Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ރޯދަ އާއި ސިއްހަތު

ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރެވިދާނެ 9 ކަމެއް

ރޯދަ މަހަށް ކުރިއާލާ ތައްޔާރުވުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 07:59
މިދިޔަ އަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ މިސްކިތެއްގައި ރޯދަ ވީއްލުމަށް ތައްޔާރުކޮށްފައި

މިދިޔަ އަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ މިސްކިތެއްގައި ރޯދަ ވީއްލުމަށް ތައްޔާރުކޮށްފައި

ރަމަޟާން މަހަށް ހަށިގަނޑު ތައްޔާރު ކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ކުއްލިއަކަށް ކެޔުމަށް ބޮޑު ބަދަލެއް ގެނައުމުގެ ބަދަލުގައި ދުރާލައި ރާވާލައިގެން ރަމަޟާން މަހަށް ތައްޔާރުވުމުން، ކުރިމަތިވާ އުނދަގޫތައް ކުޑަ ކުރެވިދާނެ އެވެ. އެގޮތުން ހަށިގަނޑު ތައްޔާރުކުރުމުގައި ބަލަންޖެހޭ 09 ކަމަކަށް ބަލައިލާނަމެވެ.

  1. ކެޔުމުގެ މިންވަރު: ކެޔުމުގައި އާންމުކޮށް ކާ މިންވަރަށްވުރެ މަދުން ކެޔުން މުހިއްމެވެ. ރަމަޟާން މަސް އައުމުގެ ކުރިން މިގޮތަށް ކެޔުން މަދުކޮށްފި ކަމުގައިވާ ނަމަ، ނުކައި ގިނަ އިރު ހުރުމަށް ހަށިގަނޑަށް ފަސޭހަ ވެގެންދެ އެވެ.
  2. ހެނދުނުގެ ނާސްތާ އަވަސް ކުރުން: ރަމަޟާން މަހުގައި އިރު އެރުމުގެ ކުރިން ހާރު ކާންޖެހޭ އިރު ހާރު ކެޔުން ދޫކޮށް ނުލުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ވީހާވެސް އަވަށް ހެނދުނުގެ ނާސްތާ ނެގުން އާދަކުރުމުން، ހާރު ކެޔުމުގެ ވަގުތަށް ހަށިގަނޑު ތައްޔާރުކޮށްދޭނެ އެވެ.
  3. ތިން އިރު ރަގަޅަށް ކެޔުން: ރަމަޟާން މަސް އައުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ކާން ޖެހޭ ވަގުތުތަކުގައި ރަގަޅަށް ކާން އާދަކުރަންޖެހެ އެވެ. އަދި ހެނދުނު ސަޔާއި މެންދުރު ކެޔުމާއި ރޭގަނޑުގެ ކެޔުން ނޫން އިތުރު ވަގުތުތަކުގައި ހެދިކާއާއި އެހެން ކެޔުންތައް ކެޔުން ހުއްޓާލަންޖެހެ އެވެ.
  4. ކޮފީ ބުއިން މަދު ކުރުން: އާންމުކޮށް ކޮންމެ ދުވަހަކު ކޮފީ ބުއިމުގެ އާދަ ހުންނަ މީހުންވެސް ރަމަޟާން މަސް ކައިރިވުމުން ކޮފީ ބޭނުން ކުރާ މިންވަރު މަދު ކުރަންޖެހެ އެވެ. އެހެން ނޫން ނަމަ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ތަކުގައި ބޮލުގައި ރިހުން ފަދަ ކަންކަން ކުރިމަތިވެދާނެ އެވެ. ކޮފީ ބުއިން މަދު ކުރުމުގެ ސަބަބުން ހަށިގަނޑުން ކެފެއިންގެ މާއްދާ ރަމަޟާން މަހުގައި މަދު ކުރެވޭނެ އެވެ.
  5. ދުންފަތުގެ އިސްތިއުމާލު ކުރުން މަދު ކުރުން: ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ރަމަޟާން މަސް ކައިރިވުމުން ސިނގިރޭޓް ބޯ މިންވަރު މަދު ކުރަންޖެހެ އެވެ. އެހެން ނޫން ކަމުގައިވަނީ ނަމަ ރުޅި ގަދަވުމާއި ވަރުބަލިވުންފަދަ ކަންކަން އިހްސާސްކުރެވޭނެ އެވެ. އެހެން ކަމުން ރަމަޟާން މަސް އައުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އަމަލުތައް މަދު ކުރަންޖެހެ އެވެ. ރަމަޟާން މަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށްވެސް އެންމެ ފަސޭހަ ދުވަސްވެރެވެ.
  6. ސުންނަތް ރޯދަ ހިފުން އިތުރު ކުރުން: ރަމަޟާން މަހަށް ހަށިގަނޑު ތައްޔާރު ކުރުމަށްޓަކާއި ރަމަޟާން މަސް ކައިރިވުމުން ސުންނަތް ރޯދަ ހިފަން ފެށުމުން ރޯދައަށް ހުރުމަށް ހަށިގަނޑު ތައްޔާރުކޮށްދެ އެވެ.
  7. ރަގަޅަށް ނިދުން: ނިދުމުގައި ވަކި އާދަތަކެއްގައި ހިފަހައްޓަންޖެހެ އެވެ. ރަމަޟާން މަހުގައި ހާރު ކެޔުމަށް ތެދުވަންޖެހޭ އިރު ރޭގަނޑު ނިދުމަށްފަހު އަވަހަށް ހޭލުމުގެ އާދައެއް ގެންގުޅުން މުހިންމެވެ .
  8. ރަމަޟާން މަހުގައި އާންމުކޮށް ކާ ތަކެއްޗަށް ހަށިގަނޑު ހޭނުން: ރަމަޟާން މަހުގައި ކެޔުމަށް ބޮޑު ބަދަލެއް އަންނަ އިރު، ކާތަކެތިވެސް އާންމުގޮތެއްގައި ބަދަލުވެ އެވެ. އެހެން ކަމުން ރަމަޟާން މަސް ފެށުމުގެ ކުރިން އާންމުކޮށް ރަމަޟާން މަހުގައި ކާ ތަކެއްޗަށް ހަށިގަނޑު ހޭނުން މުހިއްމެވެ.
  9. ބޮޑީ ޗެކްއަޕްއެއް ހެދުން: ރަމަޟާން މަހު ރޯދައަށް ހުރުމުގެ ގާބިލްކަން ހަށިގަނޑުގައި ހުރިކަން ބެލުމަށްޓަކާއި ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހެ އެވެ. ހާއްސަކޮށް ހަކުރު ބައްޔާއި ބަލަޑް ޕްރެޝާގެ މައްސަލަތައް ދިމާވާ ފަރާތްތަކުން ރަމަޟާން މަސް އައުމުގެ ކުރިން ޑޮކްޓަރަށް ދައްކާލާ ބޮޑީ ޗެކްއަޕްއެއް ހެދުން މުހިއްމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ

އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ

08 އޯގަސްޓު 2025
ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

07 ޖެނުއަރީ 2019
ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

06 ޖޫން 2018
ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

10 ފެބުރުއަރީ 2018
އިންސާނުންގެ އެހީތެރިކަމެއް ނެތި ރޮބޮޓެއް އިންސާނެއްގެ ދަތުގެ ފުރަތަމަ ސާޖަރީ ހަދައިފި

އިންސާނުންގެ އެހީތެރިކަމެއް ނެތި ރޮބޮޓެއް އިންސާނެއްގެ ދަތުގެ ފުރަތަމަ ސާޖަރީ ހަދައިފި

24 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު