Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

ޖަލަށް ލާން ޖެހެނީ ޖަލު ހުރީތީ ކަމަށް ބުނާނީ މަޤާމަށް ކުފޫ ހަމަނުވާތީ: ނަޒީރު

18 މެއި 2018 | ހުކުރު 14:15

އިޖުރާތްތަކުގެ ބޭރުން މީހުން ޖަލަށް ލުމަކީ ޤާނޫނު އަސާސީއަށް ގޮންޖެހުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 މެއި 2018 | ހުކުރު 14:15
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު

އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު

ޖަލެއް ހުރީތީ ރައްޔިތުން ޖަލަށް ލާން ޖެހޭ ކަމަށް ދެކޭ މީހަކު ދިވެހި ދައުލަތުގެ އިސް މަޤާމެއްގައި ހުރިނަމަ، އެމީހަކު އެ ގޮންޖަހަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު ވިދާޅުވީ، ޖަލެއް ހުރީތީ މީހުން ޖަލަށް ލާން ނުޖެހޭ ކަމަށާއި، އެގޮތަށް އެކަން ކުރަން ޖެހޭ ކަމަށް ދެކޭ މީހަކު ދިވެހި ދައުލަތުގެ އިސް މަޤާމެއްގައި ހުރުމަށް ކުފޫ ހަމަނުވާ ކަމަށެވެ.

Advertisement - newsAdvertisement
"ދިވެހިރާއްޖޭގެ ރަށެއްގަ، ދިވެހިރާއްޖޭގެ ޤާނޫނީ ސަރަޙައްދު ތެރޭގަ ޖަލެއް ހެދިފަ ހުރުމަކީ އަދި މީހަކު ޖަލަށް ލާންޖެހޭ ސަބަބެއް ނޫން. ޖަލަށް މީހަކު ލާ ބަންދު ކުރަންޖެހެނީ ޤާނޫނީ އިޖުރާޢަތްތަކެއް ފުރިހަމަވެގެން، ޤާނޫނީ ގޮތުން އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވެގެން. އެނޫން ގޮތަކަށް މީހަކު ޖަލަށް ލުމަކީ އެއީކީ ކުރެވިގެންވާނެ ކަމެއް ނޫން. އެގޮތަށް ދެކޭ ފަރާތެއް ދިވެހިރާއްޖޭގެ ދައުލަތުގެ އިސް މަޤާމެއްގެ ހުރިކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން މި ދެކެނީ އެއީ ޤާނޫނު އަސަސީއަށް ގޮންޖަހާ ފަރާތެއް ކަމުގަ. އެފަރާތެއް އެ މަޤާމުގަ ދެމިހުރުމަށް ކުފޫ ހަމަނުވާކަމަށް"، ނަޒީރު ވިދާޅުވިއެވެ.

ނަޒީރު މިފަދައިން ވިދާޅުވިއިރު، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ މީހުން ޖަލަށް ލަނީ ޖަލު އިމާރާތް ކުރެވިފައި ހުރުމުން ކަމަށް ވިދާޅުވެ ޖަލުގައި ތިބި ފަރާތްތަކަށް ހަޖޫ ޖައްސަވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި، ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީތަކުން ވަކިވަކިން ކުރަމުންދާ މަސައްކަތަކީ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރުމަށް ފަހިކުރުމަށް ކުރާ މަސައްކަތް ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒީރު ވަނީ ސިޔާސީ އެކިއެކި ބޭނުމަށް ހައްޔަރުކޮށްފައި ތިބި ފަރާތްތައް މިނިވަންކުރުމަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް