Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

އުއްތަމަ ފަނޑިޔާރަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައި، ޝަރީއަތް ފަށަން ތައްޔާރުވެއްޖެ

13 މެއި 2018 | އާދީއްތަ 12:53

ޝަރީއަތުގެ ކުރިން ދައުލަތުން ތިން ކަމެއް ހުށަހެޅުއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 13 މެއި 2018 | އާދީއްތަ 12:53
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު:-އެމަނިކުފާނު ގެންދަވަނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު:-އެމަނިކުފާނު ގެންދަވަނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ނިންމާލައި ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރިޝްވަތު ހިފައި ކޯޓުން އަމުރެއް ނެރެ، ރައްޔިތުންނާއި ގައުމުގެ ހަމަޖެހުން ނަގާލައި ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހްމަތުގަ އެވެ. މި ދައުވާއާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހަޅައިފައިވާ ކަންކަމާމެދު ވަނީ ވާހަކަ ދައްކައި ގާޒީ ގޮތެއް ނިންމަވާފަ އެެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ދައުވާ ލިބޭ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ވަކިން ހުށަހަޅާފައެއްނުވެ އެވެ. ސަބަބެއްގެ ގޮތުގައި ދިފާއީ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ކަންމަކީ މި މައްސަލައިގައި ވެސް ހުށަހަޅަން ހުރި ނުކުތާތަކަށް ވުމެވެ. އަދި އެ ކަންކަމާމެދު ޝަރީއަތުން ނިންމާ ގޮތްތަކަކީ ހަމަ މި މައްސަލައިގައި ވެސް ނިމިގެންދާނެ ގޮތްތަކަށް ވާނެތީ ވަކިން މި މައްސަލައިގައި އެކަންކަން ހުށަނޭޅުއްވީ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވިއެވެ.

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ފަނޑިޔާރު އަލީ ހަމީދަށްވެސް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކި ވަކިންނެވެ. އަދި އަލީ ހަމީދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލިޔުމުން ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އެ ކަންކަމާމެދު ގޮތެއް ނިންމުމަށް އަދި އަޑުއެހުމެއް ނުބާއްވަ އެވެ. މި މައްސަލަ ބައްލަވާ ގާޒީ ހައިލަމް ނިންމެވީ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅުމެއް ނާޅުއްވާ ކަމަށެވެ.

ދައުލަތުން ވަނީ ޝަރީއަތުގެ ކުރިން ތިން ކަމެއް ކޮށްދެއްވުމަށް ގާޒީއަށް ހުށަހަޅުއްވާފައެވެ. އެއީ ސިއްރު ހެކިވެރިންނަށް ހިމާޔަތް ލިބޭނެ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ހެކިންގެ ހުރިހާ މައުލޫމާތެއް ސިއްރުކޮށްދިނުމުގެ ދާއިމީ އަމުރެއް ނެރެދިނުމަށާއި ޝަރީއަތް ހިނގަމުންދަނިކޮށް މައްސަލައާ ގުޅޭ ގޮތުން އާ ހެއްކެތް ލިބިއްޖެ ނަމަ އެކަމެއް ހުށަހެޅުމުގެ ހުއްދަ ދެއްވުމެވެ.

ދައުލަތުން ހުށަހެޅި ކަންކަމަށް ދައުވާ ލިބޭ ފަރާތުން އިންކާރުކޮށް ވާހަކަ ދެއްކެވި ނަމަވެސް ދެ ފަރާތުން ދެއްކެވި ވާހަކަތަކަށްބަލައި ގާޒީ ނިންމެވީ އެ ހުރިހާ ކަމެއް ބަލައިގަތުމަށެވެ. އެހެން ނަމަވެސް ދައުލަތުން ސިއްރު ލިޔުންތައް ގޮތުގައި ހުށަހަޅާފައިވާ އެއް ލިޔުމެއް ޝަރީއަތުގައި ދައުވާ ލިބޭ ފަރާތަށް ދައްކާލުމަށް ދައުލަތުން އިންކާރުކޮށްފައިނުވާތީ އެ ފުރުސަތު ދެއްވުމަށް ނިންމެވިއެވެ.

އޭގެ އިތުރުން އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އަބްދުﷲ ސައީދާ ދެކޮޅަށް ތަފާތު އެކި ދައުވާތައް ކުރެވިފައިވާއިރު އޭގެ ތެރެއިން ދެ މައްސަލައެއްގައި މިހާރު ހުކުމް ކޮށްފައިވާކަން ފާހަގަކޮށް އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޓެރަރިޒަމްގެ ދައުވާ މިހާރު ބާތިލްވާނެ ކަމަށެވެ. ގާނޫނުލް އުގޫބާތާ ހަވާލާދީ އޭނާ ވިދާޅުވީ އެއް ހާދިސާއަކާ ގުޅިގެން އެކި ދައުވާތައް ކުރެވިފައިވާއިރު ފުރަތަމަ ހުކުމް ކުރަން ޖެހޭނީ އެންމެ ބޮޑު ކުށުގެ ދައުވާގައި ކަމަށާއި އަދަބު ކަނޑައެޅުމުގައި ލިބޭ ލުއިތައް ލިބިގެންދާނީ އޭރުން ކަމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ އެއީ މައްސަލައިގައި ޝަރީއަތް ނިމި އަދަބު ކަނޑައެޅުމަށް ވާހަކަ ދައްކާއިރު ދައްކަން ޖެހޭ ވާހަކައެއް ކަމަށެވެ.

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ވެސް ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށާއި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް މިހާރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު މި ދެ މައްސަލައިގައި ޖުމްލަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި
28 މާރިޗު 2017

ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!

28 މާރިޗު 2017
ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް