރެވޭނެއެވެ.

ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓްކުރާ ހަމައެކަނި ސައިޓުގެ ޓަނަލްތައް ގޮއްވާލި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަނީ ޖޫން 12 ގައި ސިންގަޕޫރުގައި ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ. އެހެންނަމަވެސް މި ބައްދަލުވުމަށް ހިޔަނި އެޅިފައިވާއިރު، މި ބައްދަލުވުން ފަސްކުރަން ޖެހިދާނެ ކަމަށް ނުވަތަ އެކީ ކެންސަލް ކުރަން ޖެހިދާނެ ކަމަށްވެސް ދެގައުމުން ވަނީ ބުނެފައެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް