Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އަދުލުވެރި އިންތިހާބެއް ނޯންނާނެ، އެކަމަކު އޮޅުވައެއް ނުލެވޭނެ: ފައްޔާޒު

12 މެއި 2018 | ހޮނިހިރު 21:58

މެމްބަރުން ތިބި ގޮތް ދެއްކުމަށް، ބޯކޮށް ވޯޓު އަޅުއްވާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 12 މެއި 2018 | ހޮނިހިރު 21:58
ފައްޔާޒު އިސްމާއިލް: ޕްރައިމަރީގައި ގިނަ މެމްބަރުން ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި

ފައްޔާޒު އިސްމާއިލް: ޕްރައިމަރީގައި ގިނަ މެމްބަރުން ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި

އިލެކްޝަންސް ކޮމިޝަން (އީސީ)ގައި މިހާރު ތިއްބެވި މެމްބަރުންނާއެކު އަދުލުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށާއި ނަމަވެސް، ރައްޔިތުން ދޭ ވޯޓުގެ ނަތީޖާ އެ ކޮމިޝަނަށް އޮޅުވައި ނުލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގައި ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ހއ. ދިއްދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އަންނަ ރިޔަސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން ބަޔަކު މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެކަމާމެދު ޝައްކު ނުކުރުމަށް ފައްޔާޒު އެދިވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement
"އިލެކްޝަނަކަށް އޮޅުވައެއް ވެސް ނުލެވޭނެ. އޮޅުވާލަން މަސައްކަތް ވެސް ކުރާނެ. އަދުލުވެރި އިލެކްޝަނެއް ނުވެސް އޮންނާނެ. އިންސާފުވެރިއެއް ވެސް ނުވާނެ. އެހެންނަމަވެސް ވޯޓު އޮޅުވާލައިގެނެއް ރައްޔިތުންލާ ނަތީޖާ ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެކަމާމެދު ކުޑަކޮށްވެސް ތިބޭފުޅުން ޝައްކު ނުކުރައްވާތި،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮވެދާނެ ކަމާމެދު އޭނާ ޝައްކު ނުކުރައްވާ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮވެދާނެ ކަމާއިމެދު ޝައްކު ކުރާ ކަމާށެވެ. ރައީސް ޔާމީންގެ ބަދަލުގައި ވޯޓު ކަރުދާހުގައި އޮންނާނީ "މަހާ ރެހެނދިއެއްގެ ނަން ބާއޭ" ވިދާޅުވެ، ފައްޔާޒު ސުވާލު އުފެއްދެވިއެވެ.

ދިއްދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ޝައްކުވަނީ ޔާމީނުގެ ނަންބާއޭ އޮންނާނީ ނުނީ އެ ވިދާޅުވާ މަހާ ރެހެނދިއެއްގެ ނަންބާއޭ އޮންނާނީ، ތިޔަ ވިދާޅުވާ ކަރުދާސް ކޮޅުގައި. އަޅުގަނޑު ޝައްކެއް ނުކުރަން ރައީސް ނަޝީދުގެ ނަން އޮންނާނެކަމަކާ މެދުގައި. އެކަމަކު އަޅުގަނޑަށް ވަރަށް ޝައްކު ބޮޑުވޭ ޔާމީނުގެ ނަން އޮންނާނެ ކަމާމެދުގައި،" ފައްޔާޒު ވިދާޅުވިއެވެ.

އިންތިހާބެއް ނުބާއްވައި ރައީސް ޔާމީނަށް ވެރިކަމުގައި ހުރެވިދާނެ ކަމަށާއި ނަމަވެސް އެގޮތަށްވެސް ހުންނެވޭނީ މަދު ދުވަސްކޮޅެއްގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި މަހު 30ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް އިޝާރާތް ކުރައްވައި، ފައްޔާޒު އެދިވަޑައިގެންނެވީ އެމްޑީޕީގެ އާންމު މެމްބަރުން ނުކުމެ، ޕްރައިމަރީގައި "ބޯކޮށް" ވޯޓު ދެއްވުމަށެވެ. އާންމު މެމްބަރުން ތިބި ގޮތް މުޅި ދުނިޔެއަށް ދައްކައިދިނުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންނެވިއެވެ.

"އެމްޑީޕީގެ މެމްބަރުން ތިބި ގޮތް މުޅި ދުނިޔެއަށާއި ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކަކަށާއި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދެއްކުން. ރައީސް ނަޝީދު ވިދާޅުވި ގޮތަށް މި ފެށި މަސައްކަތަށް ވާސިލު ވުމަށްޓަކާ މި މަސައްކަތް ކުރަން އެބަޖެހޭ. މި މަސައްކަތް ކުރުމަކުން އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނުފެނޭ އެއާ އިދިކޮޅު ހެދޭނެ އެއްވެސް އިންސާނެއް ދިވެހިރާއްޖޭގެ ހުރިހެން،" ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
08 މާރިޗު 2017

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

08 މާރިޗު 2017
 ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް