Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

ޝެޑިއުލް ކުރެވިފައިވާ ގޮތައް އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ނުކުރެވިދާނެ: ޓްރަމްޕް

23 މެއި 2018 | ބުދަ 13:57

ޖޫން ގައި އުތުރު ކޮރެއާގެ ލީޑަރާއެކު ރައީސް ޓްރަމްޕް ބާއްވަން އޮތް ބައްދަލުވުމަށް ވަނީ ހުރަސްއެޅިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 23 މެއި 2018 | ބުދަ 13:57
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަންނަ ޖޫން މަހު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ފަހަރުގައި ޝެޑިއުލް ކުރެވިފައިވާ ގޮތައް ނުބޭއްވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ވަޑައިގެން އުޅުއްވާ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އާ އެކު ވައިޓް ހައުސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރާއެކު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަށްޓަކައި އުތުރު ކޮރެއާ އިން ކަންކުރަން ޖެހޭ ގޮތްތަކެއް އެބަހުރި ކަމަށާއި، ސަމިޓު ޝެޑިއުލް ކުރެވިފައިވާ ގޮތައް ނުބޭއްވުނަސް، "ފަހުން ބައްދަލުވުން ބޭއްވޭނެ" ކަމަށެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އަންގާރަ ދުވަހު އެމެރިކާ އަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނު އެމެރިކާ އަށް ވަޑައިގެންނެވީ އުތުރު ކޮރެއާގެ ލީޑަރާއެކު ރައީސް ޓްރަމްޕް ޖޫން ގައި ބާއްވާ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް އާއި މަޝްވަރާ ކުރެއްވުމަށް ކަމަށްވެއެވެ. ދާދިފަހުން ދެކުނު ކޮރެއާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރު ވަނީ ބައްދަލު ކުރައްވާފައެވެ.

ޖޫން 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރާއެކު ރައީސް ޓްރަމްޕް ބާއްވަވަން ހަމަޖެހިފައިވާ ބައްދަލުވުމަށް ހުރަސްއެޅިފައިވާއިރު، އުތުރު ކޮރެއާ އިން ބުނެފައި ވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން މުޅިން ހުއްޓާލަން އެމެރިކާއިން ބުނާ ނަމަ، ބައްދަލުވުން ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ.

ރައީސް ޓްރަމްޕް ވައިޓްހައުސްގައި ދެކުނު ކޮރެއާގެ ރައީސް އާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، "އުތުުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލަން ޖެހޭ" ކަމަށެވެ.

އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިއާ ޓެސްޓް ކުރާ ސައިޓު ނައްތާލުމަށް ނިންމާފައިވާއިރު، އުތުުރު ކޮރެއާއިން ވަނީ އެކަން ކުރިއަށްދާއިރު ދެކުނު ކޮރެއާގެ ނޫސްވެރިން ބައިވެރިކުރުމަށްވެސް ނިންމާފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އުތުުރު ކޮރެއާގެ ނިއުކްލިއާ ޓެސްޓްކުރާ ސައިޓު ނައްތާލުމަށް ހަމަޖެހިފައިވާއިރު މިއީ ރައީސް ޓްރަމްޕް އާއި އެކު އުތުރު ކޮރެއާގެ ލީޑަރު ބާއްވާ ބައްދަލުވުމަށް އުތުުރު ކޮރެއާގެ ގުޑްވިލް ޖެސްޗާ އެއްކަމަށް ބުނެވެއެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް