Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒު ޖަލްސާ

ނުފެންނަ އެތައް ގެއްލުންތައް ތައުލީމީ ނިޒާމަށް ޔާމީންގެ ސަރުކާރުން ދޭ: ރޮޒެއިނާ

4 މެއި 2018 | ހުކުރު 10:08

ރޮޒެއިނާ ވިދާޅުވީ ދިވެހިންނަކީ ދަރީންގެ ތައުލީމަށް ވަރަށް އިސްކަންދޭ ބައެއްކަމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 4 މެއި 2018 | ހުކުރު 10:08
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

ނުފެންނަ އެތައް ގެއްލުންތަކެއް ތައުލީމީ ނިޒާމަށް ރައީސް ޔާމީންގެ ސަރުކާރުން ދެމުން ގެންދާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ،

ކުނޫޒުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ ބޭފުޅުން މި ސަރުކާރުން ގެނެސްދެއްވަނީ "ފެންނަން ހުރި" ތަރައްގީ ކަމަށް ވިދާޅުވާއިރު، މި ސަރުކާރުން ނުފެންނަ އެތަށް ގެއްލުންތަކެއް ރައްޔިތުންނަށް ދެމުން ގެންދާކަމަަށެވެ.

Advertisement - newsAdvertisement

ރޮޒެއިނާ ވިދާޅުވީ ދިވެހިންނަކީ ދަރީންގެ ތައުލީމަށް ވަރަށް އިސްކަންދޭ ބައެއްކަމަށެވެ. އެގޮތުން މި ސަރުކާރުން ކުރާ ވައްކަމަށް ނުވަތަ ރައީސް ޔާމީން ހިންގަވާ ޖަރީމާއަށް އިސްކަން ނުދޭ މީހާވެސް ދަރިންގެ ތައުލީމަށް އިސްކަންދޭކަމަށެވެ.

"ޔާމީން ހިންގާ ކޮރަޕްޝަނާ ދޭތެރޭ ނުވިސްނާ މީހާވެސް ދަރީގެ ތައުލީމާއި މެދު ވިސްނާ، ދަރިފުޅަށް ރަނގަޅު ތައުލީމެއް ލިބުން އެދޭ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ތައުލިމީ ނިޒާފު ފުނޑުފުނޑުވެގެން ދިޔަ ނުދިނުމަށް މިހާރުއްސުރެ އެ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދަންކަންޖެހެއެވެ.

ތައުލީމީ ކުރިއެރުމަކީވެސް ވާދަވެރިކަމުގެ ތެރެއިން އުފެދިގެން އަންނަ އެއްޗަކަށް ވާއިރު، މިހާރު އެ ވާދަވެރިކަން ދައްކަން ދަރިވަރުންނަށް އެއްވެސް ކަމެއް ނެތްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

" ގްރޭޑް 8 އަށް ދާ ކުދިންނަށް ދޭ ޓެސްޓް މިހާރު ހެދުން ހުއްޓާލުމުގެ ނަތީޖާއަކީ ފެންވަރު ނެތިސް އެ ހިސާބަށް ދެވުން. މީގެ ދެ އަހަރު ފަހުން އެކުދިން އޯލެވެލް ހަދާއިރު މީގެ ނަތީޖާ ފެންނާނެ" ރޮޒޭ ވިދާޅުވިއެވެ.

އަންނަ ޖުލައިމަހު ބޭއްވުމަށް ފަސްކޮށްފައިވާ ޓޮޕް އެޗީވާސް އެވޯޑަށް އިޝާރާތްކޮށް ރޮޒެއިނާ ވިދާޅުވީ، ހުރިހާ މާއްދާއަކުން އޭ ސްޓާރ ލިބޭކުދިންނަށް އެކަނި އެއްވަނަ ދޭގޮތަށް ހެދުމަކީ ރަނގަޅުކަމެއް ނަމަވެސް އެކަން ވެސް ކުރީ، އިނާމު ދޭ ޖަލްސާގައި ރައީސް ޔަމީން ގިނައިރު އިންނަވަން ޖެހިދާނެތީކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ޓޮޕް އެޗީވާސް އެވޯޑްގައި ހަމަ އެކަނި އެއްވަނަ ދެވަނަ އަދި ތިންވަނައަށް އެކަނި އިނާމު ދޭން ނިންމާފައިވާތީ އެކަމާއި ބެލެނިވެރިންގެ ކަންބޮޑުވުން ހުރިކަން ރޮޒެއިނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

30 މެއި 2017

ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

30 މެއި 2017
ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް