Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު ފާރިސް މައުމޫން

ސަރުކާރު ވައްޓާލަން ހިންގި ކަންކަމުގެ މޭސްތިރިއަކީ ފާރިސް: ދައުލަތް

6 މެއި 2018 | އާދީއްތަ 12:47

ދައުވާ ސާބިތު ކުރުމަށް 32 ހެއްކާ ގަރީނާ ދައުލަތުން ހުށަހެޅި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 މެއި 2018 | އާދީއްތަ 12:47
މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫން

މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫން

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް އުޅުމާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އެންމެ އިސްފަރާތަކީ އަދި އެކަމުގެ މޭސްތިރިއަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފަރިސް މައުމޫން ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ގާނޫނީ ވަކީލުން އެގޮތަށް ވިދާޅުވެފައިވަނީ ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން ފާރިސްގެ މައްޗަށް ކުރާ ދައުވާ އިއްވުމަށްފަހުގަ އެވެ.

Advertisement - newsAdvertisement

ފާރިސްގެ މައްޗަށް ކުރާ ޓެރަރިމަޒްގެ ދައުވާގައިވާ ގޮތުން 2013 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން އުޅުމާއި، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ އިތުރުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ވެސް ފާރިސް ބައިވެރިވި ކަމަށް ދައުވާގައިވެ އެވެ. އަދި އެ އަމުރު ނެރުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ލައްވައި، ބައެއް ފުލުހުން މަގުމައްޗަށް ނެރެގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.

އެ ދައުވާ ސާފުނުވާ ކަމަށާއި ރިޝްވަތު ދިން ގާޒީންގެ ނަމުގެ އިތުރުން ރިޝްވަތު ދިނީ ކިތައް ގާޒީންނަށް ކަމެއްވެސް ދައުވާއިން ސާފުނުވާ ކަމަށް ފާރިސްގެ އިތުރުން ފާރިސްގެ ގާނޫނީ ވަކީލުން ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް ފާރިސް ވިދާޅުވީ ޖިނާއި ކުށެއް ކޮށްފައިވާނެތީވެ، ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ.

އެ ދައުވާއަށް ފާރިސް އިންކާރު ކުރެއްވުމުން އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ވަނީ 32 ހެއްކާއި ގަރީނާ ހުށަހަޅާފަ އެވެ.

ހެކީގެ ތެރޭގައި ސިއްރު 17 ހެކިވެރިއަކާއި ހަތް ފުލުހަކާއި ހަތަރު ސިއްރު ލިޔުމެއްގެ އިތުރުން އިތުރު ބައެއް ހެކިތަކެއް ވެސް ހިމެނެ އެވެ.

ސިއްރު ހެކިވެރިންނަކީ ފާރިސް ރިޝްވަތު ދިންކަން ސާބިތު ކުރުމަށާއި ސަރުކާރު ވައްޓާލަން އުޅުނުކަން ސާބިތު ކުރުމުގެ އިތުރުން ހަމަނުޖެހުން ހިންގަން އުޅުނުކަން ސާބިތުކުރަން ހުށަހެޅި ހެކިންނެވެ.

ދައުލަތުން ހެއްކާގައި ގަރީނާ ހުށަހެޅުމުން ގާޒީ އަހުމަދު ހައިލަމް ވަނީ ފާރިސަށް ވެސް ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވީ ދައުވާ ސާފުނުވާތީއާއި ރިޝްވަތު ދިނީ ކޮން ފަނޑިޔާރުންނަށް ކަމެއް ވެސް ސާފުނުވާތީ ހެކިން ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިލައްވާފަ އެވެ.

ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ މެއި މަހުގެ 10 ދުވަހުގެ 12:00 ހެއްކާއި ޝަރީއަތަށް ހުށަހަޅަން ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށެވެ.

ގާޒީ ހައިލަމް އެގޮތަށް ވިދާޅުވުމުން ފާރިސްގެ ވަކީލުން ވިދާޅުވީ ދައުވާ ސާފުނުވާތީ ހެކި ހުށަހެޅުމަށް ފާރިސްއާ ވެސް މަޝްވަރާކުރަންޖެހޭ ކަމަށާއި އަދި މި ދައުވާއާ ގުޅިގެން ފާހަގަކުރަން ބޭނުންވާ ގިނަ ކަންކަން ހުރިކަން ފާހަގަ ކުރެއްވުމުންވެސް މިމަހުގެ 10 ވަނަ ދުވަހަށް ހެއްކާއި ލިޔެކިޔުންތައް ހުށަހެޅުމަށް ގާޒީ ވިދާޅުވިނަމަވެސް އެއީ އެކަށީގެންވާ ވަގުތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ސަބަބަކީ ފާރިސްއަކީ މިނިވަންކަމާއެކު އުޅެވޭ ހާލަތެއްގައިހުރި ބޭފުޅެއް ނޫންކަމަށާއި ފާރިސް ހުންނެވީ ކ. މާފުށީ ޖަލުގައި ކަމަށެވެ. އެހެންކަމުން ފާރިސްއާ ބައްދަލު ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާއިރު، ވަކީލުން މަސައްކަތްކުރައްވަނީ ވެސް ހަމައެކަނި މިމައްސަލަގައި ނޫންކަމަށްވާތީ ހަތަރު ދުވަހަކީ އެކަށީގެންވާ ވަގުތެއް ނޫންކަމަށެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ ކަން ފާހަގަ ކުރައްވައި، ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވީ އެފަދަ ދައުވާއަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި މި ދައުވާއާ ގުޅިގެން ދައުލަތުން ހުށަހެޅި ގިނަ ހެއްކާއި ގަރީނާތައް ސިއްރުކޮށްފައިވާތީ އެއީ ދައުވާއިން ދިފާއުވުމަށް އެޅޭ ވަރަށްބޮޑު ހުރަހެއް ކަމަށެވެ.

ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މަޖިލީހުގެ މެމްބަރުން ކަމަށްވާ އިލްހާމާއި ސިނާނުގެ އިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންނަށް ކުރާ ދައުވާތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް