Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މަޖީދު އަވަހާރަވުން

ޑރ. މަޖީދު ވަނީ ގައުމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައި، ހަނދާންތަކެއް ފިލައިގެން ނުދާނެ: ޖޭޕީ

23 މެއި 2018 | ބުދަ 04:52

ރައްޔިތުންނަށް ދީނީ ކަންކަން އޮޅުން ފިލުވައިދީ އުނގަންނައި ދިނުމުގައި ބުރަ މަސައްކަތްފުޅުތަކެއް ކުރެއްވި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 މެއި 2018 | ބުދަ 04:52
ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި

ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ އަބްދުލް މަޖީދު އަބްދުލް ބާރީއަކީ ގައުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ހަނދާންތައް ރާއްޖޭގެ އެއްވެސް ރައްޔިތެއްގެ ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޑރ މަޖީދު އަވަހާރަވުމަ ގުޅިގެން ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޑރ މަޖީދަކީ ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ތެރެއިން ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެވަނައެއް ނުވާފަދަ ދީނީ އިލްމުވެރިއެއް ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އުފެދުނު ކޯލިޝަން ސަރުކާރުގައި ރާއްޖޭގައި ފުރަތަމަ މިނިސްޓަރުކަން ކަމަށް ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓުގައި އަދާލަތު ޕާޓީގެ ފަރާތުން ޑރ. މަޖީދު ހުންނަވައި ކުރެއްވި މަސައްކަތްތަކީ އަގުހުރި މަސައްކަތްތަކެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެ އެވެ.

Advertisement - newsAdvertisement

އެމަނިކުފާނަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކާއި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ އިހްތިރާމާއި ލޯބި ހޯއްދަވައި ރާއްޖޭގެ ފުރަތަމަ ފިގުހު އެކަޑަމީގެ ރައީސްކަން ކުރައްވައި ރައްޔިތުންނަށް ދީނީ ކަންކަން އޮޅުން ފިލުވައިދީ އުނގަންނައި ދިނުމުގައި ބުރަ މަސައްކަތްފުޅުތަކެއް ކުރެއްވި ކަން ޖުމްހޫރީ ޕާޓީން ވަނީ ފާހަގަކުރައްވާފަ އެވެ.

ޑރ. މަޖީދު އަވަހާރަވުމުގެ ފުން ހިތާމައަކީ މުޅި ގައުމާއި ރައްޔިތުންނަށް އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އަދާލަތު ޕާޓީގެ މެންބަރުން ނުހަނު ހިތާމާ ކުރައްވާ ކަމެއް ކަމަށާއި އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުވާ ދަންނަވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް