Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެމްބަރުންގެ ގޮނޑި

ވަގުތީ އަމުރަކުން 12 މެމްބަރުން ހުއްޓުވިތާ ތިން މަސް، އަދިވެސް ހައްލެއް ނުލިބި!

9 މެއި 2018 | ބުދަ 08:15

ވަގުތީ އަމުރު ނެރުނުތާ 80 ދުވަސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 މެއި 2018 | ބުދަ 08:15
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މަޖިލިސް ކުރޭ ގޭ ސަރަހައްދުން ފުލުހުން ހިފަހައްޓާފައި

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މަޖިލިސް ކުރޭ ގޭ ސަރަހައްދުން ފުލުހުން ހިފަހައްޓާފައި

ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ސާފު ނިޔާއެއް ކަނޑައަޅައި ނިމެންދެން، ވަގުތީ ހައްލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު މަޖިލީހަށް ވަޑައިނުގެންނެވޭ ގޮތަށް ނެރުނު ވަގުތީ އަމުރަށް ފަހު، ދާއިމީ ހައްލެއް ނުލިބި ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ 12 މެމްބަރަކު މަޖިލީހަށް ވަޑައިގަތުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ، އެކެއް ފެބްރުއަރީގެ އަމުރުގައި ހިމެނޭ ތިން ބައެއް ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިނުވެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރު ނެރުނީ މިއަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. އެ އަމުރު ނެރުނުތާ މިއަދަށް 80 ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ.

Advertisement - newsAdvertisement

ވަގުތީ އަމުރު ދެމި އޮންނާނީ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި ބާވަތަށް ބަލައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ކަމަށް އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ. ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ބޭއްވީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުން ބޭއްވީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ތިން ފަނޑިޔާރުން ބައްލަވާ އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބުނެފައި ވަނީ ދެން އެ މައްސަލާގައި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ، އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ ސައްހަކަމާމެދު ސުވާލު އުފައްދައި، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން މެދުވެރިކޮށް، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރުން ހުއްޓުވާފައި ވާތާ އަހަރެއްހާ ދުވަސްވަނީ ވެފައެވެ. ބާރަ މެމްބަރުން ބައިވެރިނުކޮށް، މިދިޔަ އަހަރުގެ ބަޖެޓާއި ބިލްތަކާއި މިނިވަން މުއައްސަސާތަކުން މަޖިލީހަށް ވަނީ ބޭފުޅުން އައްޔަން ކޮށްފައެވެ. އެ މެމްބަރުން މަޖިލީހުގައި ތަމްސީލު ކުރުން ހުއްޓުވުމަކީ އެ މެމްބަރުން ތަމްސީލު ކުރާ 60،000 ރައްޔިތުންގެ ހައްގު ނިގުޅައިގަތުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ދަނީ ބުނަމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، ޕާޓީ ބަދަލު ކުރި މެމްބަރުންނާއި ޕާޓީން ވަކިކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ އެންޓި ޑިފެކްޝަންގެ ބިލު ބާތިލު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު، 12 މެމްބަރުންގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ އަމާޒު ހިފާފައެވެ. ބައި އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަނުން ވަނީ ފިނޭންސްގައި އެދިފައެވެ.

12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ، އެ މެމްބަރުން ވަނީ ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަތަކެއް ވެސް ހުށަހަޅާފައެވެ. އެ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް ސުޕްރީމް ކޯޓުން ބަލައިގެންފައިވާއިރު، އަޑުއެހުންތައް ފަށާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް