ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 19:00
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދް
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދް
މުހައްމަދު ޝަރުހާން
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރާއި އަރީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ
އުއްތަމަ ފަނޑިޔާރުގެ މައްސަލަ އޮތީ 13:00 ގައި
އަރީފުގެ މައްސަލަ އޮތީ 15:00 ގައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރާއި އަރީފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ގާނޫނު އަސާސީއިން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ، އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއްނެރެގެން ގާނޫނީ އުސޫލުތަކުގެ ބޭރުން ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވަން އުޅުނުކަމުގެ ތުހްމަތުގަ އެވެ.

މި މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް ވަކި ވަކިން ކުރިއަށްގެންދާއިރު އަބްދުﷲ ސައީދުގެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މެންދުރުފަހު 13:00 ގައި އެވެ. އަދި އަރީފުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ބާއްވާ އަޑުއެހުން އޮންނާނީ މެންދުރުފަހު 15:00 ގައި އެވެ.

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުންވެސް ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަން އުޅުނު ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އާއި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް މިހާރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު ޖުމްލަ އެއް އަހަރާއި 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިހާރުވެސް ގެންދަނީ ތަންފީޒު ކުރަމުންނެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން ކޮށްފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް