Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

އެދުނު އެއްވެސް ކަމެއް ކޮށްދެވެން ނެތް ކަމަށް ނިންމައި، އިލްހާމްގެ ޝަރީއަތް ފަށަނީ

7 މެއި 2018 | ހޯމަ 14:20

ދައުލަތުން ހުށަހެޅި ތިން ނުކުތާވެސް ވަނީ ބަލައިގެންފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 7 މެއި 2018 | ހޯމަ 14:20
ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު: އޭނާއާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައި

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު: އޭނާއާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައި

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން އޭނާ އެދުނު އެއްވެސް ކަމެއް ކޮށްދެއްވެން ނެތް ކަމަށް ނިންމައި ޝަރީއަތް ފަށަން ގާޒީ މިއަދު ނިންމަވައިފި އެވެ.

އިލްހާމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ކުށުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އޮތީ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ދެ ފަރާތުން ރައްދު ދިނުމާ އަދި ގާޒީ އެ ނުކުތާތަކާމެދު ގޮތެއް ނިންމެވުމެވެ.

Advertisement - newsAdvertisement

ދައުލަތުން ކޮށްފައިވާ ދައުވާ އާއި ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ޝަރީއަތުގެ ކުރިން ނިންމާ ދެއްވުމަށް އިލްހާމް އެދިވަޑައިގެންނެވި އެއްވެސް ކަމެއް އެގޮތަށް ކޮށްދެވެން ނެތް ކަމަށް ގާޒީ ނިންމެވިއިރު ދައުލަތުން ހުށަހެޅި ހުރިހާ ކަމެއް ކޮށްދިނުމަށް ނިންމެވި އެވެ.

ގާނޫނުލް އުގޫބާތުގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ކުށް ފުރިހަމަވާނެ ކަމަށް ބުނެފައިވާ އަމަލުތައް އިލްހާމް ހިންގެވިކަން ދައުވާއިން ސާފުވާން ނެތުމުން އެ ދައުވާއަކީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅައި ދޭން އިލްހާމްގެ ފަރާތުން އެދުނެވެ. ދައުވާގެ ފޯމްގައި ޕްރޮސެކިއުޓާ ޖެނަރަލްގެ ބަދަލުގައި އެހެން ބޭފުޅަކު ސޮއި ކުރައްވާފައިވާއިރު އެކަން ހާމަކަން ބޮޑު ގޮތެއްގައި އަންގަންވާނެ ކަމަށް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާތީ އެ ގޮތަށް އަމަލުކޮށްފައި ނެތުމުން އެ ދައުވާ ބާތިލް ކަމަށް ކަނޑައަޅައިދޭން އިލްހާމްގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.

ހަމަ އެހެންމެ އިލްހާމް ހިންގި ކަމަށް ބުނާ ކުށުގެ އަމަލު ހިންގީ ކޮން ވަގުތެއްގައި އަދި ކޮންތާކު ކަމެއް ދައުވާގެ ސީޣާއިން އެނގެން ނެތްއިރު ތަހްގީގު މަރުހަލާގައި ވެސް ވަކި ވަގުތެއްގައި ވަކި އަމަލެއް ހިންގިންތޯ ސުވާލު ކޮށްފައިނުވާތީ އެއީ ކުށުގެ އަމަލު ހިންގި ވަގުތު އޭނާ އެތަނުގައި ނެތްކަން ސާބިތުކޮށްދިނުމުގެ ހައްގުން މަހްރޫމްވާނެ ކަމެއް ކަމަށް ވެސް ނޫރުއްސަލާމް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ރިޝްވަތު ހިފައިގެން ރައްޔިތުންގެ މަޖިލިސް ތެރެއިން ގާނޫނީ ވެރިކަން ވައްޓާލަން މަސައްކަތްކޮށްފައިވާކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކި ބަލައި ނުގަތުމަށް ނޫރުއްސަލާމް ހުށަހެޅުއްވި އެވެ. ސަބަބަކީ ރިޝްވަތު ހިފައިގެން ވެރިކަން ވައްޓާލަން އުޅުމަކީ ކުށެއް ކަމަށް ބެލި ނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ އަމަލެއް ކަމަށް ނުބެލެވޭތީ ކަމަށެވެ. މަޖިލިސް ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންމެ ފުލުހުން ހޯދިކަމަށް ބުނާ ކަޅު ފޮއްޓެއްގެ ތެރެއިން ފެނުން ލިޔުންތަކާ ގުޅިގެން ހުށަހަޅާފައިވާ ހެކިން ބަލައިގަތުމަށް އިލްހާމްގެ ފަރާތުން އިއުތިރާޒްކުރާ ކަމަށާއި އެއީ އިލްހާމް ހިންގި ކަމަށްބުނާ އަމަލެއް ސާބިތުކުރަން ހުށަހަޅާފައިވާ ހެއްކެއް ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ. އިލްހާމްއާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުކުރަން ދައުލަތުން ހެކިން ހުށަހަޅާފައިވާއިރު އެއީ އިލްހާމްގެ މައްޗަށް ކޮށްފައިވާ ތުހްމަތެއް ވެސް ނޫންކަން ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އެވެ. އެ ހެކިވެސް ބަލައި ނުގަތުމަށް ވެސް ހުށަހެޅި އެވެ.

އިލްހާމްގެ ފަރާތުން ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން ދައުލަތުންނާއި އިލްހާމްގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ބެލުމަށްފަހު ގާޒީ ނިންމެވީ އިލްހާމްގެ ފަރާތުން ހުށަހެޅުއްވި އެއްވެސް ކަމެއް ކޮށްދެވެން ނެތް ކަމަށެވެ.

ދައުލަތުން އެދުނީ ދައުލަތުން ހުށަހެޅި ހެކިންނަށް ހިމާޔަތްލިބޭނެ ގޮތަށް ސިއްރުން ހެކިބަސް ނެގޭނެ އިންތިޒާމްތައް ހަމަޖައްސަދިނުމަށާއި އެމީހުންގެ ހެކިބަސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގުމުގެ އިތުރުން ހެކިންގެ މައުލޫމާތާއި ހުށަހަޅާފައިވާ ސިއްރު ލިޔުންތައް ސިއްރުކޮށްފައި ބެހެއްޓުމުގެ ދާއިމީ އަމުރެއް ނެރެދެއްވުމަށެވެ. އެ ނުކުތާތަކާ ދެކޮޅަށް އިލްހާމްގެ ވަކީލުން ދެއްކެވި ވާހަކަތަކަށް ބެލުމަށްފަހު ގާޒީ ނިންމެވީ ދައުލަތުގެ ތިން ހުށަހެޅުން ބަލައިގަތުމަށެވެ.

އިލްހާމް މާފުށީގައި ބަހައްޓާފައި ހުންނަވާއިރު މީހުންނާއި ވާހަކަ ނުދެއްކޭ ގޮތަށް އެކަހަރިކޮށްފައި ބަހައްޓާފައި ހުންނަ މައްސަލައާ ގުޅޭ ގޮތުން ދައުލަތުން ބުނީ އިލްހާމް ކޮންމެ ދުވަހަކުވެސް އެއްގަޑިއިރު ގޮޅިން ނެރޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ޑޮކްޓަރަކު އިލްހާމްއާ ބައްދަލުކުރާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދީފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން އިލްހާމް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ކޮންމެ ދުވަހަކު ޑޮކްޓަރަކު އައިސް ބައްދަލު ނުކުރާ ކަމަށެވެ. ލޮލުގެ ޑޮކްޓަރަކަށް ދައްކަން އެދުނު ފަހުން މިހާރު އެއް މަސް ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖަލު ހުކުމް ތަންފީޒްކުރަމުންދާ އެހެން މީހުން ގޮޅިތަކުން ނެރެ، އެހެން މީހުންނާއި އެއްކޮށް ކައިބޮއި ވާހަކަ ދައްކާ އުޅޭ ކަމަށާއި އޭނައާމެދު އަމަލު ކުރަމުންދަނީ އެއާ އިދިކޮޅަށް ކަމަށާއި ގޮޅިން ނެރެ އެއް ގަޑިއިރަށް ބަހައްޓަނީވެސް އެއްވެސް މީހަކާ ވާހަކަ ދެއްކޭ ގޮތަށް ނޫން ކަމަށެވެ. އިލްހާމް ވަނީ އޭނާއާމެދު އިންސާފު ގާއިމުކޮށްދީ، އޭނާ ބަންދުގައި ބަހައްޓާފައި ހުންނަ ހާލަތު، އެހެން މީހުންނާ އެއްގޮތަށް ބަހައްޓަން އެދިވަޑައިގެންފަ އެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ މީހުންނާ ވާހަކަ ނުދެއްކޭ ކަމަށް ބުނި ނަމަވެސް ވަކީލުންނާއި ވެސް ބައްދަލު ކުރެވޭ ކަމަށާއި އޭނައާ މެދު އަމަލު ކުރަމުންދަނީ އެންޓިޓޯޗަރގެ ގާނޫނާ ހިލާފަށް ނޫން ކަމަށެވެ. އެކެހަރިކޮށް މީހުންނާއި ވާހަކަ ނުދެއްކޭ ގޮތަށް ބަންދުގައި މީހަކު ބެހެއްޓުމަކީ އެންޓިޓޯޗަރގެ ގާނޫނުގެ ދަށުން ކުށެއް ކަމަށް އިލްހާމްގެ ވަކީލުން ފާހަގަކުރެއްވެވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް