އެމްއޭސީއެލުން މުވައްޒަފުން ވަކި ކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
16 މެއި 2018 | ބުދަ 10:23އެމްއޭސީއެލް އިން 75 މުވައްޒަފުން ވަކި ކުރަން ނިންމާފައެއް ނުވޭ


އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ -- ފޮޓޯ : މުހައްމަދު ޝަރުހާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެކުންފުނިން ދޮގުކޮށްފި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އާދިލް މޫސާ ބައެއް މީޑިއާ ތަކަށް ވިދާޅުވީ އެއެކުންފުނީގެ ވަޒީފާގައި ތިބި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން ނިންމާފައި ނުވާ ކަމަށާއި، ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ދެކޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ނިމުމުން އިތުރު މުއައްޒަފުން ބޭނުންވާނެ ވެސް އާދިލް ވަނީ ވިދާޅުވެފައެވެ.
އާދިލް މިހެން ވިދާޅުވެފައިވާއިރު އެމްއޭސީއެލް އިން 75 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ނޯޓިސް ހަވާލު ކުރަމުންދާ ކަމަށް ވިދާޅުވެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.











