Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަހުމަދު މަހްލޫފް

ގާޒީ ބަދަލުކުރަން އެދި ފޮނުވި ސިޓީއާ ގުޅިގެން މަހްލޫފް މައާފަށް އެދެން ޖެހިއްޖެ

24 މެއި 2018 | ބުރާސްފަތި 12:28

އެ ސިޓީ މީޑިއާތަކަށް ދިނިން: މަހްލޫފް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 މެއި 2018 | ބުރާސްފަތި 12:28
މެމްބަރު އަހުމަދު މަހްލޫފް

މެމްބަރު އަހުމަދު މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅޭ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް އެދި އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅި ސިޓީ މީޑިއާތަކާއި ހިއްސާކޮށް، އެސިޓީގައި މަހްލޫފް ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން މައާފަށް އެދެންޖެހިއްޖެ އެވެ.

މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި ގަސްތުގައި މަރަނީ ކަމަށް ވިދާޅުވެ، މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން، ހިނގާފައިނުވާ ކަމެއް ހިނގާފައިވާ ކަމަށްބުނެ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމަށްބުނެ، ދައުލަތުން މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރަމުންދާ ގާޒީ އަލީ އާދަމް ބަދަލުކޮށްދިނުމަށް އެދި މަހްލޫފް ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް އާރިފްއަށް ސިޓީއެއް ފޮނުވާފަ އެވެ.

ނަމަވެސް އެ މައްސަލާގައި ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލްކުރި އަޑުއެހުމަށް މަހްލޫފް ހާޒިރުކުރިއިރުވެސް އެސިޓީގެ ޖަވާބު ލިބިފައިނުވާ ކަމަށް މަހްލޫފް ވަނީ ރާއްޖެއެމްވީއަށް ވިދާޅުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުން ފެށުމާއެކު މަހްލޫފް ވިދާޅުވީ މިމައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން ކޯޓުގައި އެދިފައިވާ ކަމަށެވެ.

މަހްލޫފް އެގޮތަށް ވިދާޅުވުމާއެކު، ގާޒީ އަލީ އާދަމް ވިދާޅުވީ މަހްލޫފް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު މިމައްސަލަ ބަލާ ސެކްޝަނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގައިވާ އެއްޗެއް ނޭނގޭ ކަމަށާއި އެ ސިޓީ ފެނިފައިވެސް ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންނަމަވެސް ގާޒީ ވަނީ ބައެއް މީޑިއާތަކުގައި އެ ސިޓީގައިވާ ވާހަކަތައް ކަމަށް ބުނާ ޚަބަރުތަކެއް އިއްވާފަ އެވެ. އަދި މަހްލޫފް އަރިހުން އެއީ މަހްލޫފް ދީފައިވާ މައުލޫމާތުތޯ އެއްސެވުމުން މަހްލޫފް ވިދާޅުވީ އެ ސިޓީ މީޑީއާތަކަށް ހިއްސާ ކުރެއްވި ކަމަށެވެ.

މަހްލޫފްގެ އެ ސިޓީއާ ހަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކަށް ރިޔާއަޔަތްކޮށް ގާޒީ އަލީ އާދަމް ވިދާޅުވީ އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި ރައްޔިތުންނަށް އޮޅޭގޮތަށް މީޑިއާގައި މައުމޫލާތު ނުފެތުރުމަށް ގާޒީ އެންގެވި އެވެ. އަދި އެއީ ކޯޓާއި ޝަރީއަތުގެ ހުރުމަތް ކެނޑުންކަމަށާއި އަދި ޝަރީއަތަށް ނުފޫޒު ފޮރުވުން ކަމަށެވެ.

މީގެއިތުރުން ގާޒީ ވިދާޅުވީ މަހްލޫފް މިމައްސަލަ ބެލުމުގައި ގާޒީ އަލީ އާދަމްގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށެވެ. މިމައްސަލަ ބައްލަވަނީ އޮންނަ އުސޫލުގެ ތެރެއިން ގާޒީ އާ ހަވާލު ކުރުމުން ކަމަށްވެސް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ. އަދި މަހްލޫފް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން އިސްގާޒީ ގޮތެއް ނިންމަވާ، މައްސަލަ ގާޒީ އަލީ އާދަމްގެ އަތްޕުޅުން ނެންގެވުމަށް ނިންމައިފިނަމަ ވަގުތުން މައްސަލަ ހަވާލުކުރައްވާނެ ކަމަށްވެސް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ޝަރީއަތާއި ކޯޓުގެ ހުރުމަތް ކެނޑުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި މިފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށް މަހްލޫފަށް އިލްތިމާސްކޮށް، އަންގާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އަދި އެކަމަށް މައާފަށް އެދުމަށް ގާޒީ ވިދާޅުވުމުން މަހްލޫފް ވިދާޅުވީ އެ ސިޓީ މީޑިއާއަށް ހިއްސާކުރެވުނީތީ މައާފަށް އެދޭ ކަމަށާއި ނަމަވެސް ހައްގެއް ހޯދުމަށް ހުށަހަޅާފައިވާ އެސިޓީއަކީ މައާފަށް އެދެންޖެހޭ ސަބަބެއް ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

މިމައްސަލާގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން އޮތީ ދައުލަތުން ހުށަހެޅި ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. ނަމަވެސް މަހްލޫފް ވިދާޅުވީ މިމައްސަލާގައި ކުރިއަށް މިދަނީ ގާނޫނީ ވަކީލަކާ ނުލައި ކަމަށާއި މިމައްސަލައިގެ ލިޔެކިޔުންތައް ވީވެސް ކުރިން މިމައްސަލައަށް އައްޔަން ކުރެއްވި ވަކީލުންގެ އަތުގައި ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ލިބިފައިނުވާތީ، އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.

ދައުލަތުން ވެސް އެކަމަށް އިއުތިރާޒު ނުކުރުމުން ގާޒީ އަލީ އާދަމް ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 30 ވަނަ ދުވަހުގެ 11:00ގައި އޮންނާނެ ކަމަށް ވިދާޅުވުމަށްފަހު، ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައްވާފަ އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް