Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލާމަތީ މަޖިލިސް

ސެކިއުރިޓީ ކައުންސިލަށް ވާދަނުކުރަން އިސްރާއީލުން ނިންމައިފި

5 މެއި 2018 | ހޮނިހިރު 06:21

ވާދަނުކުރަން ނިންމި ސީދާ ސަބަބެއް ހާމައެއް ނުކުރޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 5 މެއި 2018 | ހޮނިހިރު 06:21
އދގެ ސަލާމަތީ މަޖިލިސް

އދގެ ސަލާމަތީ މަޖިލިސް

އދ ގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ވާދަ ނުކުރުމަށް އިސްރާއީލުން ނިންމައިފިއެވެ.

އިސްރާއީލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލަށް އިސްރާއީލް ހޮވުމާއި ދެކޮޅަށް އދ ގައި ހިމެނޭ އަރަބި ޤައުމުތަކުން ފަށާފައިވާ ކެމްޕެއިނަކާއި ގުޅިގެންނެވެ. އިސްރާއީލުން މީގެ ކުރިން ސަލާމަތީ މަޖިލީހުގެ މެންބަރު ކަމަށް ވާދަކޮށްފައި ނުވާއިރު، ކުރިއަށް އޮތް ދައުރުގައި ވެސް އެ ޤައުމުން މި މަޤާމަށް ވާދަނުކުރަން ނިންމުމުން، ބެލްޖިއަމް އާއި ޖަރުމަނަށް ކުރިއަށް އޮތް ދައުރުގައި އެ ކައުންސިލްގެ މެންބަރުކަން ކުރުމަށް ވަނީ މަގުފަހިވެފައެވެ.

ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވޭ އދގެ ސަލާމަތީ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަނީ އެކި ސަރަޙައްދުތައް ތަމްޞީލުވާ ގޮތަށެވެ.

ޖޫން މަހުގެ 8 ވަނަ ދުވަހު ބައްވާ އިންތިޚާބުން އިސްރާއީލުގެ ނަން ނަގާފައިވާއިރު، ސަލަމާތީ މަޖިލީހުގެ މަޤާމަކަށް އިސްރާއީލް އިންތިޚާބުވުމާއި ދެކޮޅަށް އދ ގައި ހިންގާ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަނީ ފަލަސްޠީނެވެ. އެންމެ ފަހުން ބޭއްވި އަރަބި ސަމިޓުގައި މިކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާއިރު، ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލް މާލިކީ ވަނީ މުސްލިމު ޤައުމުތަކުގެ އެހީއާއި އެކު އިސްރާއިލް ބަލިކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

ޖޫން މަހު ބާއްވާ އިންތިޚާބުގައި ސަލާމަތީ މަޖިލީހުގެ 5 ޖާގައަކަށް މެންބަރުން އިންތިޚާބުކުރާއިރު، ބެލްޖިއަމް އާއި ޖަރުމަންގެ އިތުރުން ދެކުނު އެފްރިކާ އާއި ޑޮމިނިކަން ރިޕަބްލިކަށް ވެސް ވަނީ ޖާގަ ކަށަވަރުވެފައެވެ. އެ ހަތަރު ޖާގައިގެ އިތުރުން ބާކީ ދެން އިން، އޭޝިއާ ޕެސިފިކަށް ޚާއްސަ ޖާގައަށް ވާދަކުރަނީ އިންޑޮނޭޝިއާ އާއި ދިވެހިރާއްޖެއެވެ.

ބެލްޖިއަމް، ޖަރުމަނު، ދެކުނު އެފްރިކާ އާއި ޑޮމިނިކަން ރިޕަބްލިކް އަކީ އެ ޤައުމުތައް ހިމެނޭ ސަރަޙައްދުތަކުން ވާދަކުރާ ހަމައެކަނި ޤައުމުތައް ނަމަވެސް އެ ޤައުމުތަކަށް ވެސް ސަލާމަތީ މަޖިލީހުގެ ޖާގަ ކަށަވަރު ކުރުމަށް، އދގެ އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުގެ ތެރެއިން ތިންބައިކުޅަ ދެބައި އަދަދަކަށް ޤައުމުތަކުގެ ތާޢީދު ބޭނުންވާނެއެވެ.

ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރު ޤައުމުގެ ތެރެއިން 10 ޤައުމަކީ 2 އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކުރެވޭ މެންބަރު ޤައުމުތައް ކަމަށްވާއިރު، ދެން އެ މަޖިލީހުގައި ތިބޭ 5 މެންބަރު ޤައުމަކީ އެ މަޖިލީހުގެ ދާއިމީ މެންބަރުންނެވެ. އެ ޤައުމުތަކަކީ، އިނގެރޭސިވިލާތް، ޗައިނާ، ފްރާންސް، ރަޝިއާ އަދި އެމެރިކާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
10 އެޕްރީލު 2017

ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް

10 އެޕްރީލު 2017
ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް