Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސަލާހު

ނޫސްވެރިން ހޮވި ސީޒަނުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ސަލާހު

މިއަހަރުގެ އެވޯޑަށް 400 ނޫސްވެރިން ވޯޓު ދީފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 މެއި 2018 | އަންގާރަ 12:58
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާޙު

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާޙު

އިނގިރޭސިވިލާތުގެ ކުޅިވަރު ނޫސްވެރިން ހޮވި މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޮވިއްޖެއެވެ.

މި އެވޯޑަކީ އިނގިރޭސިވިލާތުގެ ކުޅިވަރު ނޫސްވެރިންގެ ވޯޓާއެކު ދެވޭ އެވޯޑަކަށްވާއިރު މިއަހަރުގެ އެވޯޑަށް 400 ނޫސްވެރިން ވޯޓު ދީފައިވެއެވެ. މި އެވޯޑަށް ސަލާހުއާ އެންމެ ބޮޑަށް ވާދަކޮށްފައިވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑެބްރައިންއެވެ. ޖުމްލަ ވޯޓުގެ 90 އިންސައްތަ މި ދެ ކުޅުންތެރިން ހޯދިއިރު ސަލާހުއަށް އެވޯޑު ލިބުނީ ޑެބްރައިންއަށްވުރެ 20 ވޯޓު އިތުރަށް ހޯދައިގެންނެވެ. މިއަހަރުގެ އެވޯޑުގައި ތިންވަނައަށް އެންމެ ގިނައިން ވޯޓު ލިބުނީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއަށެވެ.

މި އެވޯޑު ދޭ ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) ގެ ޗެއާމަން ޕެޓްރިކް ބާކްލޭ ބުނެފައިވަނީ މިއީ 1969 ވަނަ އަހަރުގެ ފަހުން ނެގުނު އެންމެ ވާދަވެރި ވޯޓު ކަމަށެވެ. އޭނާ ބުނީ ސަލާހުއަށް މި އެވޯޑު ލިބުމުގައި އެންމެ ބޮޑު ސަބަބަކަށް ވެގެންދިޔައީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އޭނާ ދެއްކި މޮޅު ކުޅުން ކަމަށާއި މި ދެ ކުޅުންތެރިންނަކީ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދުނިޔޭގެ ސަމާލުކަން ދަމައިގެންފައިވާ ކުޅުންތެރިން ކަމަށެވެ. އެހެން ނަމަވެސް މި އެވޯޑު އެންމެ ބޮޑަށް ހައްގުވަނީ ސަލާހުއަށް ކަމަށާއި އެކަމަށް އޭނާއަށް މަރުހަބާ ކިޔާ ކަމަށް ޕެޓްރިކް ބުނެފައިވެއެވެ.

ސަލާހު ވެގެންގޮސްފައިވަނީ މި އެވޯޑު ހޯދި އެފްރިކާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ އޭނާ ވެގެންގޮސްފައިވަނީ 2014 ވަނަ އަހަރު ލުއިސް ސުއަރޭޒް މި އެވޯޑު ހޯދި ފަހުން ޔޫރަޕަށް ނިސްބަތްނުވާ ކުޅުންތެރިޔަކު މި އެވޯޑު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސަލާހު ވަނީ މި ސީޒަނުގައި ހޮވި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ލިވަޕޫލްގެ ފޯވާޑް ލައިންގެ އެންމެ މުހިންމު ރޯލު އަދާކުރަމުން އަންނަ ސަލާހު ވަނީ އެ ޓީމަށް ޕްރިމިއާ ލީގުގައި ކުޅުނު 34 މެޗުގައި 31 ލަނޑު ޖަހާފައެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްއަށް އޭނާގެ ލަނޑުތަކުން 15 ޕޮއިންޓް ހޯދައިދީފައެވެ. ހަމައެހެންމެ ޕްރިމިއާ ލީގުގައި ލިވަޕޫލްއިން ޖެހި 76 ލަނޑުގައި އޭނާގެ 51 އިންސައްތަ ހިއްސާއެއް އެބައޮތެވެ. އޭނާ އެ ޓީމާއި ގުޅުނީ އިޓަލީގެ ރޯމާ ދޫކޮށް 34 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

މި އެވޯޑަށް ސަލާހުއާ އެންމެ ވާދަކުރި ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރައިންއެވެ. މެންޗެސްޓާ ސިޓީއިން ޕްރިމިއާ ލީގުގެ ތަށި ޔަގީންކޮށްފައިވާއިރު އެ ޓީމުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި 12 ލަނޑު ޖަހައި 15 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ހަމައެހެންމެ އޭނާވަނީ ހަމަލާ އުފެއްދުމަށް ސިޓީގެ ފޯވާޑުންނަށް 102 ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މިދިޔަ އަހަރު މި އެވޯޑު ހޯދީ މިދިޔަ ސީޒަނުގައި ޗެލްސީއަށް ޕްރިމިއާ ލީގު ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު