Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

9 މެއި 2018 | ބުދަ 01:37

ޖުޑިޝަރީގައި މިނިވަންކަމެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 9 މެއި 2018 | ބުދަ 01:37
އައިމިނަތު ނާދިރާ

އައިމިނަތު ނާދިރާ

ރާއްޖޭގައި އަބަދު އަނިޔާވެރިކަން ނުބޭއްވޭނެކަން ދައްކަވާނެކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހުގެރޭ މ.ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ނާދިރާ ވިދާޅުވީ ޖުޑިޝަރީގައި މިނިވަންކަމެއް ނެތްކަމަށާއި ސުޕްރީމް ކޯޓުން ފަނޑިޔާރުން ނެރެ ހައްޔަރުކޮށްގެން ކުރި ހުކުމުން އެކަން ސާބިތުވާ ކަމަށެވެ.

Advertisement - newsAdvertisement

ނާދިރާ ވިދާޅުވީ ހުރިހާ ފަނޑިޔާރުންވެސް ތިއްބެވީ ބިރުން ކަމަށާއި، ސަރުކާރުން ދައްކަން ބޭނުންވަނީ ސަރުކާރުން ބޭނުންވާހާކަމެއް ކުރާނެކަން ކަމަށެވެ. އެކަމަކު ހިތްވަރު ލިބެނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުވެސް ދައްކަވާ ހިތްވަރުން ކަމަށް ނާދިރާ ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވައި ނާދިރާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރު ބަދަލު ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވާނަމަ 1 ފެބްރުއަރީގެ އަމުރު އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި 5 ފަނޑިޔާރުން ނެރުއްވި އަމުރު 3 ފަނޑިޔާރުން ލައްވައި ބައިބައި ނުކުރެވޭނެކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ އެ އަމުރު ތަންފީޒް ނުކޮށްތިބި ފަރާތްތައް ކުށްވެރިވާނެ ކަމަށާއި އެފަރާތްތަކާއި ޤާނޫނު އަރައި ހަމަކުރާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، އާޒިމާ އާއި މެދު އެއްވެސް ހަސަދައެއް ނުގެންގުޅުއްވާކަން ފާހަގަކުރައްވަމުން ނާދިރާ ވިދާޅުވީ، އާޒިމާ އެމަނިކުފާނައި މެދު ގެންގުޅުއްވަނީ ކޮން ހަސަދައެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"މަޤާމެއް ބޭނުންވެގެން އެ މަޤާމު ލިބެންއޮތީ ރައީސް މައުމޫނަށް އެއްޗެހި ކިޔައިގެންނަމަ އެމަނިކުފާނު އެދެނީ އެކަން ކުރަން" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ އާޒިމާ ޤާނޫނުއަސާސީ ކޮށާ ހަދަނީ އެކަން ހުއްޓުވޭވަރުގެ ހާލަތުގައި ހުރެގެން ކަމަށާއި، އާޒިމާއަށް އެނގިނުލެއްވި ނަމަވެސް ރައީސް މައުމޫންގެ ޙާލުކޮޅު އެނގޭވަރުގެ ޑޮކްޓަރުގެ ލިޔުންތައް ކަމާއިބެހޭ ފަރާތްތަކަށް ދީފައިވާނޭ ކަމަށެވެ. ރައީސް މައުމޫނަށް އަނިޔާލިބެމުން އެދަނީ ޤައުމު އިސްލާހު ކުރަން ނުކުންނެވީތީ ކަމަށާއި އެމަނިކުފާނު ފަހަތައް ނުޖެއްސޭނެކަމަށް ނާދިރާ ވިދާޅުވިއެވެ.

"އަނިޔާވެރިކަން ނުބޭއްވޭނެކަން ދައްކާލާނަން. އަޅުގަނޑުމެން މިދަނީ ކުރިއަށް. ޔާމީން ކުޑަކަކޫ ޖެހިފައިވަނީ" ނާދިރާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
01 އެޕްރީލު 2017

ނަމަކުން ބޯޑަކުން ރައީސް މައުމޫން ފަހަތަކަށް ނުޖެހޭނެ: ނާދިރާ

01 އެޕްރީލު 2017
ނަމަކުން ބޯޑަކުން ރައީސް މައުމޫން ފަހަތަކަށް ނުޖެހޭނެ: ނާދިރާ
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް