Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު 2018

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، 13 ރަށެއްގެ ރައްޔިތުންނާ ނަޝީދު ބައްދަލު ކުރައްވައިފި

12 މެއި 2018 | ހޮނިހިރު 18:35

ސުވާލު ކުރަން ފުރުސަތު ދެއްވައި، ހިޔާލު ހޯއްދެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 12 މެއި 2018 | ހޮނިހިރު 18:35
ވީޑީއޯ ކޯލު މެދުވެރިކޮށް، ރާއްޖޭގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ

ވީޑީއޯ ކޯލު މެދުވެރިކޮށް، ރާއްޖޭގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންނަށް ތާއިދު ހޯއްދެވުމުގެ ގޮތުން، ރާއްޖޭގެ 13 ރަށެއްގެ ރައްޔިތުންނާ ވީޑިއޯ ކޯލު މެދުވެރިކޮށް ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން "ރާއްޖެއެމްވީ" އަށް ބުނީ ސްކައިޕް މެދުވެރިކޮށް، ރާއްޖޭގެ ރަށްތަކަށް އެމަނިކުފާނު ގުޅުއްވައި ރައްޔިތުންގެ ހިޔާލު ހޯއްދަވައި، ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އެމަނިކުފާނު ގުޅުއްވަމުން ގެންދަވަނީ ރާއްޖޭގެ ވަކި ސަރަހައްދެއް ބެއްލެވުމަށް ނެތި އެކި ރަށްތަކަށް ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އިތުރު ރަށްތަކަށް ގުޅުއްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުންޏެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ރައީސް ނަޝީދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅުއްވި އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ މާލޭގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާއެވެ. އެއަށްފަހު ސްކައިޕް މެދުވެރިކޮށް ގުޅުއްވައި، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރައީސް ނަޝީދު ބައްދަލު ކުރެއްވި ރަށްތަކަކީ ހއ. ކެލާ ހއ. ފިއްލަދޫ ހއ. ބާރަށާއި ހއ. ތަކަދޫ ހއ. އިހަވަންދޫ އާއި އާއި އައްޑޫ ސިޓީ މަރަދޫ އާއި ފޭދޫ އާއި މަރަދޫފޭދޫ އާއި ހުޅުމީދޫ އާއި ރ. ދުވާފަރުގެ އިތުރުން ހދ. ކުޅުދުއްފުށްޓަށާއި ޏ. ފުވައްމުލަކެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗުކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއިންނެވެ. އެއަށްފަހު ހއ. އަތޮޅުގައި އެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ހއ. ދިއްދޫގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓަން އެމްޑީޕީން ވަނީ ނިންމާފައެވެ. އަދި ކޮލަންބޯ އާއި ކެންޑީ އާއި ޓްރިވެންޑްރަމާއި ބެންގަލޫރާއި މެލޭޝިއާ އާއި ލަންޑަނުގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
14 މާރިޗު 2017

ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

14 މާރިޗު 2017
ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް