Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެލް ކްލެސިކޯ

އެލް ކްލެސިކޯ: މިރޭގެ މެޗުގައި އިސްކޯ އަދި ކަވަހާލް ނުފެންނާނެ

ކަވަހާލްއަށް އަނިޔާވީ ބަޔާންއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 6 މެއި 2018 | އާދީއްތަ 13:49
އިސްކޯ އަދި ކަވަހާލް

އިސްކޯ އަދި ކަވަހާލް

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ކުޅޭ 'އެލް ކްލެސްކޯ' އަށް ނެގި ސްކޮޑުން ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑެނީ ކަވަހާލް އަދި މިޑްފީލްޑަރު އިސްކޯ ބާކީކޮށްފިއެވެ.

މި މެޗަށް ނެގި ރެއާލްގެ 19 ކުޅުންތެރިންގެ ސްކޮޑު އާންމުކޮށްފައިވާއިރު މި ދެ ކުޅުންތެރިން ހިމަނާފައެއް ނުވެއެވެ.

ކަވަހާލްއަށް މި މެޗުގައި ނުކުޅެވެނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 2-1 ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި އޭނާއަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އޭނާ އަންނަނީ މި މަހުގެ 26 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗަށް ފިޓުވުމަށް ތައްޔާރުވަމުންނެވެ.

މި މެޗުގައި އިސްކޯއަށް ވެސް ނުކުޅެވެނީ އޭނާ ބަޔާންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ކޮނޑުހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒިދާން ބުނީ އިސްކޯ އަދި ކަވަހާލް ފަދަ މޮޅު ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެކަމާއި ގުޅޭގޮތުން އަމިއްލަ ބާރުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭނާ ބުނީ އެ ކުޅުންތެރިން ރިސްކް ނުކުރާނެ ކަމަށާއި އެއްވެސް ކުޅުންތެރިޔަކު 100 އިންސައްތަ ފިޓު ނޫންނަމަ އެކުޅުންތެރިޔަކު މި މެޗުގައި ފެނިގެންނުދާނެ ކަމަށެވެ.

ކަވަހާލްގެ އަނިޔާ ވެގެންދާނީ ރެއާލްއަށް ފޫބައްދަން އުނދަގޫ ކަމަކަށެވެ. އެގޮތުން އޭނާގެ މަގާމަށް ބަދަލުގައި ކުޅޭ ނާޗޯ ފަނާންޑޭޒް ވެސް މިވަގުތު ހުރީ އަނިޔާގައެވެ. އޭނާއަށް އަނިޔާވީ މިދިޔަ މަހުގެ ތެރޭގައި 3-0 އިން ލަސް ޕަލްމާސް އަތުން ރެއާލް މޮޅުވި މެޗުގައެވެ. ނާޗޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ އޭނާ ޓީމާއެކު ފަރިތަނުކުރާތާ މަހެއްހާ ދުވަސްވެއްޖެ ކަމަށާއި އެހެން ނަމަވެސް ދުވަހަކަށް ފަހު ދުވަހެއް އޭނާ އަންނަނީ އަނިޔާއިން ރަނގަޅުވަމުން ކަމަށެވެ.

މީގެކުރިން ޑިފެންޑަރު ރަފައޭލް ވަރާންއަށް ވެސް ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް ޒިދާން ވަނީ މި މެޗަށް ނެގި 19 ކުޅުންތެރިންގެ ސްކޮޑުގައި ވަރާން ހިމަނާފައެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ފަރިތަކުރުންތަކުގައި ބައިވެރި ނުވިނަމަވެސް އޭނާ ބާސެލޯނާއަށް ދަތުރުކުރާނެއެވެ.

ހަމައެހެންމެ މިދިޔަ ހަފްތާގައި ލަލީގާގައި ރެއާލް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައިނުވާއިރު މި މެޗުގައި އޭނާ ވެސް ފެންނާނެއެވެ.

ރެއާލްގެ ފުރަތަމަ އެގާރައިން އަނިޔާގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިން ފިޔަވައި މުހިންމު ހުރިހާ ކުޅުންތެރިން ފެންނާނެ ކަމަށް ބެލެވޭއިރު އެ ޓީމު ނުކުންނާނީ ބަލިނުވެ ބާސާއިން ހަމަކޮށްފައިވާ 34 މެޗުގެ ސިލްސިލާއަށް ނިމުމެއް ގެނައުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު