Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރު އަލީ ހަމީދު

ފަނޑިޔާރު އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލައިފި

10 މެއި 2018 | ބުރާސްފަތި 06:14

އަލީ ހަމީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާ ހާސްވުމުގެ ސަބަބުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 މެއި 2018 | ބުރާސްފަތި 06:14
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. އެނގިފައިވާ ގޮތުގައި ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ. ނަމަވެސް އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލާފައިވޭތޯއާއި ޖަލަށް ބަދަލުކޮށްފައިވޭތޯ ބެލުމަށް ގުޅުމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރަސްމީ ހައިސިއްޔަތަކުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ދައުލަތުން ހުށަހަޅާފައިވާ ދައުވާއާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް، އަލީ ހަމީދުގެ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބުދަ ދުވަހު އެވެ.

Advertisement - newsAdvertisement

އަލީ ހަމީދުގެ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރެވިފައިވާކަން އޭނާގެ ގާނޫނީ ވަކީލުން ވަނީ ބުދަ ދުވަހު ކަށަވަރު ކޮށްދެއްވާފަ އެވެ. އަލީ ހަމީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާ ހާސްވުމުގެ ސަބަބުންކަމަށް ވަކީލުން ވިދާޅުވެ އެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތް ބުދަ ދުވަހު ފުރަތަމަ ތާވަލް ކުރީ ހަވީރު 16:00 އަށެވެ. ނަމަވެސް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތް ބުދަ ދުވަހުގެ ރޭ 19:00 އަށް ފަސްކުރުމަށް ފަހު، އަނެއްކާވެސް އެ ޝަރީއަތް 20:00 އަށް ފަސްކުރި އެވެ. އަދި ހުކުމް އިއްވުމަށް ބާއްވާ އެ ޝަރީއަތް 21:30 އަށް ފަސްކުރުމަށް ފަހު އެންމެފަހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ކޯޓުން ބުނީ މިމައްސަލާގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ކުރިއަށް ގެންދާނީ ހުޅުވާލެވިގެން ކަމަށެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުމެއް ބާއްވާފައި ވަނީ ސިއްރު ކޮށްގެންނެވެ.

އެނގިފައިވާ ގޮތުގައި ރަސްމީ ހައިސިއްޔަތަކުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ދައުލަތުން ހުށަހަޅާފައިވާ ދައުވާއާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ހުކުމް އިއްވުމަށް ބާއްވާ މި ޝަރީއަތުގެ މަޖިލިސް ބުރާސްފަތި ދުވަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް