Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު 2018

ދުމަށިމަތިން ރަހަބަލައިގެން މަސްވެރިންގެ މެނިފެސްޓޯ ލިޔާނީ ޖަޒީރާ ރައީސް: އަލީ ނިޒާރު

18 މެއި 2018 | ހުކުރު 19:31

ރައްޔިތުންނާއި ހަމައަށް ގޮސްގެން ނޫނީ ރައްޔިތުންގެ ހާލަތު ނޭނގޭނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 މެއި 2018 | ހުކުރު 19:31
ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ނިޒާރު ވާހަކަފުޅު ދައްކަވަނީ

ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ނިޒާރު ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންނާއި ހަމައަށް ވަޑައިގެން، ރައްޔިތު މީހާ ކުރަން އިންނަ މަސައްކަތުގެ ތެރެއަށް ވަދެވަޑައިގެން، ރައްޔިތުންގެ ހާލު ބަލައިގެން، މެނިފެސްޓޯ ލިޔެވޭނެ ހަމައެކަނި ފަރާތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރަގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޖަޒީރާ ރައީސްގެ ނަމުގައި ރައީސް ނަޝީދު ފައްޓަވާފައިވާ ކެމްޕެއިންގެ ތެރެއިން ބ. އަތޮޅު ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ، ރައްޔިތުންނާއި ހަމައަށް ގޮސްގެން ނޫނީ ރައްޔިތުންގެ ހާލަތު ނޭނގޭނެ ކަމަށެވެ. އޭގެ މިސާލެއް ވިދާޅުވަމުން ނިޒާރު ވިދާޅުވީ ދުމަށިމަތިން ރަހަ ބަލައިގެން ނޫނީ މަސްވެރިންގެ މެނިފެސްޓޯއެއް ނުލިޔެވޭނެ ކަމަށާއި، އެކަން ކުރެއްވޭނެ ކެނޑިޑޭޓެއްގެ ގޮތުގައި ފެންނަނީ ރައީސް ނަޝީދު ކަމަށެވެ.

Advertisement - newsAdvertisement
"ޖަޒީރާތަކުގަ މިތިބަ ރައްޔިތުން، މި ރަށްރަށުގަ މިތިބަ ރައްޔިތުންގެ ވިސްނުމާއެކު ނޫން ގޮތަކަށް މިކަން ނުކުރެވޭނެ. ދުމަށިމަތިން ރަހަބަލައިގެން، މަސް ކައްކަން އިންނަ މީހާ މަސްކައްކަން އިންނަ އިރު، މަސް ނަގައިގެން އެ ރަހަ ބަލައިގެން ނޫން ގޮތަކަށް މަސްވެރިޔާގެ މެނިފެސްޓޯއެއް ނުލިޔެވޭނެ. ރައީސް ޔާމީނަކީ އެ ކޮލިޓީއެއް ހުންނެވި ބޭފުޅެއް ނޫން. އަނބިކަމަނާ ނެރެގެން ކުރާ ކެމްޕޭނަކުން ވޯޓުދޭނެ ރައްޔިތުނެއް މިރާއްޖެއަކު ނެތް" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ޖަޒީރާ ވަންތަކަމާއި އެކު މެނުވީ ދިވެހިންނަށް ނޫޅެވޭނެ ކަމަށާއި، ގްރޭޓަރ މާލެ ސަރަޙައްދަށް ބަރޯސާ ވުމުގެ ބަދަލުގައި ރާއްޖޭގެ ރަށްތަކުގައި ރައްޔިތުން އުޅެން ޖެހޭ ކަމަށެވެ. ރައީސް ނަޝީދުއަށްވުރެ ރައްޔިތުންގެ ފިކުރުގައި މަސައްކަތް ކުރާ ވެރިއަކު މި ރާއްޖެއިން ނުފެންނާނެކަން ފާހަގަކުރައްވަމުން ނިޒާރު އިތުރަށް ވިދާޅުވީ، މި ރާއްޖެއަށް ބޭނުންވަނީ ޖަޒީރާ ވިސްނުމުގެ ފަލްސަފާއަށް ވެރިކަން ކުރުމުގެ ފިކުރު ކަމަށާއި، އެ ފިކުރު ގެންގުޅުއްވަނީ ރައީސް ނަޝީދު ކަމަށެވެ.

ނިޒާރު ވަނީ ޖަޒީރާވަންތަ ނިޒާމެއްގެ ބައެއް ސިފަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެފަދަ ނިޒާމެއްގައި އަތޮޅުގައި އޮންނަ ރިސޯޓްތަކުން ލިބޭ ފައިދާގެ އިންސައްތައެއް އަތޮޅުގެ ރަށްތަކަށް ލިބެން ޖެހޭނެ ކަމަށާއި، ރިސޯޓުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރެވެންވާނީ އަތޮޅުގެ ރައްޔިތުންނަށް އެ ޚިދުމަތް ލިބިގެންކަން ނިޒާރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރައްޔިތުންނަށް ޚިދުމަތް ލިބޭ ލިބުން ތަފާތު އިތުރު ހުރިހާ ރައްޔިތުންގެ އަތުން އެއް މިންވަރަކަށް ޓެކްސް ނެގުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަންވެސް ނިޒާރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ ބައެއް ހިސާބުތަކަކީ ޓެކްސް ފްރީ ޒޯންތަކެއް ކަމުގައި ކަނޑައަޅަން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، ނިޒާރުގެ ވާހަކަފުޅުގައި އިސްލާޙީ މަސައްކަތުގައި އެމަނިކުފާނު ތަޙައްމަލް ކުރައްވަން ޖެހިވަޑައިގަތް ގިނަ އަނިޔާތަކުގެ ވާހަކަ ފާހަގަކުރައްވައި، މިއަދު އެ ޤުރުބާނީ މަތިން ހަނދާން ނައްތާލައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ބޭނުންވާ ގޮތަށް ވަރިހަމަ ވެފައި ތިބެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ވަރިހަމަ ވާންވީތޯ އަލުގަނޑުމެންނަށް. މިކަން ވަރިހަމަ ވާންވީތޯ އެމްޑީޕީއާ އަދި މިރާއްޖޭގާ ހެޔޮވެރިކަމާ އިންސާފަށް ލޯބިކުރާ މީހުންނަށް މިކަން ވަރިހަމަ އެބަ ވޭތޯ. ވަރިހަމަވާންވީތޯ. ރައީސް ޔާމީނު ބުނީމާ، ރައީސް ޔާމީނުގެ ބައިވެރިން ބުނީމާ، އެ ޣައްދާރު، އެ އަނިޔާވެރި އުސޫލަށް ތަބާވާ މީހުން ބުނީމާ އަޅުގަނޑުމެން މިކަން މީ ނުވާކަމަކަށް ހަދައިގެން އަޅާނުލާ ރައީސް ނަޝީދު ދޫކޮށްލަންވީތޯ. ނުކުރެވޭނެ އެކަމެއް. އަޅުގަނޑުމެން މި ކުރާ މަސައްކަތް އަޅުގަނޑުމެން ނުހުއްޓާނަމޭ، ރައީސް ނަޝީދަކީ އެމްޑީޕީގެ ކެނޑިޑޭޓޭ. އަޅުގަނޑުމެން ބޭނުންވަނީ އެމްޑީޕީގެ ރައީސަކަށް ރައީސް ނަޝީދު ގެންނަންށޭ، މި ކުރެވޭ މަސައްކަތަކީ އެއީ. މި ރާއްޖެއަކުން ނުފެންނާނެ ރައީސް ނަޝީދުހާ ބޮޑަކަށް ރައްޔިތުންގެ ފިކުރުގާ މަސައްކަތް ކުރާނެ އެހެން ވެރިއެއް، ނެތް ފެންނާކަށް. އަޅުގަނޑުމެންނަކަށް ނުފެނޭ. އެމްޑީޕީ އެތެރެއަކުންވެސް އަޅުގަނޑުމެންނަށް ފެންނާކަށެއް ނެތް"، ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ބާރަށް ކުރިއަށްދާއިރު، މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މޭމަހުގެ 30 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2017

ޕީޕީއެމްގެ މެނިފެސްޓޯގައި އޮތް އެއްޗެއް ރައީސް ޔާމީނަކަށް އެނގިއެއްނުލައްވާ: ސައުދު

17 ނޮވެމްބަރު 2017
ޕީޕީއެމްގެ މެނިފެސްޓޯގައި އޮތް އެއްޗެއް ރައީސް ޔާމީނަކަށް އެނގިއެއްނުލައްވާ: ސައުދު
12 ނޮވެމްބަރު 2017

މި ސަރުކާރުން މަސްވެރިންގެ ދަތިތައް ފިލުވައެއް ނުދޭ، މަސްވެރިންނާމެދު ވަނީ އިހްމާލުވެފައި:ސައުދު

12 ނޮވެމްބަރު 2017
މި ސަރުކާރުން މަސްވެރިންގެ ދަތިތައް ފިލުވައެއް ނުދޭ، މަސްވެރިންނާމެދު ވަނީ އިހްމާލުވެފައި:ސައުދު
25 އޮކްޓޯބަރު 2017

މިއަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރަނީ

25 އޮކްޓޯބަރު 2017
މިއަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރަނީ
22 އޮކްޓޯބަރު 2017

ޕީޕީއެމް މެނިފެސްޓޯ ފުރިހަމަކޮށް ނިންމާ އޭގެ ދެގުނަ މަސައްކަތް ކޮށްފިން:ފަލާހް

22 އޮކްޓޯބަރު 2017
ޕީޕީއެމް މެނިފެސްޓޯ ފުރިހަމަކޮށް ނިންމާ އޭގެ ދެގުނަ މަސައްކަތް ކޮށްފިން:ފަލާހް
16 އޯގަސްޓު 2017

މަސްވެރިންގެ ކަންބޮޑުވުންތަށް ސިޓީ ކައުންސިލާ ހިއްސާ ކޮށްފި

16 އޯގަސްޓު 2017
މަސްވެރިންގެ ކަންބޮޑުވުންތަށް ސިޓީ ކައުންސިލާ ހިއްސާ ކޮށްފި
09 އޯގަސްޓު 2017

ވެރިކަމަށް ވަޑައިގެންނެވި މެނިފެސްޓޯގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު މިސަރުކާރަށް ނެތް: މަލީހު

09 އޯގަސްޓު 2017
ވެރިކަމަށް ވަޑައިގެންނެވި މެނިފެސްޓޯގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތު މިސަރުކާރަށް ނެތް: މަލީހު
02 ޖުލައި 2017

މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

02 ޖުލައި 2017
މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
26 ޖޫން 2017

އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާނެ ދެ ކަމެއް ރައީސް ނަޝީދު ހާމަކުރައްވައިފި

26 ޖޫން 2017
އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާނެ ދެ ކަމެއް ރައީސް ނަޝީދު ހާމަކުރައްވައިފި
25 ޖޫން 2017

2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް

25 ޖޫން 2017
2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް
19 ޖޫން 2017

އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު

19 ޖޫން 2017
އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް