Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން 2018

ބަންދުގައި ތިބި ބޭފުޅުން ގޭ ބަންދަށް ބަދަލުކުރުމަކީ ކޯޓަށް ކުރެއްވޭނެ ކަމެއް ނޫން: ރައީސް ޔާމީން

1 މެއި 2018 | އަންގާރަ 18:41

ކުށުން ބަރީއަކުރުމަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތުންނާއި، އެ ފަރާތުގެ ވަކީލުން ކުރައްވަންޖެހޭ ކަމެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 1 މެއި 2018 | އަންގާރަ 18:41
ޕީޕީއެމްގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމްގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން

މިވަގުތު ޖަލުގައި ތިއްބެވި ފަރާތްތައް ގޭ ބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، އެ ފަރާތްތައް ޖަލުގައި ތިއްބެވީ ހެއްކަށް ނުފޫޒް ފޯރުވަތީކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން އެ ޕާޓީގެ ޖަގަހަ، ރުމާލު 2 ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ބޭބޭފުޅުން ގޭ ބަންދަށް ބަދަލުނުކޮށްގެން އުޅެނީ ކީއްވެތޯ ބައެެއް ފަރާތްތަކުން ސުވާލުކުރާކަމަށާއި، އެ ސުވާލުގެ ޖަވާބު ދެއްވަން އެމަނިކުފާނުގެ މައްޗަށް ލާޒިމް ކަމަށެވެ. ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއަށްވުން ކަމަށެވެ.

Advertisement - newsAdvertisement

ސުވާލުގެ ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ކުށުން ބަރީއަކުރުމަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތުންނާއި، އެ ފަރާތުގެ ވަކީލުން ކުރައްވަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަކީލުން ކުރައްވަންޖެހޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ބަންދުގައި ތިބި މީހުން ތިބީ ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާތީ ކަމަށެވެ.

އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ކުށެއްގެ ތުހުމަތުކުރެވޭ މީހާ ކުށުން ބަރީއަވުމަށް އެ މީހެއްގެ ފޯނު ދިނުމަށް އިންކާރުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރަށް އިޝާރަތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ މައްސަލައެއް ބަލާއިރު، އެމަނިކުފާނުވެސް ފޯނު ދިނުމަށް އެއްބަސް ނުވާކަމަށެވެ.

"ދިވެހި ރާއްޖޭގެ ޤާނުނު އަސާސީގައި ބުނާ ވާހަކައެއް، އާންްމު ޤާނޫނެއްގައެއްވެސް ނޫން ޤާނޫނު އަސާސީގައި ބުނާ ވާހަކައެއް އެއީ މީހަކު ކުރާ ކުށެއްގެ ހެކި ނައްތާލާފާނެކަމަށް ޤަބޫލުކުރެވެންޏާ، ނޫނީ ހެކި ފޮރުވަފާނެކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ އެ މީހަކު ހައްޔަރުކުރެވޭނެ. އެ މީހަކު ހައްޔަރުކުރުމުގެ އިހުތިޔާރު އެބައޮވޭ. އެހެންވީމައި ހެކި ނައްތާލުމަކީ މި ދެންނެވި ކަހަލަ ކަމެއް. މުޅި މައްސަލަ ފޮރުވާލުން ކަހަލަ ކަމެއް. މުޅި މައްސަލައަށް ފަސްއަޅާ ފޮރުވާލުން އެއީ"
"އެހެންވީމައި ހެކި ނައްތާލަން، ހެކި ފޮރުވަން މި ބޭފުޅުން ކަނޑައެޅިގެން މަސައްކަތް ކުރައްވާކަމަށްވަންޏާ ކޯޓަކުން ވިދާޅެއް ނުވޭނެ ދެން ގެޔަށް ބަދަލުކުރެވިދާނެއޭ. އެއީކީ ރައީސް ޔާމީން އަންގައިގެން ކުރާކަމެއް ނޫން."

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޤާނޫނުގެ ހުކޫމަތުގެ ބާރު ދެމެހެއްޓުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ގޮވާލާކަމަށެވެ. އަދި ޤާނޫނުގެ ހުކޫމަތުގެ ބާރު ދަމަހައްޓަންޖެހޭކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، ނަމަވެސް އެފަރާތްތަކުން އެ ވާހަކަ ދައްކަނީ ޤާނޫނުގެ ހުކޫމަތުގެ ކޮން އަސާސެއް މުގުރާލައިގެން އުޅޭތީކަމެއް ސާފުވެވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެއްވެސް މީހަކު ޖަލަށްދިޔައީ ހޯމް މިނިސްޓްރީން ކުރި އަމުރަކާއި ގުޅިގެން ނޫން ކަމަށާއި، އަދި ފުލުހުން ފޮނުވި ޗިޓަކާއި ގުޅިގެންވެސް ނޫން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް