Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު ފާރިސް މައުމޫން

ސަރުކާރު ވައްޓާލަން ބަޔަކަށް ރިޝްވަތު ދިންކަމަށް ބުނާ ވާހަކައަކީ ކޮންމެވެސް މީހަކަށް ފެނިގެން އުޅޭ ހުވަފެނެއް: ފާރިސް

6 މެއި 2018 | އާދީއްތަ 11:31

2013 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވައްޓާލަން އުޅުނު: ދައުލަތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 މެއި 2018 | އާދީއްތަ 11:31
މެމްބަރު އަހުމަދު ފާރިސް މައުމޫން ކޯޓަށް ހާޒިރު ކުރުމަށްފަހު ގެންދަނީ (ފައިލް ފޮޓޯ)

މެމްބަރު އަހުމަދު ފާރިސް މައުމޫން ކޯޓަށް ހާޒިރު ކުރުމަށްފަހު ގެންދަނީ (ފައިލް ފޮޓޯ)

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ބަޔަކަށް ރިޝްވަތު ދިންކަމަށް ބުނާ ވާހަކައަކީ ކޮންމެވެސް މީހަކަށް ފެނިގެން އުޅޭ ހުވަފެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގައި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ ދެވަނަ އަޑު އަހުމުގައި ދައުލަތުން ދައުވާ އިއްވުމުން ފާރިސް ވިދާޅުވީ ދައުވާ ސާފު ނުވާކަމަށާއި ނަމަވެސް ޖިނާއީ އެއްވެސް ކުށެއް ކޮށްފައިނުވާނެތީ ދައުލަތުން މިކުރާ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްކޮށް، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދީފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންނަށް ރިޝްވަތުދީ، ވަކިގޮތަކަށް ހުކުމެއް ނެރެ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް، ވަކި ފުލުހުންތަކެއް ނެރެ ސަލާމަތީ ހިދުމަތްތަކާއި އަދި ރައްޔިތުންނާ ކުރިމަތި ލުމަށްފަހު، ސަރުކާރު ވައްޓާލުމަށް ރާވާފައިވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުން ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގައި މިހާރު ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރެއިން ފާރިސް އަކީ މިކަމުގެ މޭސްތެރިޔާ ކަމަށެވެ.

މީގެ ކުރިން ވެސް ފާރިސްގެ މައްޗަށް ރިޝްވަތުގެ މައްސަލައެއްގައި ދައުވާކޮށްފައި ވެއެވެ. ނަމަވެސް އެ ޝަރީއަތުގެ އަޑުއެހުންތައް މިހާރުވަނީ ހުއްޓިފަ އެވެ. ފާރިސްގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ދިން ކަމަށް ބުނާ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ހެކިވެރިޔާ ވަނީ ދައުލަތާ ދެކޮޅަށް ހެކިބަސްދެއްވާފަ އެވެ.

އެ ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުކުރި ޕެޓިޝަނުގައި ސޮއި ކުރެއްވުމަށް ފާރިސް އެ މެމްބަރުނަށް ރިޝްވަތުދެއްވި ކަން ސާބިތު ކުރުވުމަށް ކަމަށްބުނެ އެވެ.

ނަމަވެސް ސިއްރުން އެ ހެކިބަސްދިން މެމްބަރު ﷲ ގަންދީ ހުވާކޮށް ވިދާޅުވީ ފާރިސް އޭނާއަށް ރިޝްވަތު ދެއްވާފައިނުވާ ކަމަށެވެ.

ސަރުކާރުން ވައްޓާލަން އުޅުމުގެ ކުށުގައި ދައުލަތުން ދައުވާ ކޮށްފައިވާ ދައުލަތުގެ އިސްފަރާތްތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމިދާ ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމްގެ އިތުރުންވެސް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި ފާރިސް ވިޝްވަތުދިން ކަމަށްބުނާ މެމްބަރު އިލްހާމާއި މެމްބަރު ސިނާނު ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް