Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

މެޑަމް ފާތުން ޕޯޑިއަމަށް އެރުމުން ރައީސުލްޖުމްހޫރިއްޔާގެ ކަންނެތްކަން އެބައެނގޭ: އަމީތު

6 މެއި 2018 | އާދީއްތަ 03:17

ފާތުމަތު އިބްރާހީމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކަމުގައި ވިއަސް، އެއީ ޤާނޫނީގޮތުން ސަރުކާރުގެ ޒިންމާތަކެއް އޮންނަ ބޭކަނބަލެއް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 މެއި 2018 | އާދީއްތަ 03:17
އަމީތު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

އަމީތު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ޕޯޑިއަމަށް އަރުއްވައި ވާހަކަ ދެއްކެވުމުން، ރައީސް ޔާމީންގެ ކަންނެތްކަން އެނގިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުﷲ އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މެޑަމް ފާތުން އަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ކަމުގައި ވީނަމަވެސް، އެއީ ޤާނޫނީގޮތުން ސަރުކާރުގެ ޒިންމާތަކެއް އޮންނަ ބޭކަނބަލެއް ނޫންކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރުމަށް ޤާނޫނަކުން ހަވާލުކޮށްފައިވާ ފަރާތަކަށް ނުވާއިރު، އެއީ ރައްޔިތުން ޒިންމާތަކެއް ހަވާލު ކޮށްފައިވާ ފަރާތެއްވެސް ނޫން ކަމަށް އަމީތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުވައްމުލަކުގައި ޕީޕީއެމުން ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވާ އަމީތު ވިދާޅުވީ، މެޑަމް ފާތުން ޖަލްސާގެ ޕޯޑިއަމަށް އަރާވަޑައިގެން އަމިއްލަފުޅު ފިރިކަލުންނަށް ޝުކުރު އަދާ ކުރައްވާ ހިސާބަށް ދިއުމުން ރައީސްގެ ދެމަފިރިކަނބަލުންގެ ހާލަތާއި ރައީސް ޔާމީންގެ ކަންނެތްކަން ވަރަށް ރަނގަޅަށް ސާފުވެގެންދާކަމަށެވެ.

"ޖަލްސާއަށް އަރައި އަމިއްލަ ފިރިމީހާއަށް ޝުކުރިއްޔާ ރައީސް ޔާމީން ކިޔާހިސާބަށް ދިޔައިމަ އެބައެނގޭ މި ދެމަފިރިންގެ ހާލަތު މިއޮތީ ކޮން ދަރަޖައެއްގަކަން. އެކަމުން ސިފަވެގެންދަނީ ރައީސަކަށް ހުންނެވި ބޭފުޅެއްގެ ކަންނެތްކަން. އެއީ އަނބިމީހާ ރަށްރަށަށް ފޮނުވާފައި ރަތްދައްކާ އަވީގައި ހިންގުވާފައި، ވެހޭހާ ވާރޭތެރެއަށް ނެރެފައި ޕޯޑިއަމްތަކަށް އަރުވައިގެން ފިރިމީހާ ސިޓިންގްރޫމްގައި މޭޒުމައްޗަށް ދެފައިލައިގެން ޓީވީން އެމަންޒަރު ބަލަން އޮތުމަކީ އަޅުގަނޑުމެންގެ މިމުޖުތަމައުގައި އަދި އިންސާނިއްޔަތުކަމުގެ ގޮތުން ބެލިއަސް ހުތުރުކަމެއް. ފާތުމަތު އިބްރާހީމް ދީދީއަކާ ނޫން ރައްޔިތުންގެ ގާތަށްދާން ރައްޔިތުން ޒިންމާ ހަވާލުކުރީކީ. ރައްޔިތުން އިންތިޚާބުކޮށް ޒިންމާ ހަވާލުކުރީ ޔާމީން ކިޔާ މީހަކާ. ޔާމީންގެ ޒިންމާއެއް އެއީ ރަށްރަށަށްގޮސް ރައްޔިތުންގެ ހާލުއަހުވާލު ބަލައި ރައްޔިތުންނަށް އުނދަގޫވަނީ ކޮންކަންތައްތަކެއްތޯ ބަލައި ކޮށްދޭނީ ކޮންކަމެއްތޯ ބުނެދިނުމުގެ ޒިންމާ ޤާނޫނީގޮތުން ހަވާލު ކުރީ ޔާމީން ކިޔާ މީހަކާ" އަމީތު ވިދާޅުވިއެވެ.

މީގެ އިތުރުން، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދާއި ދެކޮޅަށް ދީފައިވާ ސިއްރު ބަޔާންތަކުގެ ތެރެއިން، ލީކުވެފައިވާ އޭސީސީގެ ރައީސް ހަސަން ލުތުފީގެ ބަޔާނަށް އިޝާރާތް ކުރައްވާ އަމީތު ވިދާޅުވީ، ޕީޕީއެމްއަށް މެންބަރުން ހޯދައި ދިނުމަށް 100 ފޯމު ފުރައި މެޑަމް ފާތުން އާއި ހަވާލުކޮށްގެން މިނިވަން މުއައްސަސާތަކުގެ މަޤާމުތަކަށް އައްޔަނުވެފައި ތިބި މީހުން އެބަތިބި ކަމަށާއި، އެވާހަކަ އެގޮތައް ވިދާޅުވުމުން އެއީ ކޮންބައެއްކަން އެބޭފުޅުންނަށް އެނގޭނެކަމަށެވެ.

އަމީތު ވިދާޅުވީ އޭސީސީގެ ރައީސަކީ ރައީސުލް ޖުމްހޫރިއްޔާގެ ހެޔޮއެދުންތަކާއިއެކު ދިރިއުޅޭ މީހަކަށް ވެގެން ނުވާނެ ކަމަށާއި، މިހާރު އެނގިގެންދާ ހަޤީގަތަކީ މިނިވަން މުއައްސަސާތަކުގައިތިބި އިސްވެރިންގެ ނަޒާހަތްތެރިކަން ގެއްލިފައިވާކަން ކަމަށެވެ. ރައްޔިތުންގެ އިތުބާރެއް މިއަދު އެ މީސް މީހުންގެ މައްޗަށް ނެތްކަމަށާއި އެމީސް މީހުންނަށް ހީވެފައި އޮންނަނީ ރައީސް ޔާމީންގެ ރުހުން ނެތިއްޖެނަމަ ހާލުގައި ޖެހިދާނެ ކަމަށް ކަމުގައި އަމީތު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް