Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު ފާރިސް މައުމޫން

ކިތަންމެ ދުވަހަކު ޖަލުގައި ބޭއްވިޔަސް ފާރިސް މައުމޫންގެ އަޒުމަށް ބަދަލެއް ނާންނާނެ، އިސްލާހީ މަސައްކަތް ކުރިއަށްގެންދާނެ: ޕާޓީތައް

21 މެއި 2018 | ހޯމަ 03:51

ފާރިސް މައުމޫން ބަންދު ކުރެވުނީ އެއްވެސް އަސާސެއްނެތް، ޙަޤީޤަތެއް ނެތްކަމެއްގެ މައްޗަށް ބިނާކޮށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 21 މެއި 2018 | ހޯމަ 03:51
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން - އޭނާ ހައްޔަރުކޮށްފައިވަނީ ނިމުނު އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން - އޭނާ ހައްޔަރުކޮށްފައިވަނީ ނިމުނު އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު

ކިތަންމެ ދުވަހަކު ޖަލު ބަންދުގައި ބޭއްވިޔަސް، އަދި އިންޞާފުން ބޭރުން ޙުކުމްތަކެއް ކުރިޔަސް، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫންގެ ޢަޒުމަކަށް ކުޑަވެސް ގުޑުމެއް ނާންނާނެކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ،

ފާރިސް މައުމޫން ޙުކުމަކާއި ނުލައި ޖަލު ބަންދުގައި ހުންނަތާ މިމަހުގެ 18 ވަނަ ދުވަހަށް 10 މަސް ދުވަސް ހަމަވުމާއި ގުޅިގެން ޕާޓީތަކުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަޙްމަދު ފާރިސް މައުމޫން ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެގެންގޮސްފައިވަނީ ބައެއް މެންބަރުން ފާހަގަކުރާ ފަދައިން އެއްވެސް އަސްލެއް ނެތް ކަމަކަށް ކަމަށެވެ. އެ މެންބަރަކަށް އަޙްމަދު ފާރިސް މައުމޫން ރިޝްވަތު ދިންކަމަށް ބުނާ މެންބަރު، ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުވެ، ވުޟޫ މަތީގައިހުންނަވައި މާތް ﷲ ގެ ކަލާމްފުޅުގައި އަތްލެއްވުމަފަހު ކުރި ހުވާގެ މަތީގައި ދިން ހެކި ބަހުގައި މުޠްލަޤަށް ބުނެފައިވަނީ، އަޙްމަދު ފާރިސް މައުމޫން އޭނާއަށް އެއްވެސް ރިޝްވަތެއް ދީފައިނުވާކަންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement
"އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހެޅުމަށް ތައްޔާރު ކުރެވުނު ޕެޓިޝަންގައި ސޮއިކުރީ އަމިއްލައަށް ފެނިގެން ކަންކަން އިޞްލާޙުކުރުމަށްޓަކައި ކަމުގައެވެ. މައްސަލަ ސާބިތުވާނެ އިތުރު އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް، ދެންވެސް އަޙްމަދު ފާރިސް މައުމޫން ހުންނަންޖެހިފައިވަނީ ޖަލު ބަންދުގައެވެ."

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން (އަތުން ހަނާ އަޅަނީ) - އޭނާ ހައްޔަރުކޮށްފައިވަނީ ނިމުނު އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު -- ފޮޓޯ: ރާއްޖެ.އެމްވީ

އެއާއެކު ފާރިސް މައުމޫން ބަންދު ކުރެވުނީ އެއްވެސް އަސާސެއްނެތް، ޙަޤީޤަތެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ކަން ހާމަވާ ކަމަށް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރެވުނު ތަޙްޤީޤުގައި، ތަޙްޤީޤުކުރި ފަރާތްތަކުން ދޮގު ހެކި އުފައްދާފައިވާކަމާއި، ދޮގު ބަޔާންތައް ތައްޔާރުކޮށްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ. އެހެން ކަމުން މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް އިސާހިތަކު ގެނެވޭނެކަމާމެދު ޝައްކެއް ނެތްކަމަށްވެސް ޕާޓީތަކުގެ ބުންޏެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު އަޙްމަދު ފާރިސް މައުމޫން ފަށާފައިވާ އިޞްލާޙީ މަސައްކަތަކީ އެގޮތަށް ޖަލު ބަންދުގައި އަޙްމަދު ފާރިސް މައުމޫނާއި އެހެނިހެން ސިޔާސީ ހައްޔަރީން ބޭއްތިއްބުމުން ނިމިގެންދާނޭ ކަމެއް ނޫންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ މިހާރުވެސް ޖަލުތަކުގައި ހުކުމަކާއި ނުލައި ފަސް އަހަރު ހޭދަކުރަމުންދާ މީހުންވެސް ތިބިކަމީ ކަމާބެހޭ މުއައްސަސާތަކުން ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއްކަމަށެވެ. ޤައުމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ޖަލަކަށް ނުލެވޭނެކަމަށާއި، އެ މަސައްކަތުގައި އަބަދުވެސް ދިވެހި ލޭ ހިނގާ ދަރިންތަކެއް ޤުރުބާންވަމުންދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"މިއަދު އަޙްމަދު ފާރިސް މައުމޫންއެވެ. މާދަމާ އެހެން ދިވެހި ދަރިޔެކެވެ."

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން -- ފޮޓޯ: ރާއްޖެ.އެމްވީ

މިއަދު ފެނިގެން ދަނީ، މުޅި ދިވެހި ދައުލަތުގެ ހުރިހާ ބާރުތަކެއް ވަކި ފަރާތަކުން މުށުތެރެއަށް ލައިގެން މުޅި ޤައުމު ސުންނާފަތިކުރަމުންދާ މަންޒަރުކަން ފާހަގަކޮށް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ ޤައުމުގެ އެންމެ މުހިއްމު ބާރު ކަމުގައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު އޮތީ ކަސްތޮޅު އަޅުވާފައިކަމަށެވެ. އަދި އިންޞާފުވެރި ޙުކުމެއް ކުރާ ފަނޑިޔާރަކު ޖެހެނީ ޙުކުމަށްފަހު ޖަލަށް ވަންނަން ކަމަށާއި، އެންމެ މަތީ ކޯޓުގެ ޙުކުމް ތަންފީޛު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުންވެސް ކުރިމަތިލާންޖެހުނީ ޖަލުގެ ތޭރިތަކާކަމަށް ޕާޓީތަކުން ބުނެ އެވެ.

"ނަމަވެސް، މިއަދުވެސް އެ ޙުކުމަކީ ދިރިދިރި އަދި ހިނގަހިނގާ އޮތް ޙުކުމެއްކަން މިޤައުމުގެ އެންމެން ޤަބޫލުކުރެއެވެ. ބައިނަލްއަޤްވާމީ މުޖުތަމައު އެކަން ވަރަށް ގާތުން ބަލަމުން ގެންދެއެވެ."

ގުޅިފައިވާ ޕާޓީތަކުން ބުނީ، ދިވެހި ރައްޔިތުން އަޅުވެތިކަމުން ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގެންދާނެ ކަމަށެވެ. އަދި އަޙްމަދު ފާރީސް މައުމޫނަށާއި، އެހެން ސިޔާސީ ހައްޔަރީންނަށް ކުރާ އަނިޔާ ހުއްޓާލާ، އަޙްމަދު ފާރިސް މައުމޫނާއި ހުރިހާ ސިޔާސީ ހައްޔަރީން މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް ޕާޓީތަކުން ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް