Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާގެ މައްސަލަ

ނިއުކްލިއަރ ހަތިޔާރުތައް ދޫކޮށްނުލައިފިނަމަ އުތުރު ކޮރެއާގެ ވެރިކަން ވައްޓާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި!

18 މެއި 2018 | ހުކުރު 05:55

އުތުރު ކޮރެއާއިން ވަނީ މަޝްވަރާތައް ކުރިއަށް ނުގޮސްފާނެކަމުގެ އިންޒާރު ދެއްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 މެއި 2018 | ހުކުރު 05:55
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)

އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރުތައް ދޫކޮށްލަން އެއްބަސް ނުވެއްޖެނަމަ އެޤައުމުގެ ލީޑަރ ކިމް ޖޮން އުންގެ ވެރިކަން ވައްޓާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ ނިއުކްލިއަރ ހަތިޔާރުތައް ދޫކޮށްނުލައިފިނަމަ ލީބިޔާގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީ ނިމިގެން ދިޔަ ގޮތަށް ކިމް ނިމިގެންދާނެކަމަށެވެ.

އެމެރިކާއިން އުތުރު ކޮރެއާއަށް ބަހުގެ ހަމަލާތައް ދީފައި މިވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދެމެދު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައި ވާހަކަތައް ބޮއިކޮޓްކޮށްފާނެކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދިނުމާއި ވިދިގެންނެވެ. އުތުރު ކޮރެއާއިން ބުނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހުއްޓާލަން އެމެރިކާއިން ޑިމާންޑްކުރާނަމަ ވާހަކަތަކަށް ނުދާނެކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މަޝްވަރާތަކަށް ކިމް ވަޑައިގެން، އެމެރިކާ ބޭނުންވާ ގޮތަށް މަޝްވަރާތައް ހިނގައްޖެނަމަ ކިމް އަށް އިތުރު ބާރުތަކާއިއެކު ވެރިކަމައި ހުންނެވޭނެކަމަށާއި، އުތުރު ކޮރެއާ އިތުރަށް މުއްސަނދިވާނެކަމަށެވެ. އަދި 'ޑީލަކަށް' ނުދެވިއްޖެނަމަ ލީބިޔާއަށް ޖެހުނު ޙާލު އުތުރު ކޮރެއާއަށް ޖެހޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.

އުތުރު ކޮރެއާއަށް އެމެރިކާއިން ހުށަހެޅި ޒާތުގެ ޑީލެއް 2003 ވަނަ އަހަރު ލީބިޔާގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީއަށް އެމެރިކާއިން ހުށަހެޅިއެވެ. އެގޮތުން އެޤައުމުގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުމުގެ ބަދަލެއްގެ ގޮތުގައި އެޤައުމާއި ދޭތެރޭ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ހުށަހެޅިއެވެ. އެހެން ނަމަވެސް 2011 ވަނަ އަހަރު ނޭޓޯ ސިފައިން ލީބިޔާގެ ދާޚިލީ ހަނގުރާމަައިގެ ތެރެއަށް ވަދެ، ޣައްޒާފީ އަވަހާރަކޮށްލީ އެވެ.

ލީބިޔާ އާއި މެދު ކަންތައް ކުރި ގޮތަށް އެމެރިކާއިން އުތުރު ކޮރެއާއާއި މެދު އަމަލުކޮށްފާނެކަމުގެ އިޝާރާތެއް ދެއްވީ ދާދި ފަހުން ޓްރަމްޕްގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރުކަމަށް އައްޔަން ކުރެއްވި ޖޯން ބޯލްޓަންއެވެ. ބޯލްޓަންއަކީ އަބަދުވެސް ހަނގުރާމައަށް ދިޔުމަށް ވަކާލާތު ކުރައްވާ ބޭފުޅެވެ.

އެހެން ނަމަވެސް ޓްރަމްޕް ވިދާޅުވީ ލީބިޔާއަށް ހެދި ގޮތަށް އުުތުރު ކޮރެއާއަށް ހަދާނީ އިތުރު އެހެން އެއްވެސް ގޮތެއް ނެތް ހާލަތެއްގައިކަމަށެވެ.

ދެޤައުމުގެ މެދުގައި ބަހުގެ ޙަމަލާތައް ބަދަލުކުރަމުން ދިޔަނަމަވެސް އަންނަ މަހު ބާއްވާ ވާހަކަތަކަށް އުތުރު ކޮރެއާއާއި އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކެއްގެ ސަބަބުން ދެކުނު ކޮރެއާއާއި އެކު ބާއްވަން އޮތް ބައްދަލުވުމެއް މިހަފްތާގައި އުތުރު ކޮރެއާއިން ވަނީ ކެންސަލްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް