Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މައުމޫން

ރައީސް މައުމޫން ނޯމަލްއެއް ނޫން.މިރޭވެސް މެޑަމް ނަސްރީނާ ދޫނިދޫއަށް

މެޑަމް ނަސްރީނާ ކޮންމެ ރެއަކުވެސް މިހާރު ދޫނިދޫއަށް ގެންދަވާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 މެއި 2018 | ބުދަ 17:43
ރައީސް މައުމޫން: ހާލުކޮޅު ސީރިއަސް

ރައީސް މައުމޫން: ހާލުކޮޅު ސީރިއަސް

ޖަލުގައި އޮންނެވި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ހާލުކޮޅު އަދިވެސް ނޯމަލް ނުވާކަމަށާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް މިރޭވެސް ދޫނިދޫއަށް ވަޑައިގެންފިއެވެ.

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އަދާމް ރާއްޖެ އެމްވީއަށް ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު އަދިވެސް ސީރިއަސް ކަމަށާއި ނޯމަލް ނުވާ ކަމަށެވެ. އެހެންކަމުން މިރޭވެސް މެޑަމް ނަސްރީނާ އިބްރާހީމް ދޫނިދޫއަށް ވަޑައިގެންފައިވާކަމަށް އަލީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ ޙާލުކޮޅު ހޮނިހިރު ދުވަހު ސީރިއަސްވެ، އެމަނިކުފާނު ބައްލަވަން ޑޮކްޓަރަކުވެސް ދިޔައެވެ. އަދި ރައީސް މައުމޫން ބަންދުކޮށްފައި ހުންނަވާ ކޮޓަރީގައި ހޮނިހިރު ދުވަހު ފުލުހަކު ޑިއުޓީއަށް ހުރިކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ފަހުން އެމަނިކުފާނުގެ ހާލުކޮޅު އަދި ނޯމަލް ނުވާއިރު ކޯޓަށް ހާޒިރު ކުރެވޭވަރު ނުވެގެން އެމަނިކުފާނާ ދެކޮޅަށް ކުރާ ޝަރީއަތްތަކަށް އޭގެފަހުން ގެނެސްފައެއް ނުވެއެވެ.

އަލީމް ވިދާޅުވީ އެދުވަހަށްފަހު ކޮންމެރެއަކުވެސް މެޑަމް ނަސްރީނާ ދޫނިދޫއަށް ގެންދަވާ ކަމަށާއި މިރޭވެސް ވަޑައިގެންނެވީ އެގޮތުގެ މަތިން ކަމަށެވެ.

ރައީސް މައުމޫންގެ ހާލުކޮޅާމެދު ކަންބޮޑުވުންފާޅުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް ސިޔާސީ ގެއްލުމެއް ނުވާގޮތައް ރައީސް މައުމޫން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްވެސް ވިދާޅުވީ ފަރުވާއަށްނަމަވެސް ރައީސް މައުމޫން މިނިވަންކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މައުމޫންގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެމަނިކުފާނަށް ސިއްހީ މައްސަލައެއްކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީއެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 ޖޫން
ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ފަރުވާދެނީ

ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު
20242 އަހަރު ކުރިން
މީހުން

ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު

އަތޮޅެއްގައި ފުރަތަމަ ފެށުނު މަދުރަސާ
20233 އަހަރު ކުރިން
ކޮލަމް

އަތޮޅެއްގައި ފުރަތަމަ ފެށުނު މަދުރަސާ

ރިލްވާނުގެ މަރާއި ގުޅިގެން އަހަނދު ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ރިލްވާނުގެ މަރާއި ގުޅިގެން އަހަނދު ހައްޔަރުކޮށްފި

13 އަހަރުގެ 'އަޅުވެތި' ކަމަށްފަހު ބްރިޓްނީ ސްޕިއަރސްގެ ހަގީގަތް ކިޔައިދީފި، ދަރިން ހޯދަންވެސް ހުއްދަ ހޯދަން ޖެހޭ!
20215 އަހަރު ކުރިން
ރިޕޯޓު

13 އަހަރުގެ 'އަޅުވެތި' ކަމަށްފަހު ބްރިޓްނީ ސްޕިއަރސްގެ ހަގީގަތް ކިޔައިދީފި، ދަރިން ހޯދަންވެސް ހުއްދަ ހޯދަން ޖެހޭ!

ގެއެއްގެ  ބެލްކަނިން ބެރިއެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ގެއެއްގެ ބެލްކަނިން ބެރިއެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

އަދީބަށް ޖަލުގައި ހުރި ތަފާތު ކުރުންތައް ބަންޑުން ކޮށްލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

އަދީބަށް ޖަލުގައި ހުރި ތަފާތު ކުރުންތައް ބަންޑުން ކޮށްލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު