Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ސަލާހު ހުއްޓުވަން ތިން ކުޅުންތެރިން ގުރުބާން ނުކުރާނަން: ރޯމާގެ ކޯޗު

2 މެއި 2018 | ބުދަ 16:02

ސަލާހު މި ސީޒަނުގައި 43 ލަނޑު ޖަހާފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 މެއި 2018 | ބުދަ 16:02
ރޯމާގެ ކޯޗު ޔޫސޭބިއޯ ޑި ފްރެންޗެސްކޯ

ރޯމާގެ ކޯޗު ޔޫސޭބިއޯ ޑި ފްރެންޗެސްކޯ

ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހުއްޓުވުމަށް ތިން ކުޅުންތެރިން ގުރުބާން ނުކުރާނެ ކަމަށް ރޯމާގެ ކޯޗު ޔޫސޭބިއޯ ޑި ފްރެންޗެސްކޯ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލާއި ދެކޮޅަށް ނުކުންނައިރު ލިވަޕޫލްގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔެއްގެ ގޮތުގައި މި ސީޒަނުގައި ފެނިގެންދަނީ ސަލާހުއެވެ. މި ދެ ޓީމު ލިވަޕޫލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި 5-2 އިން ރޯމާ ބަލިވިއިރު އެ މެޗުގައި ރޯމާ ކޮޅަށް ސަލާހު ދެ ލަނޑު ޖަހައި އެތަކެއް ހަމަލާތަކެއް ފޮނުވާލިއެވެ. ސަލާހު މި ސީޒަނުގައި 43 ލަނޑު ޖަހާފައިވާއިރު ޔޫރަޕުގެ އެއްވެސް ޑިފެންސަކަށް އޭނާ ހިފެހެއްޓިފައެއް ނުވެއެވެ.

ދެވަނަ ލެގުގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ރޯމާގެ ކޯޗު ފްރެންޗެސްކޯ ބުނެފައިވަނީ އެންމެ ކުޅުންތެރިޔަކަށްޓަކައި އޭނާގެ މުޅި ޕްލޭން ބަދަލުނުކުރާނެ ކަމަށާއި ސަލާހު ހުއްޓުވުމަށް ތިން ކުޅުންތެރިން ގުރުބާން ނުކުރާނެ ކަމަށެވެ. އޭނާ ބުނީ ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކުޅެން އިސްކަން ދޭންޖެހޭ ކަމަށާއި ތިން މީހުން ޑިފެންސަށް ލައިގެން ކުޅެން އޭނާ ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ލިވަޕޫލްގެ ކައުންޓާތައް ހުއްޓުވަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި އެކަމަށް ސަމާލުކަން ނުދެވިއްޖެނަމަ ބައިކޮޅަށް ލަނޑު ވަންނާނެ ކަމަށެވެ.

ފްރެންޗެސްކޯ ބުނީ އޭނާގެ ކުޅުންތެރިން ދަނޑުމަތީގައި އަދާކުރަން ޖެހޭ ޒިންމާ ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެ ކުޅުންތެރިން އެޒިންމާތައް ވަރަށް ރަނގަޅަށް އަދާކުރާނެކަމުގެ ޔަގީންކަން އޭނާއަށް އޮންނަ ކަމަށެވެ. އޭނާ ބުނީ ކޯޗެއްގެ ގޮތުގައި އޭނާއަށް މިހާރު ލިބިފައިވަނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެހެން ނަމަވެސް ދަނޑުމަތީގައި ތަފާތު ދައްކަން ޖެހޭނީ ކުޅުންތެރިން ކަމަށެވެ.

އެޑިން ޒެކޯ އަންނަނީ ރޯމާއަށް މި ސީޒަނުގައި ގިނަ ލަނޑުތަކެއް ޖަހައިދީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޒެކޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފްރެންޗެސްކޯ ބުނީ ޒެކޯ އަކީ އޭނާގެ ޓީމުގެ ސަލާހުއަށް ވާން ބޭނުންވާ ކަމަށާއި އޭނާއަކީ އެކަމަށް ބޭނުންވާ ފެންވަރު ހުރި ކުޅުންތެރިޔެއް ކަމަށެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޯމާ އަމިއްލަ ދަނޑުގައި ކުޅުނު އެއްވެސް މެޗެއްގައި އެ ޓީމުގެ ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. ފްރެންޗެސްކޯ ބުނެފައިވަނީ އެ ޓީމުގެ ކޮޅަށް ޔޫރަޕުގައި ލަނޑު ނުވަންނަނީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓުގެ ސަބަބުން ކަމަށާއި އެކަން މިރޭ ވެސް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ކޮންމެ ކަމެއް ވެސް ތަކުރާރުކުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިން ނަތީޖާ ބަދަލުކޮށް ފައިނަލްގެ ޖާގައެއް ހޯދުމުގެ އުއްމީދުގައި ކަމަށް ފްރެންޗެސްކޯ ބުނެފައިވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް