Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުރަސްމީ ގަޑި

މެމްބަރު އަލީ ހުސައިން މަސް މާރުކޭޓްގައި

ހަލާލު ކޮންމެ މަސެއްކަތަކީ އަބުރުވެރި މަސައްްކަތެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 24 މެއި 2018 | ބުރާސްފަތި 02:23
ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސްކަނޑަނީ

ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސްކަނޑަނީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މަސް މާރުކޭޓްގައި މަސްކަޑާ މީހެއްގެ ގޮތުގައި ރާއްޖެޓީވީގެ "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި ވަނީ މަސައްކަތް ކޮށްފައިއެވެ. ޕްރޮގްރާމްގެ ޝޫޓިން ކުރިއަށް ދިޔައިރު އަލީ ހުސެއިން މަސްކަޑަށް ހުރި ފޮޓޯތަކާއި ބައެއް ވީޑިއޯތައް ސޯސަލް މީޑިއާގައި ވަނީ ދައުރުވެސް ވެފައެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަލީ ހުސެއިންނަން އަމާޒުވިއިރު، ތައުރޫފު ވެސް އޮހިގެން ދިޔަ އެވެ. ނުރަސްމީ ގަޑީގައި އަލީ ހުސެއިންނާ ހަވާލުކުރި މަސައްކަތް، ކުރެއްވުމަށް ފަހު އޭނާ ވަނީ ތަޖުރިބާ ހިއްސާކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް މަސްމާރުކޭޓްގައި މަސްކަނޑަށް ޖެހިވަޑައިގަތުމުން ކުރެއްވުނު ތަޖުރިބާ ވެސް ތަފާތު ވާނެއެވެ.

އަލީ ހުސައިން ވިދާޅުވީ އާމްދަނީ ހޯދުމަށް ކުރަން ހަޑި މަސައްކަތެއް ނޯންނާނެ ކަމަށެވެ. ހަލާލު ކޮންމެ މަސައްކަތަކީ ވެސް އަބުރުވެރި މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސްކަނޑަނީ

"މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް، ރަށުތެރޭގައި މަސައްކަތެއް ނެތިގެން ކަމަށް ބުނެ އުޅޭ ޒުވާނުން ހަމަ ކުރަން ރަގަނޅު މަސައްކަތެއް، އަޅުގަނޑުމެނަނަން ފެނުނު ވެމްކޯއިން ވެސް ކުނި އުކާލަން ޒުވާނުންތަކަކަށް ފުރުސަތު ތަކެއް ދިނީމަ، ވަޒީފާއަކާއި އެކީ އެކަށީގެންވާ މުސާރައަކާއި އެކީ ދިނީމަ، ޒުވާނުން މަސައްކަތް ކުރަން ނުކުތް ތަން، އަޅުގަނޑަށް ހީވަނީ މިތަނަން ވެސް (މަސް މާރުކޭޓަށް) އިތުރު އެރޭޖްމެންޓެއް ހަދައިގެން، އަދި އެ ފަރާތުގައި އަށިތަކެއް ހަދާއިގެން ޒުވާނުންނަން ހަމަ މަސްކަނޑަށް، މި ބޭފުޅުންނާއި (މިހާރު މަސްކަޑާ މީހުން) އެކީގައި ޓްރޭނިން ހަދާފަ، މަސްކަނޑަށް ތިބުމަކީ ހަމަ އެކަށީގެންވާ، އާމްދަނީއެއް ލިބޭނެ ކަމެއް، ވަރަށް ރަނގަޅު މަސައްކަތެއް، ރީތި މަސައްކަތެއް އަނެއްކާ ދިވެހިންގެ ދިރިއުޅުމާއި އަޅުގަނޑުމެންގެ ވައްޓަފާޅިއާއި، ގުޅުންހުރި ހަލާލު ރަނގަޅު މަސައްކަތެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ" މަސްކެނޑުމާއި ގުޅޭ ގޮތުން އަލީ ހުސެއިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

މަސް މާރުކޭޓްގައި އަލީ ހުސައިން މަސް ކެނޑުއްވީ ވަރަށް ފަރިތަކޮށެވެ. އޭނާ ބުނި ގޮތުގައި އެއީ އޭނާ ރަށުގައި އުޅުއްވި ދުވަސްވަރުން ފެށިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާއި މިހާރު ވެސް ރަށަށް ވަޑައިގެންފި ނަމަ، މަހަށް ވަޑައިގެން މަސް ކަނޑުއްވާ ކަމަށެވެ.

ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސްކަނޑަނީ

"ބައެއް މީހުންނަން ނޭނގޭ އަޅުގަނޑުކަމެއް މަސްކަނޑަށް ހުރީ، މަހުގެ ދެބައި ކުޅަ އެއްބައި ކަނޑާފަ އަޅުގަނޑު އެއްޗަކޭ ބުނީމަ، ބަލާލަނީ، މޫނަން ބަލާލާފަ ބުނަނީ އަޅުގަނޑަކަށް ނޭނގެއޭ އަސްލު ކާކުކަމެއް، ވަރަށް އާދައިގެ މަސް ކަނޑާ މީހެއް ކަމަށޭ ހީކުރީ މީހުން ބުނީ، ދެން އަޅުގަނޑުކަން އެނގުނީމަ ވަރަށް ހީލާފަ ވާހަކަ ދައްކާލަ ދިޔައީ" އަލީ ހުސެއިން ވިދާޅުވިއެވެ.

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ އާންމުންގެ މެދުގައި މަގްބޫލް ބޭފުޅުންގެ ރަސްމީ ގަޑި ނިމުމުން ނުރަސްމީ ގަޑީގައި ކުރާ ކަންކަން ގެނެސްދޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި މެހުމާންގެ ހަޔާތާ ގުޅޭ ގޮތުން އާއިލާ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެވެ. ނުރަސްމީ ގަޑީގައި ޕްރޮގްރާމްގެ މެހުމާނުންނަށް މަސައްކަތެއް ހަވާލުކުރެއެވެ. އެކަން ވަނީ ޗެލެންޖަކަށެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައި ވެސް ތަފާތު އެކި ފަރާތްތަކުގެ ހަޔާތާ ގުޅޭ ވާހަކަތައް "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި ވަނީ ގެނެސްދީފައެވެ.

"ރަސްމީ ގަޑި" ޕްރޮގްރާމަކީ ބެލުންތެރި މަގްބޫލްކަން ހޯދާފައިވާ ޕްރޮގްރާމެކެވެ. ވޭތެވެދިޔަ ދެ އަހަރުގެ ރަމަޟާން މަހު މި ޕްރޮގްރާމް ގެނެސް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ މެދުގައި މަގްބޫލް އެކި ބޭފުޅުން ވަނީ ތަފަތު މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މާރުކޭޓް ގޮޅިއެއްގައި މަސައްކަތް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ކަންމަތީ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2018

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

08 ޖެނުއަރީ 2018
މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު
21 ޑިސެމްބަރު 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!
10 ޑިސެމްބަރު 2017

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި
15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
21 ސެޕްޓެމްބަރު 2017

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު